• Categories
  • Archives

އަދުގެ ޒުވާން ޖީލު ކުށުގެ ވެއްޓަށް ހުށަހެޅޭ ސަބަބުތަކާމެދު ވިސްނާލަމާތޯ

މީގެ އަހަރުތަކެއް ކުރީން ، އަޅުގަނޑުމެންގެ ވެށިން ފެނިގެން ގޮސްފައިވަނީ އަމާންކަމާއި، ދޭދޭ ފަރުދުންނަށް އިޙްތިރާމްކުރާ އެއްބައިވަންތަ ކުށް މަދު މުޖުތަމަޢެކެވެ. ނަމަވެސް ޒަމާން ބަދަލުވެ، ދިރިއުޅުމަށް އައި ބަދަލާއެކު، އަޅުގަނޑުމެންގެ ތެރެއަށް ޤަބޫލުކުރަން ދަތިވާވަރުގެ ނުރަނގަޅު ސިފަތަކާއި، ގޯސް އާދަކާދަތައް ވަނީ އައިސްފައެވެ. ޒުވާނުން ކުށުގެ ވެއްޓަށް ހުށަހެޅި، ކުށުގެ ވެށިން އެޒުވާނުންނަށް ނުނިކުމެވިފައި ތިބިއިރު، މަސްތުވާތަކެތީގެ ވަބާގައި ޖެހި، މުޅި ދިރިއުޅުން އެކަމުގެ ތެރެއަށް ގޮސް ހުސްވެފައި ތިބި ޒުވާނުންވެސް މަދެއް ނޫނެވެ. އެފަދަ ފަރާތްތަކުން އިޞްލާހުވެ އަނބުރާ މުޖުތަމަޢުއަށް އަންނަން ބޭނުންވި ކަމުގައިވިއަސް އަލުން އެނބުރި ކުށުގެ ވެއްޓަށް ދަނީ ކީއްވެގެންތޯ މިއީ އުފެދޭ ސުވާލެކެވެ.

ފުރަތަމަ ކަމެއްގެ ގޮތުން، ޒުވާނުންނާއި، ފުރާވަރުގެ ކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ މައިގަނޑު  އެއް ސަބަބަކީ، އެފަދަ ފަރާތްތަކަށް އާއިލާގެ ތެރެއިން ލިބެންޖެހޭ އެއްބާރުލުމާއި، އަޅާލުމާއި، ހެޔޮ ވިސްނުން  ވިސްނާދެވިފައި ނުވުމަކީވެސް އެކަށީގެންވާކަމެކެވެ.

އަޅުގަނޑުމެން ވިސްނާލަމާތޯއެވެ. އާއިލަގެ ތެރޭގައި ބަސް ކިޔަން ތިބޭ، އެންމެ ހަރުދަނާ ފަރާތްތަކުން ކުށްކުރާނަމަ އެގެއެއްގައި ދިރިއުޅޭ ކުޑަކުދިންނާއި، ފުރާވަރުގެ ކުދިން އެކަމުން ނަމޫނާ ލިބިގަނެ އެފަދަ ކަންކަމަށް ޝަޢުގެވެރިވުމަކީ އެކަން ވުމުގެ އެންމެ ފުރުޞަތު ބޮޑު ގޮތެވެ. މީގެ ކުޑަ މިސާލަކަށް ޖެހިލަމާ ހިނގާށެވެ. އަޅުގަނޑުމެންގެ ގޭތެރޭގައި، އެބަޔަކަށްޓަކައި އެންމެ އިޙްތިރާމްކުރާ ބޭބެއިންނާއި، ބައްޕައިން ދުންފަތުގެ އިސްތިޢުމާލު ކުރާއިރު، ގޭތެރޭގައި ބޮޑުވެގެން އަންނަ ފުރާވަރު ކުއްޖާ އެކަންކުރުމުން، އެކަމާއި ހިތްހަމަ ނުޖެހި އަޑުގަދަކުރާއިރު، އެކުއްޖާ ބޮޑުވެގެން އައިއިރު، އަމިއްލަ ނަފުސު އެކުއްޖާއަށް ދައްކައިފައިވަނީ ކޮން ނަމޫނާއެއްތޯ މިއީ ވިސްނާލަންޖެހޭ ކަމެކެވެ. މުޖުތަމަޢު އިޞްލާހުކުރުމުގެ އެންމެ ފުރަތަމަ އަޞާސަކީ ފަރުދީ ޒިންމާއެއްގެ ގޮތުން އަމިއްލަ ނަފްސު އިޞްލާހުކޮށް، ތިމާގެ ފުށުން އަނެކުންނަށްޓައި ދައްކުވައިދެންޖެހޭ ނަމޫނާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ދައްކުވައި ދިނުމެވެ.

