ހުޅުދޫ ފަޅުކޮށްފައިވަނީ ސިޔާސީ ފިކުރުތަކުން – އައްބާސް

advertisement

ހުޅުދޫ ރަށްޔިތުން ހުޅުދޫ ފަޅު ނުކުރާކަމަށާ ހުޅުދޫ ފަޅުކޮށްފައިވަނީ ސިޔާސީ ފިކުރުތަކުންކަމަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުދޫދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އައްބާސް ވާފިރު ވިދާޅުވެއްޖެވެ.

އައްބާސް މިގޮތައް ވިދާޅުވެފައިވަނީ އައްބާސްކުރައްވާފައިވާ ޓުވިޓެއްގައެވެ. އެ ޓުވިޓްގައި އިތުރަށް އައްބާސް ވިދާޅުވެފައިވަނީ ހުޅުދޫ ފަޅުވެފައިވަނީ ބަޔަކު މީހުން ގަސްތުގައި ހުޅުދޫ ފަޅުކުރުމުންކަމަށާ ދެން އެފުރުސަތު ނުދެއްވާނެކަމަށެވެ.

” ހުޅުދޫ ދެން ބައިބައި ނިވޭހެއް ، މިކޯ ދެން މާބޮނޑޮވަރުގެ ” އައްބާސް ގެ ޓުވިޓުގައި ވިދާޅުވެފައިވެއެވެ.

އައްބާސް ވޭތުވެދިޔަ ދުވަސްތަކުގައި ފެނިގެން ގޮސްފައިވަނީ ޕީޕީއެމްގެ ހަރަކާތްތަކުންނެވެ. ޚާއްސަކޮށް ކުރީގެ ހުޅުދޫ ދާއިރާގެ ރަށްޔިތުންގެ މަޖިލިހުގެ މެމްބަރު ޝާހިދު ( ޝާޑު) އާއި އެއްކޮށް ޕީޕީއެމްގެ ވަރަށް އިސްސަފުގައި އައްބާސް  މަސައްކަތްކުރަމުންދިޔަތަން ފެނިގެން ގޮސްފައިވެއެވެ.  

އައްބާސް އަމިއްލަގޮތުން ކައުންސިލް އިންތިޚާބުގައި ހުޅުދޫ ދާއިރާއަށް ކުރިމަތި ލައްވާއިރު ޕީޕީއެމްގެ ޓިކެޓްގައި މޫސާ ބުޝްރީ ހުޅުދޫ ދާއިރާއަށް ވާދަކުރައްވައެވެ. އަދި އެމްޑީޕީގެ ޓިކެޓްގައި ހުޅުދޫ ދާއިރާއަށް ފައިޒް ވާދަކުރައްވާއިރު އަމިއްލަ ގޮތުން ސީނުވެސް ވަނީ ހުޅުދޫ ދާއިރާއަށް ކުރިމަތި ލައްވާފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ޔާމީނަށް އޮތް ތާއިދު ދައްކާލަން ހުޅުމީދޫ ގައި ސައިކަލް ބުރެއް ބާއްވައިފި

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރައީސް އަބްދުﷲ ޔާމީން ...

ފުރަތަމަ ލުއި ދެވޭނީ ގެއިން ނުކުމެ އުޅުމަށް – ރައީސް

މާލެ ސަރަޙައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ...

ކްރޯނާ ވައިރަސްގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ޤައުމުތަކުން ފެންނަމުންދާތީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން މުޅިދުނިޔެއަށް ސިއްޙީ ކުއްލި ...