މަސްތުވާތަކެއްޗާއިއެކު މީދޫ އަންހެނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު މީދޫ އަންހެނަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ  މީދޫއަންހެނެކެވެ. މި މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ 15:23 ހާއިރު އެވެ

ފުލުހުން މި އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ، ފޭދޫ އިން ފުރައިގެން  މީދުއަށް ދިޔަ ފެރީ އަކުން މީދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތެރޭގައެވެ. މި މައްސަލައާ ގުޅިގެން އެ އަންހެން މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެން ގޮސް  ބަލައިފާސްކުރިއިރު އޭނާ އަތުގައިއޮތް އަތް ދަބަހަކުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލާގައި އަންހެން މީހާގެ މައްޗަށް މީދޫ  މެޖިސްޓްރޭޓް ކޯޓުން ވަނީ ހޯމް މިނިސްޓްރީން ބަހައްޓާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ރަސްރަނި ނެޓްބޯޅަ ޗެލެންޖް މާދަމާ ހަވީރު ފަށަނީ

ހުޅުދޫ  ހެލްޕިންގ ސޯޝަލް ކެއާ އިން އިންތިޒާމުކޮށްގެން ހުޅުދޫގައި ބާއްވާ ނެޓްބޯޅަ މުބާރާތް ” އައްޑޫސިޓީ ރަސްރަނި ނެޓްބޯޅަ ...

އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ ...

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ޙުކުމް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ...