ވަކި ރަށަކަށް ނިސްބަތްވުމަކީ މޮޅުކަމެއް އަދި ދެރަކަމެއްވެސް ނޫން: އުގެއިލް

 

advertisement

ދިވެހިރާއްޖޭގެ ވަކި ރަށަކަށް ނިސްބަތްވުމަކީ މޮޅުކަމެއް އަދި ދެރަކަމެއް ނޫންކަމަށް މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

އުގެއިލް މިހެން ވިދާޅުވީ އުގެއިލް ކުރެއްވި ޓްވީޓެއްގައެވެ.

ޕްރޮފެސަރ އުގެއިލް ވިދާޅުވީ ދިވެހިންނަކީ އެއްބައެއްކަމަށާއި ވަކި ރަށަކަށް ނިސްބަތް ވުމަކީ ވަކި މޮޅުކަމެއް ނޫންކަމަށާ އަދި ވަކި ދެރަކަމެއް ވެސް ނޫންކަމަށެވެ.

“އެކުވެރިކަމަކީ އަބަދު ވެސް ގަދަފަދަ ބާރެއް. އެއާ ހިލާފަށް ވަކިވެގަތުމަކީ ނިކަމެތި ކަމެއް”، އުގެއިލްގެ ޓުވިޓާގައި ވިދާޅުވެފައިވެއެވެ.

އުގެއިލް މިހެން ވިދާޅުވެފައިމިވަނީ މާލޭގެ ގެދޮރުވެރިކަމުގެ މައްސަލައާއި ފަލަސްތީނުގެ ހާލަތާއި އެއްވަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވުމާއި ގުޅިގެން އެކަން ބޮޑު ބަހުސަކަށް ވެފައިވަނިކޮށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރިޔާސީ އިންތިހާބު2023-  އެންމެ ގިނަ ވޯޓު ހޯއްދެވީ ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒު

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ދެ ވަނަ ބުރަކަށް ދިޔަ ނަމަވެސް މުޅި ރާއްޖޭގެ އަގުލަބިއްޔަތު ހޯދައި އިދިކޮޅު ...

ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރަން އެއްބަސް ނުވުމަށް ޕީއެފްއޭ އިން ކުޅުންތެރީންނަށް އިރުޝާދު ދީފި

އިގިރޭސި ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރުމަށް ކުލަބްތަކުން ހުށަހެޅިނަމަވެސް އެގޮތައް އެއްބަސް ނުވާން ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން “ޕީއެފްއޭ” ...

އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަލީ ވަހީދު އިސްތިއުފާ ނުދިމުން މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ...