• Categories
  • Archives

މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތުމުން އާޚިރަތްދުވަހާއި ދުނިޔެމަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނެ- ހުކުރު ހުޠުބާ

މައިންބަފައިންނަށް އިހާނާތްތެރިކޮށް ހިތުމުން އާޚިރަށް ދުވަހުންލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް އެކަމުގެ އުގޫބާތް ލިބޭނޭކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

“މައިންބަފައިންނަށް ކަމޭހިތުން” މިމައުޟޫއަށް އިއްޔެ ދިން ހުކުރު ޚުތުބާގައި ބުނެފައިވަނީ އިންސާނީ ނަސްލު ދެމިއޮތުމަށްޓަކައި މާޓްﷲ މެދުވެރިކުރައްވާފައިވަނީ މައިންބަފައިންކަމަށެވެ. އެހެންކަމުން މައިންބަފައިންނަށް ކަމޭހިތާ އިހުތިރާމްކުރުމަކީ އިސްލާމްދީނުގައި ވަރަށްމަތީ ދަރަޖައެއް ދެއްވާފައިވާކަމެއްކަމަށެވެ. ތިމާއަށް އިހުސާންތެރިވިމީހަކަށް އިހުސާންތެރިވުމާއި ހެޔޮކަމެއް ކޮއްދިންމީހަކަށް ހެޔޮކަމެއް ކޮށްދިނުމަކީ އިސްލާމްދީނުގައި އައިސްފައިވާ ރިވެތި އަޚުލާގުގެ ތެރޭގައި ހިމެނޭކަމެއްކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ އެއްވެސް އިންސާނަކަށް އެމީހުންގެ މައިންބަފައިނަނަށްވުރެ ވަކިހެޔޮކަމެއްކޮށްދޭނެ މީހަކު ވުޖޫދުގައި ނުވާކަމަށެވެ. އަދި އެންމެ ކުޑައިރުއްސުރެންފެށިގެން ތިމާބަލާ ބޮޑުކުރާއިރު އަބަދުވެސް އިސްކަންދީފައިވާނީ އެދެމީހުންގެ އުފަލާއި އަރާމަށްވުރެ ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ބަލާ ބޮޑުކުރުންކަމަށެވެ. ވަކިން ޚާއްސަކޮށް މަންމަގެ ހައްގުތައް ބޮޑުވެގެންވާއިރު އެއީ ތިބާ ނުހަނުވޭނާ ތުރާލުގައި ނުވަމަހާ ދިހަދުވަސް ހޭދަކޮށްގެން ވިހާކުއްޖެއްކަން ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެމައިމީހާ އެމީހާގެ ނިންޖާ އަރާމު ނަގާލާ ކުއްޖާބަލާބޮޑުކުރަނީ އެކުއްޖާގެ ފަރާތުން މަންމައަށްކުރެވޭ ފޮނި އުއްމީދުތަކުގެ ސަބަބުންކަމަށްވެސް ޚުޠުބާގައިވަނީ ފާހަގަކޮށްފައެވެ.

ޚުޠުބާގައި ބުނެފައިވަނީ މައިންބަފައިންނަށް އިހާނެތިކޮށް ހިތުމުން އާޚިރަތްދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނެޔެމަތީގައިވެސް އެކަމުގެ އުގޫބާތްލިބޭނެކަމަށެވެ. މިއަދު މުޖުތައުގެ ތެރެއިން ހިތާމަވެރި މަންޒަރުތަކެއް ފެންނަމުންދާކަން ފާހަގަކޮށް ޚުޠުބާގައި ބުނެފައިވަނީ ބައެއް ދަރީން އެބައިމީހުންގެ މައިންބަފައިންނަށް އުމުރުން ދުވަސްވުމުން އަޅާނުލައި ގެއިން ބޭރުކޮށް ބިކަހާލުގައި ޖައްސާ މަންޒަރު ފެންނަކަމަށެވެ، އެއީ ހިތާމަހުރިކަމެއްކަމަށާ އަދި އެގޮތައް ކަންތައްކުރުމަކީ ހުއްދަވެގެންވާކަމެއްނޫންކަމަށް ޚުޠުބާގައިވަނީ ބުނެފައެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގައި ލަހައްޓަވައިފިނަމަ މުސްކުޅި އުމުރާއި ކުރިމަތިލާންޖެހޭނެކަމަށާ ތިމާގެ ހަޔާތުގައި މަންމަ ނުވަތަ ބައްޕަ އުމުރުން ދުވަސްވެ ލޯބޯ ކޮށިވެފައިވާހާލުގައި އެމީހުންގެ ފަރާތުން ދިމާވާކަންކަމަށް ކެތްތެރިވާންޖެހޭނެކަމަށް ޚުޠުބާގައިވަނީ ބުނެފައެވެ. އަދި އެމީހުންނަށް އިހުތިރާމްކޮށް މުޚާޠަބްކުރަންވާނީ ނުހަނު އޯގާތެރިކަމާއެކުގައިކަން ޚުޠުބާގައިވަނީ ފާހަގަކޮށްފައެވެ.

ޚުޠުބާގައި ބުނެފައިވަނީ އިސްލާމްދީނުގައި އަންގަވާފައިވަނީ މައިންބަފައިންގެ ކުރިމަތީގައި އެންމެ ކުޑަމިހުން އުއްފުވެސް ނުބުނުމަށްކަމަށެވެ. އަދި މައިންބަފައިންނަށް އަބަދު އިހުތިރާމް ކުރުމުގެ ގޮތުން މައިންބަފައިންގެ ކުރިމަތީގައި މަޑުމޮޅިވުމަށްކަމަށެވެ. މީގެ އިތުރަށް ޚުޠުބާގައި ބުނެފައިވަނީ ކާފަޔާ މާމައަކީވެސް މަންމައާއި ބައްޕައާއި އެއްފަދައިން ކަމޭ ހިތަންޖެހޭ ބައެއްކަމަށެވެ. އަދި އެގޮތައް ބަލާއިރު ފިރިމީހާ ނުވަތަ އަނބިމީގެ މައިންބަފައިންނަކީވެސް އަސްލު މައިންބަފައިންކަމުގައި ނުވިނަމަވެސް އެމަގާމުގައިވާ ބައެއްކަމަށެވެ. އެހެންކަމުން އެމީހުންނަށްވެސް އަދަބު އިހުތިރާމް އަދާކޮށް އޯގާތެރިކޮށް ކަންތައްތައް ކޮށްދިނުމަކީ އިސްލާމީ ރިވެތި އާދަތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް ޚުޠުބާގައިވަނީ ބުނެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އަދީބް އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އަނބުރާ ...

ސަރުކާރަށް އެއް އަހަރު: އައްޑޫގައި 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތައް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްދު ޞާލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ މިއަދަށް އެއް އަހަރު ފުރުނީއެވެ. ...

އެމްޓީޑީގެ ރައީސަކަށް އަދީބު އައްޔަންކުރައްވައިފި

މޯލްޑިވްސް ތާރޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ރައީސަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައްޔަންކުރައްވައިފިއެވެ. އެމްޓީޑީގެ ރައީސް ...

މާފަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

ނ. މާފަރުގައި ތަރައްގީ ކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި އެވެ. މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް ...

ހޯމަ ދުވަހު އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަނީ

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި އަދި އިސްވެރިންނާއި ގުޅުންހުރި ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަށް ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ...

ފެބްރުއަރީ މަސް ތެރޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ރައްޔިތުންނަށް ޚިދުމަތް ލިބިގެންދާނެ- މިނިސްޓަރ ނާޒިމް

ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ މަހުގެ ތެރޭގައި ހުޅުވި ޚިދުމަތް ލިބިގެންދާނެ ކަމަށް ހެލްތް ...