• Categories
  • Archives

ބޮޑު ތަފާތަކުން ޓީމް ބާކީ ބަލިކޮށް ފޭދޫ އެފްސީ ސެމީއަށް

ސިޔާ ކަޕުގައި އިއްޔެ ޓީމު ބާކީ އަދި ފޭދޫ އެފްސީ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ފޭދޫ އެފްސީ ކާމިޔާބުކޮށްފިއެވެ.

ފޯރި ގަދަ ވާނެ ކަމަށް ބެލެވުނު މި މެޗު ފަށައިގެން މެޗްގެ ވަރަށް ކުރީކޮޅު  ފޭދޫޓީމުން އެޓީމުން މިމެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ.

ފޭދޫޓީމުން ލަނޑެއް ޖަހާ މެޗްގެ ލީޑު ހޯދިކަމުގައިވިޔަސް  ބާކީޓީމުންވެސް ދޭތެރެ ދޭތެރެއިން ފޭދޫޓީމުގެ ގޯލަށް ނުރައްކާ ކުރަންވަނީ މަސައްކަތް ކޮށްފައެވެ. މިގޮތުން ބާކީ ޓީމުގެ ހަސަންދީދީއަށް ފޭދޫޓީމްގެ ކޮޅަށް ލަނޑު ޖަހަން ވަރަށް ހުސްދެފުރުސަތެއް ލިބި ބޭނުން ނުކުރެވިދިޔަތަން ފެނިގެންގޮސްފައިވެއެވެ. އެފުރުސަތުތައް ބޭނުން  ނުކުރެވި
މިމެޗްގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1 ލަނޑު -0 ގެ ނަތީޖާ އަކުން ފޭދޫޓީމް ކުރި ހޯދައިގެންނެވެ.

އައްމަޓީއާއި ކަޅޭފަދަ މޮޅު ކުޅުންތެރީން ހިމެނޭ ފޭދޫޓީމާއި ޓީމު ބާކީއާއި ދެމެދެ އިއްޔެ ކުޅެވުނު މިމެޗްގެ އޮއިވަރު ބަދަލުވެގެން ދިޔައީ ޓީމު ބާކީގެ ފަހަތަށް ކުޅެމުންދިޔަ އަލީ ނަޒީރުއަށް ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލި ހިސާބުނެވެ.
މިގޮތުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އުމުރުން ދުވަސްވީ ކުޅުންތެރީން ހިމެނޭ ޓީމް ބާކީ ކޮޅަށް ފޭދޫޓީމުން ފަހުހާފްގައިވަނީ 7 ލަނޑު ޖަހާފައެވެ.
އެހެންކަމުން މިމެޗް ނިމިގެންގޮސްފައިވަނީ 8 ލަނޑު 0 ލަނޑުން ފޭދޫ އެފްސީ މޮޅުވެ ގްރޫޕްއޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވިގެންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފޭދޫ އެފްސީގެ އިއްމައެވެ.

މި މެޗުން އެއްވަރުކޮށްލައިގެން ޓީމް ބާކީއަށް ސެމީއަށް ދެވެން އޮތްކަމުގައި ވިޔަސް އެޓީމުގެ މުހިއްމު ދެކުޅުންތެރީންކަމުގައިވާ ރަމްޒީއާއި ގައިސް އިއްޔެ މެޗްގައި ނުހިމެނި އަދި އެޓީމްގެ އަލީ ނަޒީރުއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލަންޖެހުމަކީ މިހާތަފާތުބޮޑުކޮށް މިމެޗުން އެޓީމް ބަލިވި އެއްސަބަބުކަމުގައި ބެލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މިނިވަންކަޕް 2019 : ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެ

މިނިވަންކަޕްގެ ސެމީފައިނަލްމެޗްތައް މިރޭ ކުޅެވޭނެއެވެ. މެރެތަން އިސްކޮށް ހުންނަވައިގެން ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން އިންތިޒާމްކޮށްގެން ކޮމިއުނިޓީ ވިތްއައުޓް ...

ޓީމް ލިޓަސް ޓީމް ގަރާޖު އަތުނެވެސް ބަލިވެއްޖެ

ޖޯލިއަންސް މިކްސް ވޮލީ މުބާރާތުގައި ޓީމް ލިޓަސްއާއި ޓީމް ގަރާޖް ބައްދަލުކުރިމެޗުންވެސް ޓީމް ލިޓަސް ބަލިވެއްޖެވެ. ވާދަވެރި ކުޅުމެއް ...

” އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 “ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި ...

ހިތަދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

މިއަދު ހަވީރު ކުޅެވުނު މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ މެޗުގައި ހިތަދޫ ސްކޫލް ...

ނަބާހާ އާއި ޒަޔާންގެ ޕެއާ އަށް ރަން މެޑަލް!

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން  ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ...

މިނިވަންކަޕް 2019 މިއަދު ހަވީރު ފަށަނީ – ފުރަތަމަމެޗްގައި ޕޮލިސްއާއި މަލްޓިޖީނިއަސް

މެރެތަން އިސްކޮށް ހުންނަވައިގެން ހެލްޕިންގ ސޯޝަލް ކެއާގެ ފަރާތުން އިންތިޒާމްކޮށްގެން ހުޅުދޫގައި ކުރިއަށް ގެންދާ މިނިވަންކަޕް ފުޓްސަލް މުބާރާތް ...