އައްޑޫސިޓީ މީދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި

އައްޑޫސިޓީ މީދޫ އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އައްޑޫސިޓީން އިއުލާންކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލްގެ އިއުލާނުގައިވާގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 17 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 21 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންނާއި، އަވަށުއޮފީސްތަކުން ގަންނަން ލިބެން ހުންނާނެއެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00ރުފިޔާ އެވެ.

advertisement

މި މަސަތްކަތާއި ގުޅޭ މައުލޫމާތު ސެޝަނެއް 24 ނޮވެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އައްޑޫސިޓީ ކައުންސިލްގެ ކޮންފަރެންސް ހޯލުގައި އަދި މީދޫ އަވަށުއޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 28 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކައުންސިލް އިދާރާގެ ހޯލުގައި އަދި މީދޫ އަވަށު އޮފީހުގައެވެ.

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 18 ނޮވެންބަރު 2019 ވާ ހޯމަ ދުވަހުން ފެށިގެން 26 ނޮވެންބަރު 2019 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު ތިރީގައިވާ އެޑްރެހަށް މެއިލްކޮށްދެއްވުމަށް ސިޓީ ކައުންސިލްގެ އިދާރާގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.  މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 27 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ސިޓީ ކައުންސިލުން ފޮނުވާނެކަމަށްވެސް ސިޓީކައުންސިލްގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

މިމަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށްވެސް ސިޓީކައުންސިލުގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

އީމެއިލް: procurement@adducity.gov.mv

ކޮޕީ :  project@adducity.gov.mv

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެ

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެއެވެ. އުމުރުން 32 އަހަރުގެ ވިލިއަމް  އާސެނަލަށް ...

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ތުރުކީ ވިލާތުގެ ފިރިހެނަކު ހޮވިއްޖެ

މި އަހަރު ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓު މިއަދު ރާއްޖެ އަތުވެއްޖެވެ. މި އަހަރު ރާއްޖެ ...

ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ޝަމްސުއްދީން ސްކޫލްގެ ޖޫނިއަރ ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުން ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ކެޑޭޓުން އިގުރާރުވުމާއި މަގާމުގެ ކުރިއެރުންދިނުން ...