ބާސެލޯނާ ބަލިވެ ޕޮއިންޓް ޓޭބަލްގެ 1 ވަނަ މަގާމް ގެއްލުމުގެ ފުރުސަތު ބޮޑުވެއްޖެ

2007 ވަނަ އަހަރަށްފަހު ވެލެންސިޔާގެ ދަނޑުގައި ވެލެންސިޔާއަތުން ބާސެލޯނާ ބަލިވެއްޖެވެ. ސްޕެނިޝް ލީގުގައި ވެލެންސިއާގެ ދަނޑުގައި ރޭ ވެލެންސިޔާއަތުން  2 ލަނޑު 0 ލަނޑުން  ބާސެލޯނާ ބަލިވުމާއެކު ބާސެލޯނާ އަށް ލީގުގެ އެއް ވަނަ ގެއްލުމުގެ ފުރުސަތުވަނީ ބޮޑުވެފައެވެ.

ރޭ ބާސެލޯނާ ބަލިވުމާ  ބާސެލޯނާއަށްވުރެ އެއްމެޗު މަދުން ކުޅެފައިވާ  ރެއާލް މެޑްރިޑް މިރޭ ކުޅޭމެޗުން  އެއްވަރުވިޔަސް ލީގުގެ އެއް ވަނަ ރެއާލްއަށް ލިބިގެންދާނެއެވެ.

ރޭގެ މެޗްގައި ވެލެންސިއާ އަށް ފުރަތަމަ ހާފުގައި ލީޑުނަގަން  ލިބުނު ފުރަތަމަ ފުރުސަތުގައި އެޓީމަށް ލިބުނު  ޕެނަލްޓީ  އަކުން މެކްސީ ގޯމޭޒް ފޮނުވާލި ބޯޅަ ބާސެލޯނާގެ ކީޕަރު އަންދްރޭ ސްޓެގެން ވަނީ ދިފާއުކޮށްފައެވެ.  މިއީ ވެލެންސިއާގެ ގާޔާ އަށް ބާސެލޯނާގެ ޕީކޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މިމެޗްގައި ވެލެންސިޔާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ވެލެންސިޔާގެ ގޮމޭޒް ނަގައިދިން ހުރަހެއް ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާގެ ގައިގައި ޖެހި ބައިކޮޅަށް ވަދެގެން ކާމިޔާބުކުރެވުނު  ލަނޑެކެވެ. ޖޯޑީ އަލްބާއަތުން ބައިކޮޅަށް ވަން ލަނޑަށްފަހު ބާސެލޯނާގެ ކުޅުން ވަރަށް ބޮޑުތަން ރަގަޅުކޮށް  ގިނަ ހަމަލާތަކެއް އުފެއްދޭތޯ އެޓީމުން މަސައްކަތް ކުރި އެވެ. މިގޮތުން އެޓީމުގެ މެސީ ރޭގެ މެޗްގައިވަނީ   ގިނަ ބޯޅަތަކެއް  ވެލެންސިޔާގެ ގޯލަށް ފޮނުވާލާފައިވެއެވެ.   އެެހެން ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ގޯލަކަށް ވަންނަ ގޮތެެއް ނުވިއެވެ.

ކައުންޓާ އެޓޭކިންގް ފުޓުބޯޅަ  ކުޅެމުންދިޔަ ވެލެންސިއާ އިން ރޭގެމެޗުގެ ކާމިޔާބުކުރި ދެވަނަ  ގޯލު ކާމިޔާބުކުރީ  މެޗުގެ 77 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީވެސް ފުރަތަމަ ގޯލްވެސް ކާމިޔާބުކުރުމަށް އެހީވި ގޯމޭޒް އެވެ.

ރޭގެ މެޗުން ބަލިވި ބާސެލޯނާއަށް  21 މެޗު ކުޅެގެން 43 ޕޮއިންޓް ލިބިފައިވާއިރު  މިރޭ ރެއާލް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ރެއާލަށް 46 ޕޮއިންޓް ލިބި  ބާސެލޯނާ ދެވަނައަށް ވެއްޓޭނެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމުގެ ޕްރޮޖެކްޓެއް ބީ.އެމް.އެލްއިން ތަޢާރަފްކޮށްފި

“ސިޓީ ބައިކް” ނަމުގައި ހުޅުމާލޭގައި ބައިސްކަލު ކުއްޔަށް ދޫކުރުމުގެ ޕްރޮޖެކްޓް ތައާރަފްކޮށް ހިންގުމަށް ބޭންކް އޮފް މޯލްޑިވްސް އާއި ...

ކޮވިޑް-19 : 112 ދިވެހީންނާއެކު އިއްޔެ ބަލި ޖެހުން މީހުންގެ ޢަދަދަކީ 125

ރާއްޖެއިން އިތުރު 125 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް 19 އަށް  ޕޮޒިޓިވްވި މީހުންގެ ...

އޭޑީޕީގެ ދަށުން އައްޑޫސިޓީ އިގްތިސާދީ ވަރުގަދަ ހަބަކަށް

އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭޑީޕީ)ގެ ދަށުން އައްޑޫ ރެކްލެމޭޝަން ޕްރޮޖެކްޓު ފެށުމަށް ނިންމާ، މަޝްރޫއުގެ ތަފްސީލު ހާމަކޮށްފިއެވެ. އައްޑޫ ...