ޖޫނިއަރ ކެޓަގަރީން ބެސް ސްކޫލަކަށް ޝަރަފުއްދީން – ސީނިއަރ ކެޓަގަރީން ބެސްޓް ސްކޫލަކަށް އައްޑޫ ހައިސްކޫލް

އައްޑޫ އިންޓަރ ސްކޫލުގެ ސައިންސް ކާނިވަލް ބާއްވައި ސައިންސް ކާނިވަލުން ވަނަ ހޯދި  ސްކޫލްތަކަށާ ދަރިވަރުންނަށް ހަނދާނީލިއުން އަދި ޓްރޮފީއާއި މެޑަލް ދީފިއެވެ.

އައްޑުއަތޮޅުގެ 12 ސްކޫލަކުން ބައިވެރިވެގެން މީދޫ ޝަމްސުއްދީން ސްކޫލްގައި މިމަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސައިންސް ކާނިވަލުން ވަނަ ވަނަ ހޯދި ޕްރޮޖެކްޓްތަކާއި ސްކޫލްތަކަށް އަދި ދަރިވަރުންނަށް ތައްޓާއި ހަނދާނީލިއުން އަދިމެޑަލް ދިނުމުގެ ރަސްމިއްޔާތު ޝަމްސުއްދީން ސްކޫލްގައި ބާއްވާފައިވަނީ އަންގާރަދުވަހުގެ ހަވީރުއެވެ.

ސީނިއަރ ކެޓަގަރީން އެއްވަނަ ލިބުނު ސ. އަތޮޅުމަދަރުސާގެ މުހައްމަދު ހިޒްޔަމް ހާމިދު

މިސައިންސް ކާނިވަލުން ޖޫނިއަރ ކެޓަގަރީން ބެސްޓް ސްކޫލަކަށް ޝަރަފުއްދީން ސްކޫލް ހޮވުނުއިރު ސީނިއަރ ކެޓަގަރީން ބެސްޓް ސްކޫލަކަށް ހޮވިފައިވަނީ އައްޑޫ ހައިސްކޫލެވެ.

ބެސްޓް އިންޑިވިޖުއަލް ޕްރޮޖެކްއިން ޖޫނިއަރ ކެޓަގަރީން އެއްވަނަ ޝަމްސުއްދީން ސްކޫލްގެ އިސްމާއީލް އިޒިޔަން އިލްޔާސްއަށް ލިބިފައިވާއިރު އިންޑިވިޖުއަލް ސީނިއަރ ކެޓަގަރީން އެއްވަނަ ލިބިފައިވަނީ ސ. އަތޮޅުމަދަރުސާގެ މުހައްމަދު ހިޒްޔަމް ހާމިދުއަށެވެ.

ޖޫނިއަރ ކެޓަގަރީން އެއްވަނަ ލިބުނު ޝަމްސުއްދީން ސްކޫލްގެ އިސްމާއީލް އިޒިޔަން އިލްޔާސް

އަދި މީގެ  އިތުރަށް މިސައިންސް ކާނިވަލުން ބެސްޓް އޯލްރައުންޑް އިންޑިވިޖުއަލް ޕްރޮޖެކްޓަކަށް ސ. އަތޮޅުމަދަރުސާގެ މުހައްމަދު ހިޒްޔަމް ހާމިދުގެ ޕްރޮޖެކްޓް ހޮވިފައިވާއިރު މިކާނިވަލުން ބެސްޓް އޯލްރައުންޑް ގްރޫޕް  ޕްރޮޖެކްޓަކަށް ހޮވިފައިވަނީ އައްޑޫހައިސްކޫލްގެ ދަރިވަރުން ތައްޔާރުކުރި ޕްރޮޖެކްޓެކެވެ. އަދި މީގެ އިތުރަށް ސީނިއަރ ކެޓަގަރީން ބެސްޓް ގްރޫޕް ޕްރޮޖެކްޓަކަށް ހޮވިފައިވަނީވެސް އައްޑޫހައިސްކޫލްގެ ޕްރޮޖެކްޓެވެ. ޖޫނިއަރ ކެޓަގަރީން ބެސްޓް ގްރޫޕް ޕްރޮޖެކްޓަކަށް ހޮވިފައިވަނީ ހިތަދޫ ސްކޫލްގެ ޕްރޮޖެކްޓެވެ.

އަންގާރަދުވަހު ހަވީރު ޝަމްސުއްދީން ސްކޫލްގައި ބޭއްވުނު އައްޑޫއިންޓަރ ސްކޫލް ސައިންސް ކާނިވަލް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މިސައިންސް ކާނިވަލުން ޚާއްސަވަނަތަކަށް ހޮވުނު ސްކޫލްތަކަށާ ދަރިވަރުންނަށް އަދި ގްރޫޕްތަކަށް މެޑަލްއާއި ހަނދާނީލިއުން އަދި ޓްރޮފީ ހަވާލްކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ އޮނަރަބަލް މުހައްމަދު މަލީހު ޖަމާލްއެވެ.

މިސައިންސް ކާމިވަލުން ވަނަވަނައަށް ހޮވުނު ސްކޫލްތަކަށާ ގްރޫޕްތަކަށް އަދި ދަރިވަރުންނަށް ދެވުނު މެޑަލްއާއި ޓްރޮފީތަކަކީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ހަދިޔާކުރެއްވި ޓްރޮފީއާއި މެޑަލްތަކެވެ.

މިސައިންފެއަރ ބޭއްވުމުގެ ބޭނުމަކީ  ސައިންސްގެ މާއްދާ ކިޔަވަމުންދާ ދަރިވަރުންގެ ހުނަރު ދައްކާލުމާއި  ދަރިވަރުން ސައިންސާއި ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދެވުނު ގަސްއިދުމުގެ ޕްރޮގްރާމް

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން މިއަދު މީދޫ ބޮޑުމަގުގައި ގަސްއިންދުމަށް ކުރިއަށް ...

ޗެމްޕިއަންސް ލީގު: ނަޕޯލީ ބަލިކޮށް ބާސެލޯނާއިން ކްއާޓާފައިނަލުން ޖާގަ ހޯދައިފި

ޗެމްޕިއަންސް ލީގު ދެވަނަ ބުރުގެ ފަހު ލެގުގައި ރޭ ނަޕޯލީގެ މައްޗަށް ކުރި ހޯދައި ބާސެލޯނާ ކުއާޓާ ފައިނަލަށް ...

ޒަމާނުންސުރެ ރާއްޖެ ބައްޓަން ކުރަމުން އައި ގޮތުގެ ހިތި ނަތީޖާ މިއަދު މިވަނީ ފެނިފައި: ޔާސިރު

މާލެ ތޮއްޖައްސައި، ހުރިހާ ހިދުމަތެއް ލިބެން ހުންނަ ޖެހޭނީ މާލޭންކަމަށް ދެކި އެ ވިސްނުމުގައި ޒަމާނުންސުރެ ރާއްޖެ ބައްޓަން ...