• Categories
  • Archives

ގަމުގައި ޕައިލެޓް ކޯސް ފުރިހަމަނުކުރެވޭ ދަރިވަރުންނަށް ރާއްޖެން ބޭރުގައި ކިޔެވުމުގެ ފުރުސަތުދެނީ

ރާއްޖެއިން ޕައިލެޓްކަން ކިޔެވުމަށް ލޯނު ދޫކޮށްފައިވާ ކުދީންނަށް  ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ދިނުމަށް ހަޔައެޑިއުކޭޝަން މިނިސްޓްރީންނިންމައިފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި ކިޔެވުމަށް އެކިފަހަރުމަތިން ލޯނު ދޫކޮށްފައިވާ 96 ފަރާތެއް ދަނީ އައްޑުއަތޮޅު ގައުމުގައި އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް ( އޭއޭއޭ ) ހިންގަމުންދާ ޕައިލެޓް ލައިސަސްން ޕްރޮގްރާމްގައި ބައިވެރިވެ ކިޔަވަމުންކަމަށެވެ. އަދި މިދަރިވަރުންގެ ކޯސް ނުނިމި ދިގުލައިގެންދާ މައްސަލަ ބައެއް ފަރާތްތަކުން މިނިސްޓްރީއަށް ހުށަހެޅުމުން މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސް،  އެކަމާ ގުޅިގެން މިނިސްޓްރީން ދަނީ އެޕްރޮގްރާމަށް ހުއްދަދޫކޮށްފައިވާ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކާއި އެކަމާ ގުޅުންހުރި އެހެނިހެން ފަރާތްތަކާއި މަޝްވަރާކުރަމުންކަމަށެވެ.

މިނިސްޓްރީން ބުނެފައިވަނީ އުސޫލެއްގެ ގޮތުން ރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ ލޯނުގެ ފުރުސަތުތައް ރާއްޖެން ބޭރުގައި ކިޔެވުމަށް ބަދަލުކޮށް ނުދޭކަމަށެވެ.

އެހެންނަމަވެސް ގަމުގައި ޕައިލެޓް ކޯސްހިންގަމުންދާ ފަރާތުން ގަމުގައި ކުރިއަށް ގެންދާ ޕައިލެޓް ލައިސަން ޕްރޮގްރާމްގައި ބައިވެރިވެ ކިޔަވަމުންދާ ދަރިވަރުން ކިޔެވުން ކުރިއަށް ގެންދިއުމުގައި ދިމާވެފައިވާ މައިގަޑު ދަތިތަކަކީ ދަރިވަރުންގެ އިޚްތިޔާރުން ބޭރުގައިވާ ކަންކަންކަމުގައި މިނިސްޓްރީއަށް ގަބޫލްކުރެވޭތީ ދަރިވަރުންނަށް ލޯނަށް ދޫކޮށްފައިވާ ފައިސާއިން ރާއްޖެން ބޭރުގައި ކިޔެވުން ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ.

އަދި ކިޔެވުން ފުރިހަމަކުރުމަށް އިތުރު ފައިސާ ޚަރަދުވާނަމަ އެފައިސާ ހަމަޖައްސަންވާނީ ދަރިވަރުން އަމިއްލައަށްކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ލޯނުނަގައިގެން ތައުލީމު ހާސިލްކުރަންފަށާއިރު ކިޔަވަންދިއުމަށް ހުށަހަޅާ ތަނާބެހޭ ސައްހަ މައުލޫމާތުހޯދާ އެއީ ތިމާއަށް އެންމެރަގަޅު މަރުކަޒުކަން ކަށަވަރުކުރުމަކީ ލޯންފައިސާއިން ދެކޮޅު ޖައްސަން އަދި ކިޔެވުން ފުރިހަމަކުރުމަށްޓަކައި އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށްވާއިރު އެކަމަށް ވަރަށްބޮޑަށް ސަމާލުވުމަށް މިނިސްޓްރީންވަނީ އިއުތިމާސްކޮށްފައެވެ.

