ސިޔާސީ ބާރުވެރިކަން ޒުވާނުންނަށް ހޯދައިދިނުމަކީ މުހިއްމުކަމެއް

advertisement

މީދޫ  އެމް.ޑީ.ޕީ މެމްބަރުންނަކީ ސިޔާސީގޮތުން “ތަޞައްރަފު” ފުދިފައިވާބަޔެކެވެ. އެކަން އެމީހުން ސާބިތުކޮށްދީފައިވަނީ ވާދަވެރި އެމްޑީޕީ ޕްރައިމަރީގައި ކައުންސިލަށް ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް  ބޭއްވުނު  ޕްރައިމަރީގައި  އިތުރު މައްސަލަތަކަކާނުލައި މީދޫ އެމް.ޑީ.ޕީގެ މެމްބަރުން އެމީހުންނަށް ފެންނަ ގޮތް ނިންމާފައިވާތީއެވެ.

ޒާތީ ޙަޞަދައާއި ތަޢައްޞުބުން އެކަހެރިވެގެންނެވެ. އެންޓި-ކެމްޕެއިންގެ އެންމެހާ ނާތަހުޒީބީ ގޮތްތައްވެސް ދޫކޮށެވެ. ބޭނުންވީ ޕާޓީގެ މަސްލަޙަތު ހިމާޔަތްކުރުމެވެ. ޕްރައިމަރީކަމުގައި ވިޔަސް  ވާދަކުރަން އައު މެމްބަރުންނަށް  ހިތްވަރު ލިބި، ރޭހަށް އައު މެމްބަރުން  ، “ކެރޭނެ، ކުރެވޭނެ، ކުރާނަން”  މިޝިއާރުގެ ދަށުން ނިކުތީ އައު މެމްބަރުންވެސް ޕާޓީގެ މެމްބަރުން އެކަހެރި ނުކުރާނެކަމުގެ ޔަގީންކަން އެމީހުންނަ ލިބިގެންނެވެ.

މީދުއަކީ  ނިޞްބަތުން ތަޢުލީމީ ޒުވާނުން ގިނަ ރަށެކެވެ. ޒަމާނުންސުރެން ފެށިގެން ކާބަފައިން ތަޢުލީމަށްޓަކައި އިންދި އޮށްތައް މިޢަދު މިވަނީ މުޖުތަމަޢު އަށް ދިރުން ގެނެސްދޭ އަލި ދަންމަރު ތަކަކަށްވެފައެވެ. ތަރުބިއްޔަތާއި އަޙުލާޤު މިވަނީ މީދޫގެ މުޖުމަތަޢުގެ ހާއްޞަ ސިފައެއްގެ ގޮތުގައި ބެލެވިފައެވެ. އުފެދި ބޮޑުވަމުން އަންނަ މީދޫގެ މުޖުތަމަޢުގެ ޒުވާނުން ވީހާވެސް ގިނައިން ސިޔާސީ ކަންކަމުގައި ބައިވެރިކުރުމަކީ އިޖްތިމާޢީ ބޮޑެތި މައްސަލަތަކަށް އޮތް ޙައްލެއްކަމުގައި ދެކެމެވެ.

ތަޢުލީމީ ޒުވާނުންނަށް ސިޔާސީ ފުރުޞަތުތައް ތަނަވަސްކޮށްދީ ސިޔާސީ ބާރުވެރިކަން ޒުވާނުންނަށް ހޯދައިދިނުމަކީ މުހިއްމުކަމެއްކަމުގައި ދެކެމެވެ. ޒުވާނުން ތިބީ، ރަށަށާއި، އަތޮޅަށާއި އަދި ޤައުމަށް ޚިދުމަތްކުރަން ލިބޭ ކޮންމެ ފުރުޞަތެއްގެވެސް ބޭނުން ކުރާށެވެ. އެ މީހުންގެ އުއްމީދުތައް އާލާކުރަމުންނެވެ. ނަމަވެސް، ހިތާމައަކީ، އަޅުގަޑުމެންގެ މިމުޖުތަމައުގައި   މިފަދަ ޒުވާނުން ގެ “ހަކަތަ”އިގެ ފަންވަރާއި ބުންވަރު އަންދާޒާކުރެވޭ ގިނަ މީހުން ތިބިކަމުގައިވިޔަސް  އެކަން ޤަބޫލުނުކުރެވޭ މަދުބަޔަކު އަޅުގަޑުމެންގެ ތެރޭގައި ތިބުމެވެ. ނަމަވެސް، އެއީ މައްސަލައެއް ނޫނެވެ.

މިވާހަކަތައް އިތުރަށް ތަކުރާރު ކުރުމުގެ ބޭނުމެއް ނެތެވެ. އެހެނެއްކަމަކު، ސިޔާސީ ބާރުވެރިކަން ޒުވާނުންނަށް ހޯދައިދިނުމަށް މީދޫގެ އެމް.ޑީ.ޕީ މެމްބަރުން ނިންމި ނިންމުމަށް މަރުޙަބާ ކިޔަމެވެ. އަދި ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ފަރާތަށް ހިތްވަރު ދެމެވެ. އެބޭފުޅާގެ އިހްލާޞްތެރި މަސައްކަތްތައް އެމް.ޑީ.ޕީ ގެ މެމްބަރުންނާއި ރައްޔިތުން ބަލައިގަންނާނެކަމަށް ދެކެމެވެ. ސިޔާސީ ހަރަކާތުގައި ކޮންމެ މީހަކީވެސް މުހިއްމު މީހެކެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކުޅިވަރުގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެ: މަހުލޫފް

ކުޅިވަރުގެ ދާއިރާގެ ގިނަ ކަންތައްތަކެއް ކުޅުދުއްފުއްޓަށް ލިބިގެންދާނެކަމަށާއި އެއީ މި ސަރަހައްދަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންތައްތަކެއްކަމަށް ޔޫތް މިނިސްޓަރު ...

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 153 މީހުން – އޭގެ ތެރޭގައި ދިވެހީންގެ 116 މީހުން ހިމެނޭ

ރާއްޖެއިން އިތުރު 153 މީހަކު މިއަދު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 148 ...

ސްރީލަންކަންގެ ސީދާ ދަތުރުތައް އައްޑޫއަށް ފަށައިފި

ސްރީލަންކަން އެއާލައިންސް އިން ލަންކާގެ ކޮލަމްބޯއާއި ގަމާއި ދެމެދުގައި ކުރަމުން އައި ދަތުރުތައް ހުއްޓާލާފަ އޮތުމަށްފަހު އެ އެއަރލައިންސްގެ ...