ބެލެނިވެރީންނާއި ޓީޗަރުންގެ ނެޓްބޯޅަ މުބާރާތް: ފައިނަލަށް އަސްރިއްޔާ އާއި ހުޅުދޫ ސްކޫލް

މުދައްރިސުންގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނާއި 2020 ވަނައަހަރު ހުޅުދޫ ސްކޫލާއި މީދޫ ޝަމްސުއްދީން ސްކޫލްގެ ދަރިވަރުންނާއި ޓީޗަރުން ސ.އަތަޅުމަދަރުސާއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، ދެރަށުގެ ސްކޫލް ތަކުގައި މަސައްކަތް ކުރައްވާ މުދައްރިސުންގެ ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ މަގްސަދުގައި ހުޅުދޫ ސްކޫލުން އިސްނަގައިގެން ބާއްވާ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ހުޅުދޫ ސްކޫލާއި މީދޫ އަސްރިއްޔާ ދަތުރުކޮށްފިއެވެ.

ހުޅުދޫ ސްކޫލްގެ ޓީމް

މިމުބާރާތުގައި ބައިވެރި 5 ސްކޫލްގެ މެދުގައި މެޗްތައް ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ސްކޫލަކަށް 2 މެޗް ކުޅެގެން އެންމެގިނަ ޕޮއިންޓް ހޯދާ ދެސްކޫލް ފައިނަލަށް ހޮވޭގޮތަށެވެ.

މިގޮތުން ހުޅުދޫ ސްކޫލް ކުޅުނު ދެމެޗުން 6 ޕޮއިންޓް ހޯދައިގެން ފައިނަލަށް ހޮވިފައިވާއިރު އަސްރިއްޔާ ޕްރީ ސްކޫލްވެސް ފައިނަލަށް ހޮވުނީވެސް އެޓީމް ކުޅުނު 2 މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދައިގެންނެވެ.

ޓީޗަރުންނާއި ބެލެނިވެރީންގެ ތެރެއިން ޓީމްތައް ނަގައިގެން  ހުޅުދޫ ޑީކޭ ދަނޑުގައި ކުރިއަށް ގެންދާ މިމުބާރާތުގެ ފައިނަލްމެޗްގެ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 4:00 ގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުރަތަމަފަހަރަށް ޓަފްސިކް ބަލިވެއްޖެ

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ފުރަތަމަފަހަރަށް ޓީމް ޓަފްސިކް ބަލިވެއްޖެވެ. މިމުބާރާތުގައި ޓަފްސިކް މީގެ ކުރީން ކުޅުނު ދެމެޗުން ...

ޓީމްޓަފްސިކްސް ބަލިކޮށް ޓީމް އަލްފައިން ފައިނަލަށް

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގެ ސެމީ ފައިނަލުގެ 3 ވަނަ މެޗް ކާމިޔާބުކޮށް ފައިނަލުގެ 2 ވަނަ ޖާގަ ...

ހިތަދޫސްކޫލާއި ބައްދަލުކޮށް ޝަމްސުއްދީންސްކޫލް ބަލިވެއްޖެ

މަމެން އައްޑޫ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 12 އަހަރުން ދަށުގެ އުމުރުފުރާގައި ހިތަދޫސްކޫލާއި ޝަމްސުއްދީން ސްކޫލް ބައްދަލުކޮށް ...