އައްޑޫ އީދި ސަމާގައި ހިމެނިގެން ޗޭނު ޖަމްއިއްޔާއިން ބޭއްވި ސަގާފީ ޝޯވ ރޭ ބާއްވައިފި

އައްޑޫ އީދި ސަމާގެ ނަމުގައި ކުރިއަށް ގެންދިޔަ އީދު ކުޅިވަރުތަކުގެ ތެރޭގައި ހިމެނިގެން މީދޫ އެކުވެރިންގެ ޗޭނުން ގެނެސްދިން ސަގާފީ ޝޯވ ރޭއް ބާއްވައިފިއެވެ.

ދިވެހިންގެ ސަގާފަތާ ގުޅުވާލައިގެން ރޭ ކާޑުގޭ ޕާކްގައި ބޭއްވުނު މިޝޯވއަށް އާއްމުގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު މިޝޯވއިން ފެނިގެން ގޮސްފައިވަނީ މުޅިން ދިވެހިވަންތަ ގޮތްތައްކަން ފާހަގަކޮށްލަންޖެހެއެވެ.

މިޝޯވ މިގޮތައް ބޭއްވުމުގެ މަގްސަދަކީ އަޅުގަޑުމެންގެ ތެރޭގައިވެސް މުއްސަންދި ސަގާފަތެއްވާކަން ހާމަކޮށްދީ ދިވެހިންގެ އޭރުގެ ދިރިއުޅުން ދައްކުވައިދިނުމުގެ އިތުރަށް  އަޅުގަޑުމެންގެ ތެރޭގައި ކާބަފައިންގެ ދުވަސްވަރުން އޮތް ރީތި އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި މިހާރުގެ ޒުވާނުންނަށް ހަނދާން ކޮށްދިނުމުގެ އިތުރުން އެ ސަގާފަތް ދިރުވާ އާލާކޮށް ކޮންމެ ފެންވަރެއްގައިވެސް އެމަސައްކަތް ކުރެވޭނެ ކަން އަދުގެ ޒުވާނުންނަށް ހާމަކޮށްދިނުންކަމަށް ޗޭނު ޖަމްއިއްޔާގެ އިސްބޭފުޅެއްކަމުގައިވާ މަރިޔަމް ޝަޒުލީނު ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

” މިއީ ވަރަށް ހިތްގައިމު ބަލާލަން ރީތި މަންޒަރުތަކެއް ދައްކުވައިދިން ޝޯވއެއް .  މިފަދަ ޗާލު މަންޒަރުންތައް ހިމެނިގެން މިފަދަ ޝޯވްތައް ފަހަކަށް އައިސް އަޅުގަޑުމެންގެ ތެރެއިން ފެންނަމުންދަނީ ވަރަށް މަދުން ” ރޭގެ ޝޯވ ބެއްލެވި ބޭފުޅަކު ވީއޯއެމްއަށް މައުލޫމާތު ދެއްވަމުން ބުނެފައިވެއެވެ.

ކާޑުގޭ ޕާކްގައި ރޭ ބޭއްވުނު މިސަގާފީ ޝޯވ ބައްލަވާ ލެއްވުމަށް އާއްމުންގެ ގިނައަދަދެއްގެ މީހުން ހާޒިރު ވެފައިވެއެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުން: ނަޝީދު

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ...

ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑްގެ ނަން ބަދަލުކޮށްފި

ވިލާ ކުންފުނީގެ ދަށުން ހިންގަމުންދިޔަ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް ރިސޯޓްގެ ނަން ބަދަލުކޮށް ރީބްރޭންޑް ކޮށްފިއެވެ. ޖުމްހޫރީ ...

ރައީސްގެ ނިންމެވުމާ އެއްގޮތަށް ކަރަންޓާއި ފެންބިލްގެ ޖޫރިމަނާ އަންނަ މަހުން ފެށިގެން މަޢާފް

ކަރަންޓު ބިލާއި ފެންބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާތައް މަޢާފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިމަހުގެ 24 ވަނަ ދުވަހު ...