ކުޅިވަރުގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެ: މަހުލޫފް

ކުޅިވަރުގެ ދާއިރާގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެކަމަށާއި އެއީ މި ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންތައްތަކެއްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

advertisement

ހދ އަތޮޅު ބައެއް ރަށްތަކަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ކުޅުދުއްފުއްޓަށް ވަޑައިގަތް، ރޭ ކައުންސިލާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އުތުރަށް ބަލާއިރު ކުޅުދުއްފުއްޓަކީ މުހިންމު ސެންޓަރެއް ކަމަށާ، މިއީ ވަރަށް ބޮޑު ސަމާލުކަމެއް ދޭ ރަށެއް ކަމަށެވެ. އެއީ ހަމައެކަނި ކުޅުދުއްފުއްޓަށް އެކަނި ބަލާފައި ހިންގާ ކަންތައްތަކެއް ނޫން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

“މި ރީޖަންއަށް ބަލާއިރު އެންމެ މުހިންމުއެއް ސެންޓަރު މިއީ. އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަމެއް ދީގެން ކުޅުދުއްފުއްޓަށް ގިނަ ކަންތައްތަކެއް (ކުޅިވަރުގެ) ގާއިމުކުރެވިގެންދާނެ. އެއީ ހަމައެކަނި ކުޅުދުއްފުއްޓަކަށް އެކަންޏެއް ނޫން މިސަރަހައްދަށް އަމާޒުކޮށްގެން ކުރެވޭ ކަންތައްތަކެއް ވީމަ.” މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަހުލޫފް ކުޅުދުއްފުއްޓަށް ވަޑައިގަންނެވި މި ދަތުރުފުޅުގައި ވަނީ ސްޓޭޑިއަމްގެ ހާލަތު ބައްލަވާލައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ސްޓޭޑިއަމްގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާ ވީ އެންމެ އަވަހަކަށް އެތަނުގެ ބޮޑު މަރާމާތެއްކުރާނެ ކަމަށެވެ. މަރާމާތުކުރަން ބޭނުންވާ މައުލޫމާތުތައް ކައުންސިލުން ނަގައި އެކަން ވީހާވެސް އަވަހަކަށް މިނިސްޓްރީއަށް ފޮނުވާދިނުމަށް މަހުލޫފް އެދިލެއްވި އެވެ.

މަހުލޫފް ވިދާޅުވީ، ސްވިމިންގ ޓްރެކާއި ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ސިންތަޓިކް ޓްރެކެއް ކުޅުދުއްފުށީގައި ގާއިމްކޮށްދެއްވާނެކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ޔޫތު މިނިސްޓްރީގެ ދާއިރާގެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާ މަޝްވަރާކުރައްވާފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބްރިޖާއި އެއާޕޯޓު ތަރައްޤީކުރެވި ފަތުރުވެރިކަން ފުޅާވެ އަދި ސީޕްލޭން ހަބާއެކު އޭގެ މަންފާ ރައްޔިތުންނަށް ލިބޭނެ – ރައީސް ޑރ. މުއިއްޒު  

އައްޑޫސިޓީ ހުޅުދޫ މީދޫ ބްރިޖާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމާއި ފަތުރުވެރިކަން ފުޅާކުރުމާއި އަދި ސީޕްލޭން ހަބެއް ބިނާކުރުމުގެ ...

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމުގެ ފަތްކޮޅު ޝަރީފަށް ރައީސް އަރުވައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އަހުމަދު ޝަރީފު ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފިއެވެ. ޝަރީފު މެންބަރު ...

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ޙުކުމް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ...