އަމިއްލަ ގޮތުން މީދޫ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ރަޝީދާ ވާދަކުރައްވަނީ

advertisement

ރަށްޔިތުންގެ ޚާދިމެއްގެ ގޮތުގައިހުރެ ރަށްޔިތުންނާއި އެންމެ ގާތުން އެންމެ ރަގަޅަށް އެއްވެސް ފަރާތަކަށް ނުޖެހި މަސައްކަތް ކުރެވޭނެ އެންމެ ރަގަޅު ގޮތަކީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ހުރެ މަސައްކަތްކުރުންކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްކާ ކެނޑިޑޭޓް ރަޝީދާ އިބްރާހިމް ވިދާޅުވެއްޖެވެ.

އެމްޑީޕީގެ ވަރުގަދަ އެކްޓިވެސްޓެއްގެ ގޮތުގައި ފެނިގެންގޮސްފައިވާ ރަޝީދާ މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫދާއިރާގެ  އެމްޑީޕީ ޕްރައިމަރީގައި ވާދަ ނުކުރައްވައި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ކައުންސިލް އިންތިޚާބުގައި  ވާދަކުރައްވާތީ އެކަމާބެހޭގޮތުން ރަޝީދާއަށް ދެންނެވި ސުވާލެއްގެ ޖަވާބްގައެވެ.

” އަހަރެން ދެކޭގޮތުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް ކައުންސިލަށް އިންތިޚާބުވިޔަސް  މިހާރު މިއޮތް ސަރުކާރާއެކީ މަސައްކަތް ކުރަން އުދަގޫނުވާނެ ، އެއީ މިސަރުކާރަކީ ރަށްޔިތުންގެ އަޑުތައް އަހައި ކަންތައްތައް ކުރުމުގެ ވައުދުތައްވެ ، ވެރިކަން ކުރަން އައިސްފައި އޮތް ސަރުކާރެއް ، ” ރަޝީދާ ވިދާޅުވިއެވެ.

ރަޝީދާއަކީ ފެށުނީއްސުރެ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައިހުރެގެން އެމްޑީޕީގެ މީދޫދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި މީދޫގައި ހިންގަމުން އަންނަ ޗޭނު ޖަމްއިއްޔާގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މީގެ އިތުރަށް އިޖްތިމާއީ ގިނަ ދާއިރާތަކާއި ކުޅިވަރުގެ ދާއިރާގެ ގިނަ ހަރަކާތްތަކުގައި ރަޝީދާބައިވެރިވެ އިސްދައުރެއް އަދާކުރައްވަމުން ގޮސްފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ދާއިރާއަށް ވާދަކުރުމަށްޓަކައި ރަޝީދާ  މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމްވެސް ހުށަހަޅާފައެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މެޑްޓެކުން 18 އައިސީޔޫ ވެންޓިލޭޓަރު ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން މެޑްޓެކް މޯލްޑިވްސްއާ ރާއްޖެ ގެންނަން ހަވާލުކުރި ރުތަކުގެ ތެރެއިން 18 ވެންޓިލޭޓަރެއް މިއަދު ގެނެސްފި ...

ދިރާގު ޓީވީން ޔޫއެފްސީގެ މެޗުތައް ލައިވް ކުރަނީ

ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އަލްޓިމެޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) ގެ މެޗުތައް ދިރާގު ޓީވީން ލައިވްކުރަން ދިރާގުން ...

ދުނިޔޭގެ 1 ވަނަ ޓެނިސް ކުޅުންތެރިޔާ ޖޮކޮވިޗްއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

17 ގްރާންޑް ސްލޭމް ހޯދައިފާ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގޮތު ހުރި އުމުރުން 32 އަހަރުގެ ...