• Categories
  • Archives

ބާރުވަޔާއެކު ރޭދަންވަރުކުރި ވިއްސާރައިގައި މީދޫއާއި ހުޅުދޫގެ 3 ގެޔަކަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ

އައްޑުއަތޮޅަށް ރެއިންފެށިގެން ކުރަމުންދާ ވިއްސާރައިގެ ރޭ ދަންވަރު 3:30 ހާއިރު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި މީދޫއާއި ހުޅުދޫގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންވެއްޖެ އެވެ. މިގޮތުން 3 ގެއެއްގެ ފުރާޅު އެއްލާލާއި އެތިންގެއަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މީގެތެރެއިން ބާރުވަޔާއެކު އެއްލާލި މީދޫ ރޯނުގޭ ފުރާޅުގެ ބައެއް ގޮސްޖެހިފައިވަނީ  އޯކިޑްމާގޭ ފުރާޅުމަތީގައެވެ.  ހުޅުދޫ ކިނާރާގެ ފުޅާގެ ބޮޑުބައެއްވެސް ގަދަވަޔާއެކު  އެއްލާލާފައިވާއރު މީދޫ އޯކިޑްމާގޭ ފުރާޅުގެ ބައެއްވެސް ގަދަވަޔާއެއކު އެއްލާލައި ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ.

11 އޯގަސްޓް 2019: މީދޫ ރޯނުގޭ ފުރާޅު އެއްލާލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައި

މިހާތަނަށް ބެލި ބެލުމުން މިތިންގޭގެ ފުރާޅު އެއްލާލުމުގެ ސަބަބުން ސީލިން ހަލާކުވެ ފަރުރީޗަރުތައްވެސްވަނީ ބޭނުންނުކުރެވޭވަރަށް ވަނީ ހަލާކުވެފައެވެ.  މިތިންގެގޭ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މީދޫ ރޯނުގެއަށްކަން ފާހަގަކޮށްލެވެއެވެ.

11 އޯގަސްޓް 2019: މީދޫ ރޯނުގޭ ފުރާޅު އެއްލާލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައި

ރޭ ދަންވަރު ގަދަވަޔާއެކު ކުރި ވިއްސާރައިގައި މީދޫގެ އެކި ސަރަހައްދުތަކުން ރުއްގަސްތައްވެސްވަނީ ވެއްޓިފައެވެ. އަދި މީގެ އިތުރަށް މީދޫ އިޖުތިމާއީމަރުކަޒުގެ ފާރުންބައެއްވެސްވަނީ ވެއްޓިފައެވެ.

ރޭ ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުގެ މައުލޫމާތު ކައުންސިލުން މިހާރު ބަލަމުންދާކަމަށާ  ސިފައިންނާއި ފުލުހުން އަދި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށްއެހީތެރކަންފޯރުކޮށްދެމުން އަންނަކަމަށްވެސް ކައުންސިލުންވަނީ ހާމަކޮށްފައެވެ.

11 އޯގަސްޓް 2019: ގަދަވަޔާއެކު އެއްލާލި މީދޫ ރޯނުގޭ ފުރާޅު އޯކިޑްމާގެ ގޯތިތެރޭގައި

ރޭ ދަންވަރު 3:41 ގައި އައްޑު އަށް 51 މޭލު ބާރު މިނުގައި ވައި ޖެހިފައިވާ ކަަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ. އަދި  ރޭ ދަންވަރު ޖެހުނު ގަދަ ވައިގައި އައްޑުއަތޮޅުގެ އެކިއެކި ރަށްރަށުން   24 ގެއަކަށް އެކި ވަރުގެ ގެއްލުން ވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުންވެސް ހާމަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ހިތަދޫ ބަލިކޮށް މަރަދޫއިން ފައިނަލުގެ ފުރުސަތު ބޮޑުކޮށްފި

މީދޫގައި މިހާރު ހިގަމުންދާ 20 އަހަރުން ދަށުގެ ” އައްޑޫ ޔޫތު ޗެލެންޖް 2020 ” ފުޓްބޯޅަ މުބާރާތުގައި ...

ހުޅުދޫ ފަޅުކޮށްފައިވަނީ ސިޔާސީ ފިކުރުތަކުން – އައްބާސް

ހުޅުދޫ ރަށްޔިތުން ހުޅުދޫ ފަޅު ނުކުރާކަމަށާ ހުޅުދޫ ފަޅުކޮށްފައިވަނީ ސިޔާސީ ފިކުރުތަކުންކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުދޫދާއިރާއަށް އަމިއްލަގޮތުން ...

ރައީސް ސޯލިހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ. މިއީ ވެރިކަމާއި ...

ގުރުއާން މުދައްރިސް ކަރީމް ގުރުއާން މުދައްރިސްކަމުގެ ވަޒީފައިން ރިޓަޔަރ ކޮށްފި

ޝަމްސުއްދީން ސްކޫލްގެ ގުރުއާން މުދައްރިސް އަލްހާފިޒު މުހައްމަދު އަބްދުލްކަރީމް ގުރުއާން މުދައްރިސްކަމުން ރިޓަޔަރ ކޮށްފިއެވެ. ވީއޯއެމްއަށް އެނގިފައިވާގޮތުގައި ގުރުއާން ...

އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމްއިން އަރުވާ ޝަރަފުވެރިކަމުގެ އެވޯޑު ރައީސް ޔާމީނަށް

އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމުންދޭ އެންމެ ޝަރަފްވެރި އެވޯޑް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ. އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ ...

ގައުމު ސްޓްރީޓް ކަޕް 2020: އިއްޔެ ކުޅެވުނު މެޗްތައް

މިހާރު މީދޫގައި ކުރިއަށްދާ “ގައުމު ސްޓްރީޓް ކަޕް 2020” މުބާރާތުގެ އިއްޔެ ކުޅުނު މެޗްތަކުގެ ނަތީޖާ: އެފްއާރުޓީ އަދި ...