ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާވެސް ރަން މެޑަލް ހޯދައިފި

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު އަންހެން ޑަބަލްސް ބައިން  ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ރަން މެޑަލް ހާސިލްކޮށްފި އެވެ.

advertisement

ޕާކިސްތާނުގައި މިއަދު ކުޅެވުނު ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެންބައިން   ނަބާހާ އާއި ނަބީހާގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕާކިސްތާނުގެ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާ އަތުން 21-17، 21-13 އިން މޮޅުވެގެންނެވެ.

ނަބީހާއި ނަބާހާ ޕެއާ އަންހެން ބައިގެ ޑަބަލްސް ޗެމްޕިއަންކަން ހޯދިއިރު މިމުބާރާތުގެ މިކްސް ޑަބަލްސް އިން ވެސް ނަބާހާއާއި ޒަޔާންގެ ޕެއާވަނީ ރަންމެޑަލް ހޯދާފައެވެ.  މިކްސް ޑަބަލްސް ބައިން ނަބާހާ އާއި ޒަޔާން ރަން މެޑަލް ހޯދުމާ އެކު ވެގެން ގޮސްފައިވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުނު ފުރަތަމަ ރަން މެޑެއްޔަށެވެ. ޒަޔާނާއި ނަބާހާ ރާއްޖޭގެ ބެޑްމިންޓަނަށް މި ހޯދައިދިން ތާރީހީ ކާމިޔާބަށް ބޮޅެއް އިތުރުވީ އަންހެން ޑަބަލްސް އިން ނަބާހާ އާއި ނަބީހާގެ ޕެއާ ރަން މެޑަލް ހޯދުމުންނެވެ.

ނަބީހާ އާއި ނަބާހާގެ ޕެއާ މިއަދު ހޯދި ރަންމެޑަލާއެކު  އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާ މި ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ ވަނަ މެޑަލް ހޯދަދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

5 އަހަރު ނިމުނުއިރު ފެނަކައިގެ ދަރަނި 4.1 ބިލިއަނުގައި، ކުންފުނި އޮތީ އޮޕްރޭޝަނަށް ބުރޫ އަރާ ހާލަތުގައި

ފާއިތުވި އިތުވި ފަސް އަހަރު ތެރޭގައި ފެނަކައިގެ ދަރަނި 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ކުންފުނީގެ ...

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރއަކަށް ނަޝީދު

އޭޝިއާ ޕެސިފިކް ޑިމޮކްރެޓިކް ޔޫނިއަންގެ ޗެއަރމަނަކަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުވެވަޑައިގެންފިއެވެ. ރައީސް ނަޝިދު އެ މަޤާމަށް ...

ރާއްޖޭގެ ކަންކޮޅުތަކުގައި ޓެސްޓުކުރަންވެއްޖެ: ޣައްސާން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ބައްޔަށް ޓެސްޓުކުރަން ފެށުމަށް ރައްޔިތުން މަޖިލިހުގެ ކޮޅުމަނޑުލު ގުރައިދޫ ދާއިރާ މެންބަރު ޣައްސާން ...