މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުމީދޫގައި ހުޅުވައިފި

މޯލްޑިވްސް އިންލަޑް ރެވެނިއު އޮތޯރިޓީ ( މީރާ ) ގެ ކަލެކްޝަން ސެންޓަރެއް ހުޅުމީދޫގައި  މިއަދު ހުޅުވައިފި އެވެ. މިއަދު ހުޅުވުނު މިއޮފީހުން އެންމެ ފުރަތަމަ ޚިދުމަތް ހޯދާފައިވަނީ ސ. ހުޅުދޫ ތަޑިރަންމާގޭ ސައިދާ މުޠީއުއެވެ.

ހުޅުމީދޫ ކަލެކްޝަން ސެންޓަރުގެ ސަބަބުން ހުޅުމީދޫގައި  ދިރިއުޅުއްވާ ފަރާތްތަކަށް މީރާގެ ހިދުމަތް ފަސޭހަކަމާއެކު ގާތުން ލިބޭނޭ މަގު ފަހިވެގެން ދާނެކަމަށް މީރާއިން ވަނީ ހާމަކޮށްފައެވެ.

ހުޅުމީދޫ އެސްޓީއޯ ބިލްޑިންގ ގެ ދެވަނަ ފްލޯގައި  ގާއިމްކުރެވިފައިވާ މި އޮފީހުން މީރާގެ މައި އޮފީހުން ދެމުންދާ ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެއެވެ.

އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި ޓެކްސް ބަޔާންތައް ބަލައިގަތުމާއި ޓެކުހުގެ ފައިސާއާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށް މީރާއިން ހާމަކުރެއެވެ.

ތިރީގައިވަނީ އެވަނީ މިއަދު ހުޅުވުނު މީރާ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ނެގިފައިވާ ފޮޓޯތަކެއް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޯވިޑް-19 : ގޭގައި ކަރަންޓީންވުމަށް ތައްޔާރުވޭ

ރާއްޖެއިން ކޯވިޑް-19 ފެނި ބަލި ފެތުރެމުންދާ ގޮތާއި، ބަލިޖެހޭ މީހުންނާއި، އެމީހުންނާއި ސީދާ ދިމާވާ މީހުންގެ އަދަދަށް ބަލާއިރު ...

މިއަދު އިތުރު 5 މީހުން ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިއަދު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް 5 މީހަކު ޕޮޒިޓިވްވެއްޖެވެ.   މައުލޫމާތު ލިބިފައިވާގޮތުގައި މިއަދު ޕޮޒިޓިވް ...

ވެރިންގެ ތެރެއިން ޤައުމުގެ ޙައްޤުގައި ބަސްބުނީ ރައީސް ޔާމީން އެކަނި – މިނިސްޓަރ ސައީދު

ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ބަސް ބުނަން ކެރުނު ހަމައެކަނި ވެރިއަކީ ...