ދެވަނަ ކަމެއްގެ ގޮތުން، ޒުވާނުންނާއި، ފުރާވަރުގެ ކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ އަނެއް ސަބަބަކީ އިޚްތިޔާރުކުރެވޭ ގޯސް ރައްޓެހިންނާއި، އަމިއްލަ ނަފުސުގެ މައްޗަށް ހެޔޮ ކަންތައްތައް އިސްކުރުމުގެ ބާރު ނެތުމެވެ. ތިމާ އިޚްތިޔާރުކުރާ ރައްޓެހިންނަކީ ކުށުގެ ވެށީގައި ދިރިއުޅޭ ކުށްކުރާ ކުދިން ކަމުގައިވާނަމަ، ތިމާއަށްވެސް ކުރެވިގެންދާނީ، އެފަދަ ފަރާތްތަކުން ކުރާ ކުށުގެ ޢަމަލުތަކެވެ. ބައެއްފަހަރު، ނޭނގިނަމަވެސް އެކުށުގައި ތިމާ ބައިވެރިވުމެއް އައުމަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިންނާއި، މުޖުތަމައުގެ ތެރެއިން ފެންނަމުންދާ ކަމެކެވެ. އެކުވެރި ރަހުމަތްތެރި ކުއްޖާ ބުނީތީވެ، ނޫނީ ރަޙުމަތްތެރި ކުއްޖާ ކުރާތީވެ ކުށްކުރާ ކުދިންވެސް މަދެއްނޫނެވެ. ކުށްކުރާ ވަގުތު، އެއިން ނިކުންނާނެ ނަތީޖާއާއި، ދެން ވާނެ ގޮތަކާމެދު ވިސްނާލެވިފައި ނުވުމަކީ އެވަގުތު އެކަން ކުރުމަށް ފަސްނުޖެހޭ ސަބަބަށްވެސް ވެދާނެއެވެ. އެހެންނަމަވެސް، ކުއްޖާ ކުށްކުރަން މެދުވެރިވި ސަބަބަކީ ކުއްޖާގެ ރައްޓެހި ރަހުމަތްތެރި ކުއްޖާ ކަމުގައި ވިޔަސް، އެ ސަބަބާއި، ކުއްޖާ ދުރުވާން ޖެހެއެވެ.

ތިންވަނަކަމެއްގެ ގޮތުން، ދީނީ ފަރުޟުތަކާއި، ދީނީ ޢަސާސްތަކުގައި ހިފަހައްޓައި، އެއާ އެއްގޮތަށް ޢަމަލުތައް ބައްޓަން ކުރެވިފައި ނުވުމަކީ ޒުވާނުންނާއި، ފުރާވަރުގެ ކުދިން މުޖުތަމަޢާއި، ދީން ހުއްދަނުކުރާ ޢަމަލުތަކަށް އަރައިގަންނަން މެދުވެރިވާ އެންމް މުހިއްމު ސަބަބެވެ. ޢިސްލާމް ދީނަކީ ރިވެތިވެގެންވާ ސިފަތަކާއި، މުންކަރާތްތައް ނަހީކުރައްވާފައިވާ އެންމެ ފުރިހަމަ ދީނެވެ. އެދީނުގެ އަސާސްތަކާއެއްގޮތަށް ޢަމަލުކުރުމުން، ހެޔޮ ވިސްނުމާއި، އެކަމުގެ ހުރި ނުރައްކާތެރިކަމާއި، އެކަމުން ނިކުމެދާނެ ނަތީއްޖާއާއި، އެކަމުގެ ސަބަބުން މުޖުތަމަޢާއި، އަނެކުންނަށާއި، އަމިއްލަ ނަފްސަށް ލިބިދާނެ ގެއްލުންތައް ވިސްނައިގަތުމަށް އެހީތެރިވެއެވެ.