އަދި މިފުރުސަތުގެ ދަށުން ހަޔަރ އެޑިއުކޭޝަނުގެ ލޯނުނަގައިގެން ކިޔަވަމުންދާ ދަރިވަރުން ރާއްޖެންބޭރަށް ބަދަލުވާންއެދޭނަމަ އެދަރިވަރަކު ކިޔެވުން ފުރިހަމަކުރުމަށް ރާއްޖެން ބޭރަށްދާންބޭނުންވާ މަރުކަޒުގެ ޕްލޭސްމެންޓް ލެޓަރ ފީ ، ސްޓަކްޗަރ އަދި އައިޑީކާޑްގެ ކޮޕީއާއިއެކު މިނިސްޓްރީގެ އީމޭލަށް މެއިލްކުރުމަށް ވަނީ އެދިފައެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކިޔަވަންދާ މަރުކަޒަކީ ސިވިލްއޭވިއަން އޮތޯރިޓީން އިތުރު ޓެސްޓަކާނުލާ މަތިންދާބޯޓް ދުއްވުމުގެ ހުއްދައެއް ލިބޭ މަރުކަޒެއްކަމަށް ކަށަވަރުކުރުމަށް އެދިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ސިޔާސީ ކަންކަން އޮންނަންވާނީ ރައްޔިތުންގެ މެދުގައި އަދުލުވެރިކަން ބޭއްވުމަށްފަހު- ހޯމް މިނިސްޓަރ

ސިޔާސީ ކަންކަން އޮންނަންވާނީ ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަން ބޭއްވުމަށްފަހުކަމަށާއި، އެމަނިކުފާނު ހުންނެވި މަޤާމުގެ ސަބަބުން އެއްވެސް ކައުންސިލަކަށް ސިޔާސީ ...

ގާނޫނާ ޚިލާފަށް ކަންތައްތައްކުރިން – ހުކުމެއްގައި ހުންނަންޖެހުނީ ގާނޫނާ ޚިލާފްވުމުން : ޒީއަތު

ގާނޫނާ ޚިލާފަށް ކަންތައްތައް ކުރެއްވިކަމަށާ އަދި ޖަލުހުކުމެއްގައި ހުންނަވަންޖެހުނީ އެހެންވެގެންކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބދުﷲ ޒީއަތު ...

މީހަކުދެކެ ރުޅިއަޔަސް ޤައުމު ހަލާކުކޮށްގެން ނުވާނެ – މެމްބަރު ޝަރީފު

މީހަކުދެކެ ކިތަންމެ ރުޅިއަޔަސް ޤައުމު ހަލާކުކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ...

ޓްރީޓޮޕް ކާޑް މެދުވެރިކޮށް ކިއުގައި މަޑުނުކޮށް މެމޯ ހެއްދޭނެ

ޓްރީޓޮޕުން ޚިދުމަތް ހޯދަންބޭނުންވާ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ...

އިތުރު ދައުރެއް ދެއްވައިފިނަމަ ރައީސް ޔާމީން ވާނީ ދުނިޔޭގެ ވަރުގަދަ ޝަޙްސިއްޔަތަކަށް – މިނިސްޓަރ ސަޢީދު

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެރިކަމުގެ އިތުރު ދައުރެއް ދެއްވައިފިނަމަ، ދުނިޔޭގެ އެންމެ ވަރުގަދަ ޝަޚްސިއްޔަތްތަކުގެ ތެރޭގައި އެމަނިކުފާނު ...

ދިރާސީ އައު އަހަރާއެކު 25 ސްކޫލެއްގެ ދަރިވަރުންނަށް އެ ސްކޫލުތަކުން ހެނދުނުގެ ނަސްތާ ލިބޭނެ

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމްގެ ދަށުން ދިރާސީ އާއަހަރު ފެށޭއިރު 25 ސްކޫލްގައި މި ...