ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިނިވަން ވެއްޖެ އެވެ.

އަދީބު މިނިވަން ވީ ކޮން ދުވަހަކު ކަމެއް ސާފުވެފައި ނުވާއިރު، ކަރެކްޝަނަލް ސާވިސްއިން ހާމަކޮށްފައިވާގޮތުން  އަދީބު މިހާރު ހުންނެވީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ނެވެ.

ކޯޓު ހުރުމަތް ކެނޑިކަމުގެ ހުކުމް އަދީބު ތަންފީޒު ކުރަން ފަށާފައިވަނީ މޭ މަހުގެ 30 ވަނަ ދުވަހު އެވެ. އެ ހުކުމުގެ މުއްދަތުގެ ތެރޭގައި  އަދީބު ވަނީ ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެހުކުމުގެ ބާކީދުވަސްތައް ތަންފީޒް ކުރައްވާފައެވެ.

އަދީބުގެ އިއްވާފައިވާ ހުކުމްތަކުގެ ތެރެއިން ފިސްތޯލައެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި އިއްވި 10 އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައި ވާއިރު، ރައީސް ޔާމީން ދަތުރުކުރެއްވި “ފިނިފެންމާ” ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ބާތިލްކޮށް ކްރިމިނަލް ކޯޓުން އެ ހުކުމް ރިވިއު ކުރުމަށް ވަނީ އަމުރުކޮށްފައެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޓޫރިސްޓް އެކްސްކާޝަންތައް ހުއްޓާލަން އަންގައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ރިސޯޓްތަކާއި ސަފާރީތަކުން ޓޫރިސްޓުން އެކްސްކާޝަނަށް ރަށްރަށް ގެންދިޔުން މިވަގުތަށް މަނާކަމެއްގެ ...

ޝިފާޒް ވަކިކުރަން ނިންމީ ޕީޖީ ގުރޫޕުންވެސް އެދިގެން: ރޮޒައިނާ

ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒުވަކިކުރީ އެމްޑީޕީގެ ޕީޖީ ގްރޫޕުންވެސް އެދިގެންކަމަށް އައްޑޫ ...

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން އިތުރު 15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން މިއަދު އިތުރު 15 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ މި 15 ...