advertisement

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ކުރިޔަށްގެންދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކަމިޝަނުން މިހާރު ވަނީ ހުޅުވާލަފައެވެ. މި ފެބްރުއަރީ މަހު 5 ވަނަ ދުވަހުން ފެށިގެން 24 ވާ ހޯމަ ދުވަހުގެ ނިޔަލަށް ހުޅުވާލާފާއި ވާ ފުރުސަތުގައި އެމްޑީޕީން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

މިގޮތުން ހުޅުދާދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވަނީ  ދެ އަންހެން ކަނބަލުންނެވެ. އެއީ ދުސޫމާއާއި މިރުފާއެވެ.

މިދެ ކަނބަލުންގެ ތެރެއިން ގިނަބަޔަކު ފާހަގަ ކުރާ ގޮތުގައި ދުސޫމާއަކީ ވަރަށް ހިންގުންތެރި ކުޅަދާނަ އަންހެން ކަނބަލެކެވެ. އަދި މީގެ އިތުރަށް ދުސޫމާއަކީ ހުޅުދޫގެ އިޖުތިމާޢީ މަސައްކަތްތަކުގައި ބައިވެރި ވުމުގައިވެސް ނަމޫނާ ކަނބަލެކެވެ. އަދި ހުޅުދޫ އެމްޑީޕީގެ މެމްބަރުންގެ ޖުމްލަކޮށް ހުޅުދޫގެ ގިނަ ރައްޔިތުންގެ އިހްތިރާމާއި ލޯބި ދުސޫމާއަށްވަނީ   ލިބިފައެވެ.

ހުޅުދޫގައި އެމްޑީޕީގެ  ހަރަކާތްތައް ކުރިއަށް ގެންދިއުމަށާ  ހުޅުދޫގެ  އިޖުތިމާޢީގުޅުން ބަދަހި ކުރުމަށް ހިންގޭ ތަފާތު ހަރަކާތްތަކުގައި ދުސޫމާ އަންނަނީ އޭނާގެ ލީޑަރޝިޕް ފިސާރި ރަނގަޅަށް ދައްކަމުންނެވެ.

ހަޤީގަތުގައިވެސް ދުސޫމާއަކީ މިއަދު ހުޅުދޫގެ  އެންމެހާ އަންހެން ކަނބަލުންނަށް ހުރި ރިވެތި ނަމޫނާއެކެވެ. ހުޅުދޫ މިހާރުގެ ކައުންސިލަރު އިބްރާހިމް ޝުކުރީ ސިފަކުރެއްވި ގޮތުންނަމަ ދުސޫމާއަކީ ” އެފަދަ ދެވަނައެއްނެތް ނަމޫނާ ކަނބަލެއް ، ހުޅުދޫ ދާއިރާގެ އެމްޑީޕީގެ ހުރިހާ މެމްބަރުންނާއި ޖުމްލަކޮށް ހުޅުދޫގެ ރަށްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭނެ ގެވެހި މުރާލި ކަނބަލެއް ” ޝުކުރީ ފާހަގަ ކުރެއްވިއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ތޫފާނެއްގެ އިންޒާރާއެކު ދިވެހި ސްކައުޓުން ބައިވެރިވާ ޖަމްބަރީގެ ކޭމްޕް ސައިޓް ހުސްކުރަނީ!

ތޫފާނެއްގެ އިންޒާރާއެކު ސައުތުކޮރެއާގައި މިހާރު ކުރިއަށްދާ ދިވެހި ސްކައުޓުން ބައިވެރިވާ ވޯލްޑް ސްކައުޓް ޖަމްބަރީގެ ކޭމްޕް ސައިޓް ހުސްކުރަން ...

މަރަދޫފޭދޫ ޓީމަކާ މީދޫ ޓީމަކާ ދެމެދު ކުޅެވޭ ވޮލީމެޗެއް މިއަދު ހަވީރު އޮންނާނެ

އަޟްހާއީދާއި ގުޅުވައިގެން މީދޫ ޓީމަކާއި މަރަދޫފޭދޫ ޓީމަކާއި ދެމެދުކުޅެވޭ  އެކުވެރިކަމުގެ ވޮލީ މެޗެއް މިއަދު އޮންނާނެއެވެ. މީދޫ އިޖްތިމާއީ ...

މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފި

މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފިއެވެ. މި އިންޖީނުގެ ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ...