• Categories
  • Archives

ޗައިނާގެ ވޫހާންގައި ތިބި ދިވެހިން ދިއްލީއަށް ގެންގޮސްފި

advertisement

ކޮރޯނާ ވައިރަސް އެންމެ ގަދައަށް ފެތުރި، ބަންދުކޮށްފައި އޮތް ޗައިނާގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އިންޑިއާގެ ނިއުދިއްލީއަށް ގެންގޮސްފިއެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ދިވެހީންވެސް ހިމެނޭ ގޮތަށް އިންޑިއާ މީހުންނާއެކު ނިއުދިއްލީއަށް ގެންދިޔަ ހުރިހާ އެންމެން ދިއްލީ ކައިރީގައި އޮންނަ މަނޭސާރުގައި އެގައުމުގެ އަސްކަރިއްޔާއިން ގާއިމުކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ވަކި މުއްދަތެއް ވަންދެން ބައިތިއްބާނެއެވެ. އަދި ހަތް ދިވެހީންގެ ހާލުވެސް ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކޮރޯނާވައިރަސް ޗައިނާގެ ހުރިހާ ޕްރޮވިންސަކުންވެސް މިހާރު ފެނިފައިވާ އިރު، އެހެން ސިޓީތަކުގައި ތިބި ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފޮރިން މިނިސްޓްރީން ޗައިނާ ސަރުކާރާ މަޝްވަރާކުރަމުންދާ ކަމަށާއި، އެ ހުރިހާ ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކޮށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދެއްވާކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވިދާޅުވީ ރާއްޖޭގައި ތިބި ޗައިނާގެ އެތައް ހާސް ޓޫރިސްޓުންނެއް އެނބުރި ގައުމަށް ދިއުމާއި ހަތް ދިވެހީން ވޫހާންއިން ނުކުތުމުގެ ކަންކަން އިންތިޒާމުކުރުން ފަދަ ކަންކަން ކުރަމުން ދަނީ ޗައިނާއާ ރާއްޖެއާ ގުޅިގެން ކަމަށެވެ.

ވޫހާންގައި ނުވަ ދިވެހީން ތިބި އިރު އޭގެ ތެރެއިން އިންޑިއާއަށް ގެނެސްފައިވަނީ ހަތް މީހުންނެވެ. ދެ މީހަކު ވޫހާންގައި މަޑުކުރުމަށް ނިންމީއެވެ. ޗައިނާ ސަފީރު ވިދާޅުވީ އެ ދެ މީހުންނަށް ޗައިނާ ސަރުކާރުން ރަނގަޅަށް އަޅާލައި، އެމީހުންގެ ހާލު ގާތުން ބަލާނެ ކަމަށެވެ.

ނިއުދިއްލީއަށް ދިވެހީން ގެންދިޔަ އެއާ އިންޑިއާ ފްލައިޓަކީ ވޫހާންގައި ތިބި އިންޑިއާ މީހުން އެނބުރި ގައުމަށް ގެންދިއުމަށް ފޮނުވި ދެވަނަ ފްލައިޓެވެ. އެ ފްލައިޓުގައި ހަތް ދިވެހީންގެ އިތުރުން 323 އިންޑިއާ ރައްޔިތުން ދިއްލީޢަށް ގެނެސްފައިވެއެވެ.  އިއްޔެވެސް އިންޑިއަން އެއާލައިންސް ފްލައިޓެއްގައި 324 އިންޑިއާ ރައްޔިތުން ވޫހާންއިން ނެރެ، ދިއްލީއަށް ގެނެސްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

މެންބަރުން އަމިއްލައަށް ފިކުރު ބަދަލުކުރެވޭ ގޮތަށް ގާނޫނު އޮވެގެން ނުވާނެ: ނަޝީދު

ރައްޔިތުން ވަކި ފިކުރެއްގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރުމުން މެންބަރުން އަމިއްލައަށް ފިކުރު ބަދަލުކުރެވޭ ގޮތަށް ގާނޫނު އޮވެގެން ނުވާނެކަމަށް ...

އެންވައިރަމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ނަލަފެހި ޖަމްއިއްޔާގެ އޮފީސް ހުޅުއްވައިދެއްވައިފި

މީދޫ ނަލަފެހި ޖަމްއިއްޔާގެ އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމއިްޔާތު މިއަދު ބާއްވައިފިއެވެ. ބޯކޮށް ވެހެމުންދިޔަ ވިއްސާރައިގެ ތެރޭގައި ބޭއްވުނު ...

“އެންމެނަށް ހިޔާ ޔަޤީން” ގެ ނަމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މާދަމާރޭ

“އެންމެނަށް ހިޔާ ޔަޤީން” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް 10 ސެޕްޓެމްބަރު ވާ ...

ފޭދޫ އެކްސިޑެންޓުގައި އަނިޔާވި މީހާ މާލެ ފޮނުވާލަނީ

ފޭދޫ ބޮޑު މަގުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާ މާލެއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ...

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލަ އިސްތިއުނާފްކޮށްފި

ރައީސް ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓްގައި އިސްތިއުނާފްކޮށްފިއެވެ. ރައީސް ޔާމީންގެ އެކައުންޓްތަކުން ...

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ ...