• Categories
  • Archives

މީދޫ ޔޫތު ސެންޓަރު ފިޔަވައި އައްޑުއަތޮޅުގެ އެހެން ޔޫތުސެންޓަރުތަކަށް ސްޕޯޓްސް ސްޕަވައިޒަރުންނާއި ޖިމްއިންސްޓްރަކްޓަރުން ހޯދުމަށް އިއުލާންކޮށްފި

މީދޫ ޔޫތު ސެންޓަރ ފިޔަވައި އައްޑުއަތޮޅު އެހެން ރަށްރަށުގައި ގާއިމްކޮށްފައިވާ ޔޫތު ސެންޓަރުތަކުގައި ވަޒީފާ އަދާކުރާނެ ސްޕޯޓްސް ސްޕަވައިޒަރުންނާއި ޖިމްއިންސްޓްރަކްޓަރުން ހޯދުމަށް އައްޑޫސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މިގޮތުން ހިތަދޫ ޔޫތު ސެންޓަރ ، މަރަދޫފޭދޫ ޔޫތު ސެންޓަރ ، ގަންޔޫތު ސެންޓަރ އަދި ހުޅުދޫ ޔޫތު ސެންޓަރއަށް ސްޕޯޓްސް ސްޕަވައިޒަރުންނާއި ޖިމްއިންސްޓްރަކްޓަރުން ހޯދުމަށް ސިޓީކައުންސިލްވަނީ އިއުލާންކޮށްފައެވެ.

ސިޓީކައުންސިލް ކޮށްފައިވާ އިއުލާނުގައިވަނީ މިދެންނެވި މަޤާމަށް އެދި ހުށަހަޅަންޖެހޭނީ 05 ސެޕްޓެންބަރ 2019 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އެ އަވަށެއްގެ އަވަށު އޮފީހަށްކަމަށެވެ.

ސިޓީ ކައުންސިލްގެ އިއުލާންގައި އިތުރަށް ހާމަކޮށްފައިވަނީ މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ނިޔާވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި މާފުށީ ޖަލުގައި 25 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ޒުވާނަކު ރޭ ނިޔާވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް ...

އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ – ރައީސް

އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އެބޭފުޅުންނަށް އެވާހަކަ ދެއްކޭނަމަ ރާއްޖަށް ދިމާވި ކޮރަޕްޝަންގެ އެންމެ ...

ރޮޒޭއަކީ ކޮންމެހެން ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންޖެހޭ ކުޅަދާނަ އަންހެން ބޭފުޅެއް- ރައީސް ނަޝީދު

Advertisement ރޮޒޭއަކީ އަޅުގަޑުގެ ވަރަށްބޮޑު އިތުބާރާއެކީގައި އަޅުގަޑުމެން ކޮންމެހެން އެބޭފުޅާ ރަށްޔިތުންގެ މަޖިލިހަށް އިންތިޚާބްކުރަންއެދޭ ކުޅަދާނަ އަންހެން ބޭފުޅެއްކަމަށް ...

ރައީސް ޞާލިޙު ދޫނިދޫ ޖަލުގެ ޙާލަތު ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދޫނިދޫ ޖަލަށް މިއަދު ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ. ރައީސް އޮފީހުން ...

ސައްހަ ޝަރީއަތެއް ހިގާނަމަ އެއްވެސް ދައުވާއެއް އަހުމަދު އަދީބުގެ މައްޗަށް ސާބިތު ނުވާނެ

ސައްހަ ޝަރީއަތެއް ހިގާނަމަ އެއްވެސް ދައުވާއެއް އަހުމަދު އަދީބުގެ މައްޗަށް ސާބިތު ނުވާނެކަމަށް ރަށްޔިތުންގެ މަޖިލިހުގެ ވެލިދޫދާއިރާގެ މެމްބަރު ...

ވެރިންގެ ތެރެއިން ޤައުމުގެ ޙައްޤުގައި ބަސްބުނީ ރައީސް ޔާމީން އެކަނި – މިނިސްޓަރ ސައީދު

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ބަސް ބުނަން ކެރުނު ހަމައެކަނި ވެރިއަކީ ...