• Categories
  • Archives

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019 : ފައިނަލަށް ރެސޯޓްބޯއިސްއާއި ތައްލިހި

މިނިވަންކަޕް ފުޓްސަލް މުބާރާތް 2019 ގެ ފައިނަލުން ރެސޯޓްބޯއިސްއާއި ތައްލި  ޖާގަހޯދައިފިއެވެ.

ރެސޯޓްބޯއިސް ފައިނަލުން ޖާގަހޯދާފައިވަނީ މިރޭ ކުޅެވުނު މިމުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަމެޗްގައި ހިތަދޫ މަލްޓިޖީނިއަސްއާއި ބައްދަކުކޮށް  6 ލަނޑު 4 ލަނޑުން މޮޅުވެގެންނެވެ.

މިމެޗްގައި ރެސޯޓްގެ ހުސެން އީމާން 3 ލަނޑު ޖަހާ ހެޓްރިކް ހަދާފައިވެއެވެ.   ރެސޯޓްބޯއިސްގެ އަނެއް 3 ލަނޑުގެ ތެރެއިން ދެލަނޑު އަލީ ހާފިޒު ކާމިޔާބުކޮށްދީފައިވާއިރު އެޓީމުގެ އަނެއްލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް އަސްވާދެވެ. މަލްޓީޖީނިއަސްއިން މިމެޗްގައި ކާމިޔާބުކުރި 4 ލަނޑު ކާމިޔާބުކޮށްދީފައިވަނީ އީމާން ނަޒީރު ، ހަސަން ލައުހު ، އަލީ ފަހުމީ އަދި އަނީލް އިބްރާހިމްއެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ރެސޯޓްބޯއިސްގެ ހުސެން އީމާނެވެ.

މިރޭ ކުޅެވުނު ސެމީފައިނަލުގެ ދެވަނަމެޗުގައި ގައުމު އެފްސީއާއި ބައްދަލުކޮށް 8 ލަނޑު 0 ލަނޑުގެ ބޮޑުތަފާތަކުން މޮޅުވެ މިމުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދީ މިދިޔައަހަރުވެސް މިމުބާރާތުގެ ޗެމްޕިއަންކަންހޯދާފައިވާ ތައްލިހިއެވެ.

މިމެޗްގައި ތައްލިހިޓީމްގެ އަލީޝިފާއު 3 ލަނޑުޖަހާ ހެޓްރިކް ހަދާފައިވާއިރު އެޓީމުގެ މުހައްމަދު ލިޔާހު 2 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. ދެން އެޓީމުން ކާމިޔާބުކުރި 3 ލަނޑު ކާމިޔާބުކޮށްދިނީ ޝަމްހާދު ސައީދުއާއި އަލީ ލިރުއާމް އަދި އަބްދުﷲ އިމްރާނެވެ.

މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ތައްލިހިޓީމްގެ އަލީޝިފާއުއެވެ.

ތައްލިއާއި ރެސޯޓްބޯއިސް ބައްދަލުކުރާ މިމުބާރާތުގެ ފައިނަލްމެޗްގެ ކުޅުން އޮންނާނީ މިމަހުގެ ތޭރަ ވަނަދުވަހުގެރޭ 21:00 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މިނިވަންކަޕް 2018 : ފައިނަލަށް ތައްލިހިއާއި ޑީކޭ

ހުޅުދޫގައި މިހާރު ބާއްވަމުންދާ  “މިނިވަންކަޕް ފުޓްސަލް މުބާރާތު”ގެ ފައިނަލަށް ތައްލިހި އާއި ޑީކޭ ދަތުރުކޮށްފި އެވެ. މި ދެ ...

ހިތަދޫޓީމް ފައިނަލް ބުރުގެ މެޗްތައް ކުޅެންޖެހެނީ ފ. ނިލަންދޫގައި

މިނިވަން ޗެމްޕިއަންޝިޕުގެ އައްޑޫ ޗެމްޕިއަން އަދި   ޒޯން 8 ގެ ޗެމްޕިއަން އައްޑޫސިޓީ ހިތަދޫ ޓީމް ޒޯން ޗެމްޕިއަނުންގެ ...

ފަހުހާފްގެ ލަނޑުތަކުން ހުޅުދޫ ސްކޫލްގެ މައްޗަށް މަރަދޫ ސްކޫލް ކުރި ހޯދައިފި

މައިލޯ އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާތާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރާގައި އިއްޔެ ކުޅެވުނު މެޗްގައި ...

ޝަންގްރިއްލާ ޓީމް ސެމީފައިނަލަށް- ސެމީފައިނަލްގެ ދެމެޗްވެސް މިރޭ ކުޅެވޭނެ

ބެސްޓް ފުޓްސަލް މުބާރާތް 2018 ގެ ސެމީފަނަލަށް ޝަންގްރިއްލާ ޓީމް ހޮވިއްޖެވެ. ޝަންގްރިއްލާޓީމް ސެމީފައިނަލަށް ހޮވުނީ  ރޭ ކުޅެވުނު ...

ފޭދޫޓީމާ މީދޫ ޓީމާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް ކާމިޔާބުކުރީ މީދޫޓީމް

މީދޫ ޓީމަކާއި ފޭދޫ ޓީމަކާއި ދެމެދު އެކުވެރިކަމުގެ ވޮލީ މެޗެއް ކުޅެފިއެވެ. ހުކުރު ދުވަހުގެރޭ ފޭދޫ ވޮލީ ކޯޓްގައި ...

ޖޯލިއަންސް މިކްސް  ވޮލީބޯލް މުބާރާތް 2018 : ރޭ ކުޅެވުނު  މެޗް ޓީމް އަލްފައިން ކާމިޔާބުކޮށްފި

ޖޯލިއަންސް މިކްސް  ވޮލީބޯޅަ މުބާރާތުގެ ނަމުގައި މިހާރު ފޭދޫގައި ކުރިއަށްދާ ވޮލީ މުބާރާތުގައި  ރޭ ކުޅެވުނުމެޗް ޓީމް އަލްފައިން ...