• Categories
  • Archives

މަރުވެފައި އޮއްވާ ފެނުނީ ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހިމް ރިޒުވާން

މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު އިބްރާހިމް ރިޒުވާން (ބަގޭ) ކަން  އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހިމް ރިޒުވާން  މަރުވެފައި އޮއްވާ ފެނުނީ މައްޗަންގޮޅި ކުދިރަތްމާ ގޯޅި ތެރޭގައި ހުރި ގެއަކުންނެވެ.

ފުލުހުން ބުނީ، މަރުވެފައިވާ މީހެއްގެ ހަށިގަނޑު އެމްބިއުލާންސްގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދާކަމުގެ މައުލޫމާތު އާދީއްތަ ދުވަހު ހެނދުނު ލިބިފައިވާ ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް  ބުނީ، މަރުވެފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މީގެކުރިން ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ކުޅެފައިވާ އިބްރާހިމް ރިޒުވާން  އެންމެ ފަހުން ފެނިގެންދިޔައީ ވެލެންސިއާއިން މިދިޔަ ސީޒަނުގައެވެ. ވެލެންސިއާ ރެލިގޭޓްވިފަހުން އޭނާ ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެނިފައެއް ނުވެއެވެ.

އިބްރާހިމް ރިޒުވާން  ކުއްލި މަރާއެކު، ފުޓުބޯޅަ އާއިލާގެ ފަރާތްތަކުން އަންނަނީ އޭނާގެ ހަނދާންތައް އާކުރަމުންނެވެ.

މަސަދަރު: ރާއްޖެ އެމްވީ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ކުރިއަށް މިއޮތް ފަސް އަހަރަކީ މީދޫދާއިރާގެ ގަދަފަސް އަހަރު – ރޮޒެއިނާ

އަޅުގަޑު މިދާއިރާއަށް ކުރިމަތިލުމުގެ ސަބަބަކީ  އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމެއްގައި އަޅުގަޑަށް މިދާއިރާއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުރިކަމަށް ގަބޫލްކުރެވޭތީ ...

ހުޅުދޫ ބަހާއުއްދީންމަގާއި މީދޫ ބަހާއުއްދީން މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށަން ތައްޔާރުވަނީ

އައްޑުއަތޮޅު ހުޅުދޫއާއި މީދޫގައި ދުއްވާ އެއްޗެހި ގިނަވެ މަގުތައް އަޑިގުޑަންވެފައިވާތީ އެމައްސަލައަށް ޙައްލެއް ގެންނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ...

އެންޓި-ޑިފެކްޝަން އަދި އަބުރުގެ ޤާނޫނު އުވާލަނީ

ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތަށް އެކުލަވާލާފައިވާ ޤާނޫނާއި އަބުރުގެ ޤާނޫނު އުވާލުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް އިދިކޮޅު ...

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުން މިރޭ އޮންނާނެ!

ދިވެހިރާއްޖެ އިން ވާދަކުރާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ ވޯޓު ނެގުން މިރޭ ...

ލޯކަލް ޓުއަރިޒަމް ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދީގެން- ޗަންޕާ އަފީފް

ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމްކުރެވިގެންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ...

އަޅުގަނޑާ އެކީ އުއްމީދު ކުރައްވާނަމަ، އެއުއްމީދުގައި ކުލަ ޖެހޭނެ – ރައީސް ޔާމީން

އަޅުގަނޑާ އެކީ އުއްމީދު ކުރައްވާނަމަ، އެއުއްމީދުގައި ކުލަ ޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ...