އައްޑޫ ސިޓީގެ ޓޫރިޒަމަށް އިންޑިއާއިން 2.49 މިލިއަން ޑޮލަރު އިންވެސްޓް ކުރަނީ

advertisement

އައްޑޫސިޓީގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކޮށްފި އެވެ. މި މަޝްރޫއުގެ އަގަކީ، 2.49 މިލިއަން ޑޮލަރެވެ.

އޭގެ އިތުރުން ހއ. ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓެއް އެޅުމަށްވެސް ދެގައުމުން ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެ މަޝްރޫގެ އަގަކީ، 51،900 ޑޮލަރެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެމްއޯޔޫތަކުގައި ސަރުކާރު ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އަދި އިންޑީއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ހައި ކޮމިޝަނާ ސަންޖޭ ސުދީރު އެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ޓުއަރިޒަމް ތަރައްގީކުރުމުގެ އެމްއޯޔޫގެ ދަށުން އައްޑޫ ސިޓީގެ ފަސް ސަރަހައްދެއްގައި ފަސް އިކޯ ޓޫރިޒަމް މަޝްރޫއު ހިންގާނެ ކަމަށެވެ. އެގޮތުން ހިތަދޫ، ފޭދޫ، ހުޅުދޫ، މީދޫ އަދި ހުޅުދޫގައި މަޝްރޫއުތައް ހިންގަމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“މި މަޝްރޫއާއެކު ތަރައްގީ ކުރެވޭ ޒޯންތަކަކީ ޓުއަރިޒަމް ދާއިރާއަށް އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިންވެސްޓް ކުރުމަށް އާ ހިތްވަރެއް ލިބި، އެ ސިޓީގެ ސިނާއީ ތަރައްގީއަށް ކުރިއެރުން ލިބޭނެ ކަމެއް،” މިނިސްޓަރު ވިދާޅުވި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިތުރު 12 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 12 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ އައްޑޫ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުން އިއްޔެ އައްޑޫސިޓީން ...

ދެބެއިން ސީ ލައިސަންސް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފި

މީދޫގެ ދެފަރާތަކުން ފުރަތަމަ ފަހަރަށް ފުޓްބޯޅަ ކޯޗިންގެ ސީލައިސަން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފިއެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ...

ސީޕީ އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިކަން ހާމަކުރައްވާ ފުލުހުން ވިދާޅުވީ ...