” އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 “ގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަނީ

އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙް އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އައްޑޫސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖައްސައިފިއެވެ.

advertisement

” އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 ” ގެ ނަމުގައި ބޭއްވުމަށް ހަމައޖެހިފައިވާ މިމުބާރާތް ފެށުމަށް ސިޓީ ކައުންސިލުން ހަމަޖައްސަވާފައިވަނީ  26 ޑިސެންބަރު 2019 ގައެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާން  އެދޭ  ޓީމްތަކަށް 17 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުން ފެށިގެން އައްޑޫސިޓީ ކައުންސިލްގެ އިދާރާ އިތުރަށް ހުރިހާ އަވަށު އޮފީސްތަކުންނާއި އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމް  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިބޭގޮތައް ސިޓީ ކައުންސިލުންވަނީ ހަމަޖައްސަވާފައެވެ.

ވީމާ، ” އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް 2019 ” މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ކުލަބް ޖަމްޢިއްޔާތަކުގެ ޓީމްތަކުން  ފޯމު ފުރިހަމަ ކުރައްވައި 01 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްއަށް ހުށަހެޅުއްވުމަށް އައްޑޫސިޓީކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން މުބާރާތުގެ އޯގަނައިޒިންގް ކޮމިޓީގެ މެމްބަރު އަޙުމަދު ވަހީދު (7859566) އަށް ގުޅުއްވުން މުބާރާތާ ބެހޭ މައުލޫމާތު ސާފްވެވަޑައިގަންނަވާގޮތައްވެސް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާވާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ މަސް ފެކްޓްރީގައި ޖާގަ ނެތުމުން، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވަން ކޫއްޑޫއަށް ދިޔުމަށް މިފްކޯއިން އެދިއްޖެ

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބްރައިން ޓޭންކު މަރާމާތު ކުރުމުގެ މަސައްކަތެއް ކުރެވެމުންދާތީ، ބޮޑެތި ދޯނި ފަހަރުތަކުން މަސް ކިރުވުމަށް ...

ކޯވިޑް-19 : މިއަދު 148 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 148 މީހުން މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޢަދަދު 4594އަށް އިތުރުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ ...

ގަންބުރު ޗެލެންޖް 2018

ގައުމުއެފްސީއާއި ޕޮލިސް ބައްދަލުކުރިމެޗް ގަންބުރި ޖެލެންޖް 2018 ގެ ނަމުގައި މިހާރު މީދޫގައި ކުރިއަށްދާ ފުޓްބޯޅަ މުބާރާތުގައި ގައުމު ...