މަތީގައި ބަޔާންކުރެވިދިޔަ ސަބަބުތަކުގެ އިތުރުންވެސް ކުދިން ކުށުގެ ވެއްޓަށް ހުށަހެޅޭ އެތަށް ސަބަބުތަކެއް އެބަހުއްޓެވެ. މިނޫން އެހެން ސަބަބުތަކާމެދުވެސް ވިސްނާލުމަކީ މުހިއްމުކަމެކެވެ. އަޅުގަނޑުމެންގެ ޒުވާން ޖީލަކީ ކުށުގެ ވެށިން ސަލާމަތްވެފައިވާ، ޖީލަކަށްވުމަކީ، އަޅުގަނޑުމެންގެ އަމާން މުޖުތަމަޢު އިޢާދަކުރުމަށް އޮތް ހަމައެކަނި ހައްލެވެ. އަޅުގަނޑުގެ ދުޢާއަކީ ކުށުގެ ވެށީގައި ތިބި ކުދިންނަކީ، އެކަމުން އަރައިގަނެ މުޖުތަމަޢަށް ބޭނުންތެރި ކުދިންތަކެއް ކަމުގައި ވުމެވެ

މަސްދަރު: މިލަންދޫ ނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ސަރުކާރުން ފުޓްބޯޅައަށް ކުރާ ހޭދައަށް އެފްއޭއެމުން އިހުމާލު ވެފައި ނުވާނެ- އެފްއޭއެމް

ސަރުކާރުން ފުޓްބޯޅައަށް ކުރާ ހޭދައަށް އެފްއޭއެމުން އިހުމާލު ވެފައި ނުވާނެކަމަށް އެއިދާރާއިން ހާމަކޮށްފިއެވެ.  އެފްއޭއެމުން މިހެން ބުނެފައިވަނީ ރާއްޖޭގެ ...

ބޭރުގެ މީހުން އިދިކޮޅު ފަރާތްތަކަށް އެހީތެރިވެދެނީ އެމީހުން ބޭނުންވާ މިނިވަންކަން ގެނައުމަށް – މުއިއްޒު

ބޭރުގެ ޤައުމުތަކުގެ މީހުން އިދިކޮޅު ފަރާތްތަކަށް އެހީތެރިވެދެނީ އެމީހުން ބޭނުންވާ މިނިވަންކަން ގަނައުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރ އޮފް ...

” މިނިވަން ކަޕް ” ފުޓްސަލް މުބާރާތް – އައްޑޫގެ ފުޓްބޯޅައިގެ ދިރުން

މިފަހަކަށް އައިސް އައްޑުއަތޮޅުގައި ބޭއްވޭ އެންމެ ފޯރިގަދަ އެންމެބޮޑު ، އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތަކީ ކޮންމެ އަހަރެއްގެވެސް ...

އިންޑިއާއިން ދިން ވިސާގެ ލުއިތަކަށް އަންނަމަހު އަމަލު ކުރަންފަށަނީ

އިންޑިއާއިން ރާއްޖެއަށްދިން ވިސާގެ ލުއިތަކަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. ...

ނިފެންމާ ލޯންޗް ގޮވި ހާދިސާގެ ވީޑިއޯއިން ފެންނަ އަލިފާނަކީ އެޑިޓް ކުރެވިފައިވާ އެއްޗެއް – މުއާޒް

ކުރީގެ ރައީސުލްޖުމްހޫރީޔާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު ދަތުރުކުރެއްވި ލޯންޗުކޮޅު އެއްޗެއް ގޮއްވާލި ދުވަހު ކަންތައް ހިނގައިދިޔަ ގޮތް ...

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ...