ނާއިބް ރައީސް ފައިސަލް ނަސީމު ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފި

ނާއިބް ރައީސް ފައިސަލް ނަސީމު ހުޅުމީދޫއަށް ޒިޔާރަތްކުރައްވައިފިއެވެ.  ނާއިބް ރައީސް ހުޅުމީދޫއަށް އިއްޔެ ކުރެއްވި މިދަތުރުފުޅުގައި ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން ކުރިއަށް ގެންދާ ހުޅުމީދޫގެ މަގުހެދުމުގެ މަސައްކަތްތައް ހިގަމުންދާގޮތް ބައްލަވާލެއްވުމަށްފަހު ސިއްހީމަރުކަޒަށް ވަޑައިގެން އެތަނުގެ ކަންތައްތައް އޮޅުންފިލުއްވާ ހެއްދެވިއެވެ.

ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައްދަލުކުރެއްވުމުން މަރުކަޒުގެ މުވައްޒަފުން ވަނީ މަރުކަޒުގެ ކަންތައްތައް  ކުރިޔަށްގެންދިޔުމުގައި ދިމާވާ ގޮންޖެހުންތަކުގެ މަޢުލޫމާތު އެމަނިކުފާނާއި ޙިއްޞާކުރައްވާފައެވެ.

އަދި މީގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު އިއްޔެ ހުޅުމީދުއަށް ކުރެއްވި މިދަތުރުފުޅުގައި އާއްމު ބައެއް ފަރާތްތަކުން ނައިބު ރައީސް ފައިސަލް ނަސީމުއާއި ބައްދަލުކޮށް ހުޅުމީދޫގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ބައެއް ބޮޑެތި ބަލިތައް ޖެހޭ މީހުން ގިނަކަން ފާހަގަކޮށް އެބަލި ޖެހުމަށް މެދުވެރުވާ ސަބަބު  ބަލާ  ވީހާވެސް އަވަހަކަށް އެކަންތައްތައް ދިރާސާ ކޮށްދެއްވުމަށް އެދިފައިވެއެވެ. އަދި  ބައެއް ފަރާތްތަކުންވަނީ ސަރުކާރުން ހުޅުދޫގައި ގާއިމްކޮށްދެއްވުމަށް ހަމަޖައްސަވާފައިވާ  ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ވީހާވެސް އަވަހަކަށް ގާއިމްކޮށްދެއްވުމަށްވެސް އެދިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމު ހުޅުމީދުއަށް ކުރެއްވި ދަތުރުފުޅުގައި އެންވަޔަރަމެންޓް  މިނިސްޓަރ ޑރ .ހުސެން ރަޝީދާއި  ހެލްތު މިނިސްޓަރ އަމީނުގެ އިތުރަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު އާއި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އަދި ރަށްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނުދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލު އަދި ރައީސް އޮފީހުގެ މިނިސްޓަރ ޑރ މުސްޠަފާ ލުތުފީވެސް ބައިވެރިވެ ޥަޑައިގެންނެވިއެވެ.

ތިރީގައި އެވަނީ ނާއިބް ރައީސް ހުޅުމީދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނެގިފައިވާ ބައެއް ފޮޓޯތައް

ހުޅުމީދޫ : ޖުލައި 13، 2019- ހުޅުމީދޫ ސިއްހީ މަރުކަޒަށް ނައިބު ރައީސް ވަޑައިގެން، މަރުކަޒުގެ މައުލޫމާތު އޮޅުން ފިލުއްވަނީ.
ހުޅުމީދޫ : ޖުލައި 13، 2019- ހުޅުމީދޫ ސިއްހީ މަރުކަޒަށް ނައިބު ރައީސް ވަޑައިގެން، މަރުކަޒުގެ މައުލޫމާތު އޮޅުން ފިލުއްވި .
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދޫއަށް ވަޑައިގެން، ބައެއް އާއްމުންގެ ޝަކުވާތައް އޮޅުންފިލުއްވި .

ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ވަޑައިގެން މަގުހެދުމުގެ ކަންތައް ބައްލަވާލެއްވި
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ވަޑައިގެން މަގުހެދުމުގެ ކަންތައް ބައްލަވާލެއްވި .
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން .
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ވަޑައިގެން މަގުހެދުމުގެ ކަންތައް ބައްލަވާލެއްވި
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ވަޑައިގެން މަގުހެދުމުގެ ކަންތައް ބައްލަވާލެއްވި
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ވަޑައިގެން މަގުހެދުމުގެ ކަންތައް ބައްލަވާލެއްވި
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ވަޑައިގެން މަގުހެދުމުގެ ކަންތައް ބައްލަވާލެއްވި
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ވަޑައިގެން މަގުހެދުމުގެ ކަންތައް ބައްލަވާލެއްވި
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ވަޑައިގެން މަގުހެދުމުގެ ކަންތައް ބައްލަވާލެއްވި
ހުޅުމީދޫ : ޖުލައި 13، 2019- ނައިބު ރައީސް ހުޅުމީދުއަށް ވަޑައިގެން މަގުހެދުމުގެ ކަންތައް ބައްލަވާލެއްވި

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫސްކޫލްގެ ދެޓީޗަރަކަށް އުމްރާ ދަތުރު ލިބިއްޖެ

ހުޅުދޫ ސްކޫލްގެ ދެޓީޗަރަކަށް އުމްރާ ދަތުރު ލިބިއްޖެވެ. މިދެޓީޗަރުންނަށް އުމްރާދަތުރު ލިބިފައިވަނީ ޓީޗާސްޑޭ ފާހަގަކުރުމަށް ހުޅުދޫސްކޫލްގެ ޕީޓީއޭގެ ފަރާތުން ...

ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދިނުމުން ޒަޚަމްވި މީހަކަށް ފަރުވާދެނީ

އައްޑޫ ސިޓީގެ ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުންރޭ ވިދާޅުވީ، އައްޑޫ ...

ރައީސް ސޯލިހް މިނިސްޓަރު ޝިދާތާ މަގާމުން ދުރުކުރަންޖެހޭ – މީކާއީލް

ކުރީގެ އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާކަން ޖެންޑާ މިނިސްޓްރީއަށް އެނގިތިބެ، ހިޝާންއަށް އޮނަރަރީ ...