• Categories
  • Archives

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން މީދޫ ކޯގަންނު ސަރަހައްދު ތަރައްގީކޮށްފި

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން ތާރީހީ ގޮތުން މުހިންމު އައްޑޫ މީދޫގެ ކޯގަންނު ސަރަހައްދުގައި ހިމެނޭ ރާފަޅާ ބީޗް ތަރައްގީކޮށްފިއެވެ.

“ރާ ފަޅާ ބީޗް” މިހާރުވެފައި ވަނީ، އަންހެނުންނާއި މެދު އުމުރާއި އުމުރުން ދުވަސްވީ މީހުން އެއްވެ، އިޖްތިމާއީ އެއްވުންތައް ބާއްވާ ތަނަކަށެވެ. ސިއްހީ ކަންކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް މީހުން ހޭލުންތެރި ކުރުމުގެ ސެޝަންތައް އެތަނުގައި ބާއްވަމުންދެއެވެ. އަދި ހާއްސަ ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ކެއުމާއި ސައިވެސް ބާއްވައެވެ.

މިތަނަށް ޒިޔާރަތް ކުރާ މީހުންނާއި މިރަށުގެ ރައްޔިތުންނަށް ވަގުތު ހޭދަކޮށްލަން ހިތްފަސޭހަ މައިޒާނެއް ގާއިމްކޮށް އެ މައިޒާނުގައި ބެންޗާއި ހަޓް އަދި އުނދޯލި ވަނީ ބަހައްޓާފަ އެވެ.

މި ޕްރޮޖެކްޓެކްގެ ދަށުން “ކޯގަންނު” ބަލަން ޒިޔާރަތްކުރާ މީހުންނަށް މަޑުކޮށްލެވޭނެ ހިތްފަސޭހަ މައިޒާނެއް ވަނީ ތަރައްގީކުރެވިފައި ކަމަށާއި މުޅި ޕްރޮޖެކްޓް ހިންގާފައި މިވަނީ މި ރަށުގެ އަންހެނުން އިސްނެގުމާއި އަމަލީ މަސައްކަތުންކަން ބީއެމްއެލްއިން ވަނީ ފާހަގަ ކޮށްފައެެވެ.

މި ޕްރޮޖެކްޓްގައި އެންމެ އިސްކޮށް މަސައްކަތް ކުރި ފަރީދާ އިބްރާހިމް ވިދާޅުވީ ރަށަށް އަންނަ ކޮންމެ މީހަކުވެސް ކޯގަންނަށް ޒިޔާރަތް ކުރާ ކަމަށާއި މީގެ އަހަރުތަކެއް ކުރިން އެތަން އޮންނަނީ ވާ ހެދިފައި ފަޅުކޮށް ކަމަށެވެ. މިތަނަށް ޒިޔާރަތްކުރާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ހޯދައިދިނުމަށް އަމިއްލައަށް ފައިސާ އެއްކޮށްގެން މަސައްކަތް ކުރަން ޖެހުމުން އެތަން ހިތްފަސޭހަ ކުރުމުގެ މަސައްކަތް ބޭނުންވާ ދުވެލީގައި ކުރިއަށް ގެންދެވޭ ގޮތް އޮތީ ނުވެފަ ކަމަށްވެސް ފަރީދާ ވިދާޅުވި އެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.

މި ގޮތުން ބީއެމްއެލް އިން ވަނީ މިވޭތުވެދިޔަ 2019 ވަނަ އަހަރުތެރޭ ވަނީ 20 ރަށެއްގައި ޕްރޮގްރާމް ހިންގުމަށް އެއްމިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި ‘އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު’ ގެ ދަށުން މީގެ ކުރީން ހުޅުދޫ ނަސްރިއްޔާ ޕްރީ ސްކޫލަށްވެސްވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ހޮލީވުޑްގައި ހިންގަމުންދާ ޖިންސީ ފްރައްސާރައިގެ އަމަލުތަކުގެ ވާހަކަތައް ފެންމަތިވި ފަހުން ފުރަތަމަ ބޭއްވި ބޮޑު އެވޯޑް ހަފްލާއަކީ ގޯލްޑަން ...

ރައީސް ޔާމީންގެ ފަރާތްޕުޅުން ފެނިގެން ދިޔައީ ކަޅުތުއްކަލާގެ ރިވެތި އުޞޫލު – ޝިފާޤު މުފީދު

ދިވެހި ރަސްކަމުގެ ތާރީޚުގައި ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އެއް ނުރައްކަލުން ސަލާމަތްކޮށްދެއްވި ކަޅުތުއްކަލާގެ ފަރާތްޕުޅުން ފެނިގެންދިޔަ ހިތްވަރުގަދަ ...

ފޭދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ ފޭދޫގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ. މިއެކްސިޑެންޓާބެހޭގޮތުން ...

މިރޭގެ ހަނދުކޭތައާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާނެ

މި ރޭ ހިފާ ހަނދު ކޭތައަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރާގޮތައްވަނީ ހަަޖެހިފައެވެ. ...

ކޮވިޑް-19: އަނެއްކާވެސް އިތުރު ދިވެއްސަކު ކޮވިޑް 19 އަށް ޕޮސިޓިވް ވެއްޖެ

އަނެއްކާވެސް އިތުރު ދިވެއްސަކު ކޮވިޑް-19އަށް ޕޮސިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ހާމަކޮށްފައިވާގޮތުން ކޮވިޑް19 އަށް ޕޮސިޓިވް ވެފައިވަނީ ...

ދިރާސީ އައު އަހަރާއެކު 25 ސްކޫލެއްގެ ދަރިވަރުންނަށް އެ ސްކޫލުތަކުން ހެނދުނުގެ ނަސްތާ ލިބޭނެ

ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދޭން ފެށުމުގެ ޕައިލެޓު ޕްރޮގްރާމްގެ ދަށުން ދިރާސީ އާއަހަރު ފެށޭއިރު 25 ސްކޫލްގައި މި ...