• Categories
  • Archives

ރައީސް ޔާމީންގެ މައްޗަށް 1.4 ބިލިއަން ރުފިޔާގެ ހިޔާނާތާއި މަނީލޯންޑަރިން ތުހުމަތުތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީނން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ސުވާލުކުރީ ދައުލަތުގެ 1.4 ބިލިއަން ރުފިޔާއަށް ހިޔާނާތްތެރިވެ އެ ފައިސާ އިން ރިޝްވަތު ނަންގަވާ މަނީ ލޯންޑަރ ކުރެއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގައިކަމަށް މޯޅްޑިވްސް ޕޮލިސް ސާރވިސްއިން ވިދާޅުވެއްޖެއެވެ.

މި މައްސަލަތަކުގައި ރައީސް ޔާމީން ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައިވަނީ އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައިއެވެ. ތިންގަޑިރެއްހާއިރު ފަހުން ފުލުހުންގެ މަރުކަޒުން ނުކުތުމަށްފަހު ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ބުނެފައިވަނީ އެމަނިކުފާނު ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައިވަނީ މިހާރު ހުކުމް ތަންފީޒުކުރަމުންދާ މައްސަލާގައިކަމަށާއި އައު މައްސަލައެއް ނެތްކަމަށެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުގެ މި ވާހަކަތައް ދޮގުކޮށް ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަޙްޤީޤްކުރެވި ޝަރީއަތް ހިންގިފައިވާ މައްސަލައެއްގައި ނޫންކަމަށެވެ. އަދި ތަޙްޤީޤްގައިވެސް ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާއި އަދި ތަޙްޤީޤް މަރުހަލާގައި ޤާނޫނީ ގޮތުން އަންގަންޖެހޭ އެންގުންތައް ލިޔުމުން ވަކީލުންގެ ހާޒިރުގައި އަންގާފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ބަލަމުން އަންނަ އެއް މައްސަލައަކީ މިނިސްޓްރީ އޮފް ޓޫރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭގޮތަށް އެކިފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްފަހު، އެރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 (ހަތްދިހަ ހަތްމިލިއަން ފަސްލައްކަ ހަތަރުހާސް ނުވަސަތޭކަ ބާރަ ޑޮލަރު) އެއް ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އަދި ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް ބޭރުފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމް.އެމް.ޕީ.އާރ.ސީ އަށް 220,704,546 ރ (ދުއިސައްތަ ވިހި މިލިޔަން ހަތްލައްކަ ހަތަރުހާސް ފަސްސަތޭކަ ސާޅީސް ހަ ރުފިޔާ) ހޯދުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމް.އެމް.ޕީ.އާރު.ސީ އިން އަމިއްލަ ފަރާތްތަކަށާއި، ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1،900،00 ރ (އެއްމިލިއަން ނުވަލައްކަ ރުފިޔާ) ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހިމެނޭކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް ކުރީގެ ރައީސް ޔާމީނާއި ސުވާލުކުރި އަނެއް މައްސަލައަކީ މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އެމް.ޕީ.އާރ.ސީ މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ފުއްގިރި
ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000
(އެއްމިލިއަން އެއްލައްކަ އަށާރަހާސް ޔޫ.އެސް ޑޮލަރު) ނަގައި އެފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑަރ ކޮށްފައިވާ މައްސަލައެއްކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުންގެ ތަހިޤީގަށް ހާޒިރުވުމަށްފަހު ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ރައީސް ޔާމީނާއި ފުލުހުން ސުވާލުކުރީ ކޮން މައްސަލައެއްގައިކަމެއް އެމަނިކުފާނުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ މުހައްމަދު ޖަމީލި އަހްމަދު ވިދާޅެއްނުވިއެވެ. މުޅިންވެސް ވިދާޅުވަމުން ގެންދެވީ ފުލުހުންގެ މަރުކަޒަށް ރައީސް ޔާމީން ހާޒިރުކޮށްފައިވަނީ މިހާރުވެސް ކޯޓުގައި ހިގަމުންދާ މައްސަލާގައިމަަށެވެ.

މައްސަލަތަކުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހާޒިރުވާ ވަކީލުން އެ އިދާރާއިގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރެވޭ ތަޙްޤީޤްތަކާއި އަދި އެފަދަ ތަޙްޤީޤްތަކާ ގުޅިގެން ހިންގޭ އިޖުރާޢަތުތައް ރައްޔިތުންނަށް އޮޅި ފުލުހުންގެ މަސައްކަތަކާއި މެދު ނުބައި ތަސައްވުރެއް އުފެދޭގޮތަށް އަމަލުނުކުރުމަށް ފުލުހުންގެ ބަޔާނުގައިވަނީ އިލްތިމާސްކުރައްވާފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވާ އެފައިސާ އިން މަންފާ ހޯއްދެއްވި ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. މި ކުށުގެ އަދަބެއްގެ ގޮތުން ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމަށްވެސް ކްރިމިނަލްކޯޓުން ކުރި ހުކުމްގައިވަނީ އަމުރުކޮށްފައެވެ.

ދަށު ކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފު މައްސަލާގެ އަޑުއެހުންތައް އެކޯޓްގައި ވަނީ ފަށާފައެވެ. ދަށުކޯޓްގެ ހުކުމް ބާތިލުކުަރަންޖެހޭކަމަށް ބުނެ ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ 75 ނުކުތާއެއް ހުށައަޅާފައެވެ. މި މައްސަލާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 3 ވަނަދުވަހުއެވެ،

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ހުޅުދޫ ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި

ހުޅުދޫ  ބޮޑުމަގުގައި ތާރުއެޅުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފި އެވެ. ސަރުކާރުން އެމްޓީސީސީއާއި ހަވާލްކޮށްގެން ކުރިއަށް ގެންދާ މިމަސައްކަތުގައި  މިހާރު ...

ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ހައްޔަރުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ފުލުހުން ހައްޔަރުކޮށްފިއެވެ. ނަދީމް ...

“އެންމެނަށް ހިޔާ ޔަޤީން” ގެ ނަމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މާދަމާރޭ

“އެންމެނަށް ހިޔާ ޔަޤީން” ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް 10 ސެޕްޓެމްބަރު ވާ ...

ކޯވިޑް-19 : ހިންމަފުށި ރިހެބުން 3 މީހަކު ޕޮޒިޓީވްވެެ އެ ރަށް މޮނިޓަރިންގެ ހާލަތަށް

ކ.ހިންމަފުށި ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ހިންމަފުށީ ކައުންސިލުން ވިދާޅުވީ ...

އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ދޭން ފެށޭނެ: ރައީސް

ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި ...

5 ދިވެއްސަކާއި 1 ބިދޭސީއަކު ކޮވިޑް 19 އަށް ޕޮޒިޓީވް ވެއްޖެ

ރާއްޖެއިން އިތުރު ފަސް ދިވެއްސަކާއި، ބިދޭސީއަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެވެ. މިކަން ހާމަކޮށްފައި އެޗްޕީއޭއިން ކޮށްފައިވާ ޓުވިޓެއްގައެވެ. އެޓުވިޓުގައި ...