• Categories
  • Archives

ކުށް ސާބިތުވެ ޔާމިން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑާ ކުރި ކަމުގެ ދައުވާ ސާބިތުގެ ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފި އެވެ.

advertisement

އެގޮތުން 28 ނޮވެމްބަރ 2019 ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި އެމްއެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ ހޯދަންޖެހޭ ކަމާއި، ރައީސް ޔާމީންގެ އެކައުންޓަށް ޖުމްލަ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ ޗެކަކުން ފައިސާ ޖަމާކޮށްފައިވާކަން ފާހަގަކޮށް  އެ ފައިސާއިން މަންފާ ހޯދުމަށް އެމްއައިބީގައި އޮންނަ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަށް ޓްރާންސްފާ ކޮށްފައި، އެސްކްރޯ އެކައުންޓަށް ޖަމާކުރި ފައިސާއަކީ އެހެން ފަރާތެއް މެދުވެރިކޮށް ހޯދި ފައިސާކަމާއި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ދައުވާ ލިބޭ ފަރާތަށް އެނގޭ  ކަމަށް ޝަރީއަތުން ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އެ ފައިސާއަކީ ކެމްޕެއިން ފައިސާ ނޫންކަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހެކިބަހުން ވެސް އެނގޭ ކަމަށާއި އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމާއި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން އޭސީސީން ދައުވާލިބޭ ފަރާތަށް އަންގާފައިވާކަމަށް ވެސް ޝަރީއަތުން ވަނީ ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ފަރާތުން ކޯޓުގައި އެދުނީ ރައީސް ޔާމީނަށް ގާނޫނުގައި އޮތް އެންމެ ކުޑަ އަދަބު ދިނުމަށެވެ. އެއީ ފަސް އަހަރުގެ ޖަލު ހުކުމެކެވެ. އަދަބާބެހޭ ގޮތުން ދިފާއުންވަނީ އެސްކްރޯ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބިފައިވާ ފައިސާކަމަށް ކަނޑައަޅައި ދެއްވައި އިތުރު ޖޫރިމަނާއެއް ކަނޑަނޭޅުންމަށް އެދިފަ އެވެ. އަދި ކުރިއަށް އޮތީ ހަފްތާ ބަންދު ކަމަށްވެފައި 28 ނޮވެމްބަރ 2019 ވަނަ ދުވަހު އަދަބު ކަނޑައަޅައިފިނަމަ އިސްތިއުނާފުކުރުން ފަދަ ގިނަ ހައްގުތަކެއް ގެއްލިދާކަމަށްވެސް ދިފާއުން ފާހަގަ ކުރެއްވި އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

“ކޯސްޓަލް ކްލީންއަޕް ޑޭ” ގެ ހަރަކާތް މީދޫގައި ކުރިއަށް ގެންގޮސްފި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ “ކޯސްޓަލް ކްލީންއަޕް ޑޭ” ގެ ހަރަކާތް އިއްޔެ މީދޫގައިވެސް ކުރިއަށް ގެންގޮސްފިއެވެ. ނަލަފެހި ޖަމްއިއްޔާއިން ...

ދޭހަ އުނގެނެން ފެށި ދަތުރު

ޖާހިލު އަތްއަތް މަތީން ހިލެމުން އައި ލިއުމެއް އަތަށް އެރިއެވެ. ސްކޫލު ނިޒާމަށް ގެނެވޭ ބަދަލު ހިއްސާކުރުމަށް އެޑިޔުކޭޝަން ...

އުމުރުން ދުވަސްވީ މީހުންގެ ދުވަސް މީދޫގައި ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި މީދޫ ކޯގަންނު ގްރޫޕާއި ސިއްހީމަރުކަޒާ ގުޅިގެން ޚާއްސަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސފިއެވެ. ...

ފޮޓޯ: އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި 1 އޮކްޓޯބަރ 2019 ...

ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. މިއެކްސިޑެންޓާބެހޭގޮތުން ...

އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ – ރައީސް

އިދިކޮޅު ސިޔާސީ ލީޑަރުންނަށް ކޮރަޕްޝަންގެ ވާހަކަ ނުދެއްކޭނެ ކަމަށާއި އެބޭފުޅުންނަށް އެވާހަކަ ދެއްކޭނަމަ ރާއްޖަށް ދިމާވި ކޮރަޕްޝަންގެ އެންމެ ...