• Categories
  • Archives

އެފްއާރުސީ ޒޯން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަރަދޫފޭދޫ ބްރާންޗްގެ ޓީމް ހޯދައިފި

ފެނަކަ ރެކްރިއޭޝަން ކްލަބް (އެފްއާރުސީ) އިން އިންތިޒާމްކޮށްގެން އެފްއާރުސީ ޒޯން ފުޓްސަލް މުބާރާތުގެ ނަމުގައި ހިތަދޫގައި ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ފެނަކަ މަރަދޫފޭދޫ ބްރާންޗްގެ ޓީމް ހޯދައިފިއެވެ.

މަރަފޫފޭދޫ ބްރާންޗްގެ ޓީމް މިމުބާރާތުގެ ޗެމްޕިއަންކަންހޯދީ އިއްޔެ ހަވީރު ހިތަދޫ ޒުވާނުންގެ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުޅެވުނު ފައިނަލްމެޗްގައި ހުޅުމީދޫ ބްރާންޗްގެ ޓީމާއި ބައްދަލުކޮށް 2 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ. މިމެޗްގައި މަރަދޫ ފޭދޫ ބްރާންޗްގެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ. މިދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މަރަދޫ ފޭދޫބްންޗަށް ކުޅުނު ނިޒާރުއެވެ.

މިމުބާރާތުގެ ފައިނަލުން މަރަދޫފޭދޫޓީމް ޖާގަހޯދީ އެޓީމް ހިމެނުނު ގްރޫޕް ބީގައި ކުޅެވުނު ދެމެޗުން މޮޅުވެ ގްރޫޕް ބީގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ހޮވި ސެމީފައިނަލްގައި މަރަދޫފޭދޫ ބްރާންޗްގެ 2 ވަނަ ޓީމާ ވާދަކޮށް 7 ލަނޑު 1 ލަނޑުން މޮޅުވެގެންނެވެ.

ހުޅުމީދޫޓީމް މިމުބާރާތުގެ ފައިނަލަށް ހޮވުނީ އެޓީމް ހިމެނުނު ގްރޫޕްގައި  ކުޅުނު 3 މެޗްގެ ތެރެއިން 2 މެޗުން މޮޅުވެ އެއްމެޗުން އެއްވަރުވެ އޭ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފަނަލަށް ހޮވި ސެމީފަނަލްގައި ވަރުގަދަ ހިތަދޫ ޓީމާއި ބައްދަލުކޮށް 1 ލަނޑު 0 ލަނޑުން މޮޅުވެގެންނެވެ.

އިއްޔެ ކުޅުނު ފައިނަލްމެޗްގެ ކުޅުން ނިމުމުން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބޭއްވުނެވެ.

މިރަސްމިއްޔާތުގައި ޗެމްޕިއަންޓީމަކަށް ހޮވުނު މަރަދޫ ފޭދޫޓީމާއި މެޑަލް ހަވާލްކޮށްދެއްވީ އެމްޕީއެލްގެ އެމްޑީ ޝާހިދު އަލީއެވެ. އަދި އެޓީމަށް ފެނަކަ އެފްއާރުސީން ހުށަހަޅާފައިވާ ފައިސާގެ ޗެކާއި ޓްރޮފީ ހަވާލްކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދުއެވެ.

ރަނައަޕްޓީމަކަށް ހޮވުނު ހުޅުމީދޫޓީމަށް މެޑަލްއާއި  އެފްއާރުސީން ހުށަހަޅާފައިވާ ފައިސާގެ ޗެކް ހަވާލްކޮށްދެއްވީ ރަށްޔިތުންގެ މަޖިލިހުގެ ފޭދޫދާއިރާގެ މެމްބަރު މުހައްމަދުު ނިހާދެވެ.

މިމުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރީނަނަށް ސެޓެފިކެޓާއި ޓްރޮފީ ހަވާލްކޮށްދެއްވީވެސް ރަށްޔިތުންގެ މަޖިލިހުގެ ފޭދޫދާއިރާގެ މެމްބަރު މުހައްމަދުު ނިހާދެވެ.  މިމުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރީނަނަށް ހޮވިފައވަނީ ހިތަދޫޓީމްގެ އިބްރާހިމް ސާމީ ، މަރަދޫފޭދޫޓީމްގެ އިބްރާހިމް ރިޒްމީ ، ހުޅުމީދޫ ބްރާންޗްގެ މީޒާދު އްބަދުﷲ އާއި އެޓީމްގެ ހަސަންދީދީ ( ލޯންގޭ ) އެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށާ ފައިނަލްމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނު މަރަދޫ ފޭދޫޓީމްގެ އިބްރާހިމް ނިޒާރުއަށް ޓްރޮފީއާއި ސެޓްފިކެޓް ހަވާލްކޮށްދެއްވީ ފެނަކައިގެ އެމްޑީ އަހުމަދު ސައީދެވެ.

މިމުބާރާތުގެ ފެއަރޕްލޭޓީމަކަށް ފުވައްމުލަކު 1 ނަމްބަރު ޓީމް ހޮވިފައިވާއިރު މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ މަރަދޫފޭދޫޓީމްގެ އިބްރާހިމް ނިޒާރެވެ.

ފުވައްމުލަކު ބްރާންޗުން 2 ޓީމް ހިތަދޫ ބްރާންޗުން 2 ޓީމް އަދި މަރަދޫފޭދޫ ބްރާންޗުން ދެޓީމާއި ހުޅުމީދޫ ބްރާންޗުން 1 ޓީމް ބައިވެރިކޮށްގެން ކުރިއަށް ގެންދެވުނު މިމުބާރާތް ފައްޓަވައިދެއްވީ ރަށްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އިއްތިހާދުގައި ނުހިމެނޭ ޕާޓީތަކުގެ މެމްބަރުންނަށް މަޖިލިހުގެ ގޮޑިއެއް ކާމިޔާބު ނުވާނެ- ރައީސް ނަޝީދު

  މިހާރު ރާއްޖޭގައި އޮތީ އިއްތިހާދެއްގެ ސަރުކާރެއްކަމަށާ އިއްތިހާދުގައި ނުހިމެނޭ ޕާޓީތަކުގެ މެމްބަރުންނަށް މަޖިލިހުގެ ގޮޑިއެއް ކާމިޔާބު ނުވާނެކަމަށް ...

މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ސީރިއަސްވެ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެނީ

ކުޑަ ދޯންޏެއްގައި މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ހާލު ސީރިއަސް ވުމުން، ކުޅުދުއްފުށީ ރީޖަނަލް ...

މޫސުން ގޯސް، ކ.އަތޮޅާއި އައްޑޫ ސިޓީއާ ދެމެދަށް އެލާޓް ނެރެފި

ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް ...

އައިޑީކާޑުގެ މުއްދަތު ހަމަވިޔަސް އާސަންދަ ލިބޭގޮތައް ހަދައިފި

“ހުސްނުވާ އާސަންދަ” ސްކީމްގެ ދަށުން އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ ނަމަވެސް އާސަންދަ ހިދުމަތް ލިބޭ ގޮތަށް ހަމަޖައްސައިފި ...

އައްޑޫއާއި ފުވައްމުލަކަށް ވެމްކޯގެ “ކެޕްސް” ޚިދުމަތް ތަޢާރަފްކުރަނީ

އައްޑޫ އާއި ފުވައްމުލައް ސިޓީގައި ވެމްކޯގެ “ކެޕްސް” ޚިދުމަތް ތަޢާރްފަކުރުމަށް ތައްޔާރުވަމުންދާކަމަށް އެ ކުންފުނިން ބުނފިއެވެ. ކޯލް އެންޑް ...

އެސްޓީއޯއިން ދަނޑުވެރިންގެ އުފެއްދުންތައް ގަތުމަށްފަހު އެތަކެތި މާކެޓަށް ނެރެނީ

ރާއްޖޭގެ ދަނޑުވެރިން އުފައްދާ ބާވަތްތައް އެސްޓީއޯއިން ގަތުމަށްފަހު މިއަހަރުގެ ތެރޭގައި މާކެޓަށް ނެރޭނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ...