ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް އިވެންޓުން  ރާއްޖޭގެ ފާތިމަތު ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ރަން މެޑަލް ހާސިލްކޮށްފި އެވެ.

advertisement

މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ބެޑްމިންޓަނުން ރާއްޖެ އަށް ލިބުނު ދެ ވަނަ ރަން މެޑަލެވެ. ފުރަތަމަ ރަން މެޑަލް ހޯދީ މި އަހަރު ޖުލައި މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުން ނަބާހާ އާއި ޒަޔާންގެ ޕެއާ މޮޅުވީ މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާ އަތުންނެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 21-16، 21-19 އިންނެވެ. ގައުމީ ޗެމްޕިއަންކަން ދެ ފަހަރެއްގެ މަތިން ހޯދާފައިވާ ޒަޔާނާއި ނަބާހާގެ ޕެއާ އަކީ މިކްސް ޑަބަލްސްގައި މި ވަގުތު ރާއްޖޭގެ އެއް ވަނަ ޕެއާ އެވެ.

މިއީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔެވެ. އެހެންވެ ޒަޔާނާއި ނަބާހާ ރާއްޖޭގެ ބެޑްމިންޓަނަށް މި ހޯދައިދިނީ ތާރީހީ ކާމިޔާބެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ވެމްކޯއިން ޑަސްބިން ކޮތަޅު ވިއްކަން ފަށަނީ

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުނިއަޅަން ބޭނުންވާ ޑަސްބިން ކޮތަޅު ވިއްކަން ފަށާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ...

އައްޑޫ ސިޓީން އިތުރު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ހޯމަދުވަހުގެ އިރުއޮއްސި ހަޔަކުން ...

ސައިކަލު ކަހާލައިގެން ވެއްޓި މީދޫ ކައުންސިލަރާއި ޑެޕިއުޓީ މޭޔަރަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

އައްޑޫސިޓީގެ ދެ ކައުންސިލަރަކު ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އެ ދެ ކައުންސިލަރުންނަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ މި ...