މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި

މީދޫ ބަނދަރު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މީދޫ ބަނދަރު ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރަށްޔިތުންގެ މަޖިލިހުގެ އައްޑޫމީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

މިރަސްމިއްޔާތުގައި އެމްޓީސީސީ ސީއީއޯ ހުސެން ޝާހުގެ އިތުރަށް އެމްޓީސީސީގެ ބައެއް އިސްވެރީންނާއި މީދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ ވެރީންގެ އިތުރަށް މީދޫގެ ގިނައަދަދެއްގެ ރަށްޔިތުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހުސެން ޝާހުވިދާޅުވީ މީދޫދާއިރާގެ މެމްބަރު ރޮޒެއިނާގެ އެއްބާރުލުމާއެކީ ދާއިރާގެ ރަށްޔިތުން ބޭނުންވާގޮތައް ފެންވަރު ރަގަޅު ފުރިހަމަ ބަނދަރެއް އެމްޓީސީސީގެ ފަރާތުން ހައްދަވައި ދެއްވާނެކަމަށެވެ.

މީދޫގެ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ޑިޒައިންކޮށް ޢަމަލީ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރީ މިއަހަރުގެ ޖޫން 23 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުން ނިންމުމަށް މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ 35.43 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީ އިން ބުނީ މީދޫ ބަނދަރު ހަދަނީ 2،480 މީޓަރުގެ ޕޭވްމެންޓަކާއެކު 115 މީޓަރުގެ ބްރޭކްވޯޓާއެއް ހިމަނައިގެން ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ފަޅުން 57،996 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ހިތުގެ ފަރުވާގެ ހިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކާޑިއެކް ހިދުމަތާއި ސީޓީގެ ހިދުމަތް ރަސްމީކޮށް ރޭ ފަށައިފި އެވެ. ކުޅުދުއްފުށީގައި ހުންނަ ހދ ...

ގެއްލުނު ކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަނީ

އައްޑޫ ސިޓީގެ ހިތަދޫން މިދިޔަ ހޮނިހިރު ދުވަހު މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެކުދިން ހޯދުމަށް ރޮބަޓް ބޭނުންކުރަން ...

އައްޑޫގެ މަޝްރޫއުތައް އަވަސްކުރަން، ދުވަސްކޮޅަކަށް އަސްލަމް އައްޑޫ ސިޓީގައި މަޑުކުރައްވަނީ

އައްޑޫ ސިޓީގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް އަވަސްކުރަން ދުވަސްކޮޅަކަށް އައްޑޫ ސިޓީގައި މަޑުކުރަން ނިންމާފައިވާ ކަމަށް ހައުސިން ...