• Categories
  • Archives

ޕެނަލްޓީ ޖަހައިގެން ޗެލްސީ ބަލިކޮށް، ލިވަޕޫލް ސުޕަކަޕް ކާމިޔާބުކޮށްފި

ރޭ ކުޅުނު ޔޫއެފާ ސުޕަ ކަޕްގެ މެޗް ކާމިޔާބުކޮށް ލިވަޕޫލް ތަށި ހޯދައިފިއެވެ.

ތުރުކީގެ އިސްތަންބުލްގައި ކުޅެވުނު ޔޫއޭފާ ސްޕަކަޕްގެ މެޗް ކާމިޔާބުކޮށް  ލިވަޕޫލް ތަށި ހޯދާފައިވަނީ  ޗެލްސީއާއި ބައްދަލުކޮށް ކުޅުނު މެޗުން މޮޅުވެގެންނެވެ.

މިމެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ހޯދާފައިވަނީ ޗެލްސީންނެވެ. ޖިރޫޑް މެޗްގެ 36 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިން މިލަނޑަކީ ޗެލްސީގެ ޕްލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖިރޫޑް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމިގެން ދިޔައީ ޗެލްސީ 1-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ކުޅުންފަށައިގެން  ޗެލްސީއަށް  ރަނގަޅަށް މެޗްގެ ތެރެއަށް  ނުވަދެވިގެން އުޅެނިކޮށް ދެވަނަ ހާފްގެ 3 ވަނަ މިނިޓްގައި (މެޗްގެ 48 ވަނަ މިނިޓްގައި )  ލިވަޕޫލުން ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މާނޭ ކާމިޔާބުކޮށްދިން މިލަނޑަކީ  ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފު ކުޅެން ނުކުތް ފިރްމީނޯގެ އެހީތެރިކަމާއެކު މާނޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު ދެޓީމް 1 ލަނޑު 1 ލަނޑުން އެއްވަރުވެފައި އޮތުމުން  މެޗްގެ ނަތީޖާނެރުމަށް 15 މިނަޓްގެ އިތުރު ވަގުތުގެ ދެހާފު ކުޅުނެވެ.

މިގޮތުން ކުޅެވުނު 15 މިނިޓްގެ  ފުރަތަމަ ހާފުގައި ލިވަޕޫލްގެ މާނޭ ލަނޑެއް ކާމިޔާބުކޮށް މެޗްގެ ލީޑް  ލިވަޕޫލަށް ހޯދައިދިނެވެ. މިލަނޑު މާނޭ ކާމިޔާބުކޮށްދީފައިވަނީ މެޗްގެ  95 ވަނަ މިނަޓްގައެވެ. އަދި އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއިންވެސްވަނީ އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން ޖޯޖީނިއޯ މިލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 101 ވަނަ މިނަޓްގައެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި އިތުރު ލަނޑެއް ނުފެނި މެޗުގެ ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.

އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީޖެހި ޖެހުމުގައި  ލިވަޕޫލުންޖެހި ފަސް ޕެނަލްޓީވެސް ކާމިޔާބުކޮށްފައިވާއިރު، ޗެލްސީއަށް ކާމިޔާބު ކުރެވިފައިނުވަނީ އެކްލަބުގެ އަބްރަހަމް ފޮނުވާލި ޗެލްސީގެ ފަސްވަނަ ޕެނަލްޓީއެވެ.

ރޭގެ މެޗުން މޮޅުވެ މިއަހަރުގެ ޔޫއެފާ ސުޕަކަޕް ލިވަޕޫލް ކާމިޔާބުކޮށްފައިވާއިރު، މިއީ ލިވަޕޫލް މިތަށި ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. ޗެލްސީވަނީ ސުޕަކަޕްގައި އެންމެފަހުން ކުޅުނު ތިން މެޗުގައިވެސް ދެރަވެފައެވެ. އެއީ 2012، 2013 އަދި 2019 ވަނަ އަހަރުއެވެ.

ރޭގެ މެޗުގައި ރެފްރީކަން ކޮށްފައިވަނީ ފްރާންސްގެ އަންހެން ރެފްރީއެއްކަމަށްވާ ސްޓެފަނީ ފްރެޕާޓެވެ. މިއީ ފިރެހެނުން ކުޅުނު މިފެންވަރުގެ މެޗެއްގައި އަންހެނަކު ރެފްރީކަންކުރި ފުރަތަމަ ފަހަރެވެ. ރޭގެ މެޗު ރެފްރީގެ އިތުރުން ލައިންސްމަނުންނާއި ބަދަލު ރެފްރީގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވަނީ އަންހެން އޮފިޝަލުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޗެލްސީ ކަޓުވާލުމަށްފަހު ބާސެލޯނާ ކްއާޓާފައިނަލުން ޖާގަހޯދައިފި

ޗެލްސީ 3 ލަނޑު 0 ލަނޑުން ބަލިކޮށް ޗެމްޕިއަންސްލީގުގެ ކުއާޓާ ފައިނަލުން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ބާސެލޯނާ ...

ބާސެލޯނާއަށް ލީގު ހޯދުމުގެ ފުރުސަތު ލިބުނީ ލީގުގުގެ ކުރީކޮޅު ރެއާލްއަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުން- ޒިދާން

ބާސެލޯނާއަށް ސްޕެނިޝްލީގު ހޯދުމުގެ ފުރުސަތު ލިބުނީ ލީގުގުގެ ކުރީކޮޅު ރެއާލްއަށް ގެއްލުނު ޕޮއިންޓްތަކުގެ ސަބަބުންކަމަށް ރެއާލްމެޑްރިޑްގެ ކޯޗް ޒިދާން ...

ވެސްޓްހަމްބަލިކޮށް ޗެލްސީ ޕޮއިންޓް ޓޭބަލްގެ 3 ވަނައަށް ޖެހިލައިފި

ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށް  ޗެލްސީ  އިގިރޭސި ޕްރިމިއާލީގުގެ ޕޮއިންޓް ޓޭބަލްގެ ތިންވަނައަށް ޖެހިލައިފިއެވެ. ޗެލްސީގެ ދަނޑުގައި ރޭ ކުޅެވުނު ...

ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި ވެލެންސިއާއާއި ދެކޮޅަށް ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުން މޮޅުވެއްޖެވެ. ވެލެންސިއާގެ ދަނޑުގައި ރޭ ކުޅެވުނު ...

ކޮޕާ އެމެރިކާގެ ސެމީން އާޖެންޓީނާ ޖާގަ ހޯދައިފި

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ޖާގަ ހޯދައިފި އެވެ. އާޖެންޓީނާ  ސެމީފައިނަލުން ޖާގަ ހޯދީ، ...

ބާސާ ދޫކޮށްލުމަށްފަހު ޓުރާން ތުރުކީގެ ކްލަބަކަށް ބަދަލުވެއްޖެ

ބާސެލޯނާ ދޫކޮށްލުމަށްފަހު ލޯން އެއްބަސްވުމެއްގެ ދަށުން އަދާ ޓުރާން ތުރުކީގެ ކްލަބެއް ކަމަށްވާ އިސްތަންބުލް ބަޝަކްޝެހިރްއަށް ބަދަލުވެއްޖެއެވެ. ޓުރާން ...