• Categories
  • Archives

ހަފްތާއަކަށް ސަރުކާރު ބަންދުކޮށް، ސިޔާސީ މުވައްޒަފުންގެ މުސާރަ %20 އަށް ކުޑަކުރަން ނިންމައިފި

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިގެ %20 ކުޑަކުރުމަށް ނިންމަވާ މިމަހުގެ 19އިން 26 އަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށްފަހު  ދައުލަތުގެ ޚަރަދުތަކުގެ ތެރެއިން 1 ބިލިއަން ރުފިޔާ އާ ހަމައަށް ޚަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތައް ހާމަކުރައްވާފައެވެ. އެގޮތުން 1 ބިލިއަން ރުފިޔާއާ ހަމައަށް ޚަރަދު ކުޑަކުރަން ނިންމަވާފައިވަނީ ދައުލަތުގެ ހުރިހާ ޚަރަދުތަކުގެ ތެރެއިން އުނިކުރެވެންހުރި ޚަރަދުތައް ބައްލަވައި މޮނިޓރަ ކުރެއްވުމަށްފަހުގައި ކަމަށާ އެމަސައްކަތް މިހާރު ކުރަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ނިންމެވުންތަކަކީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކެކެވެ.

ސަރުކާރުން ދަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށާއި މި ވައިރަހުގެ ސަބަބުން މާލީގޮތުންނާއި އިގްޤީޞާދީގޮތުން ރާޢްޖެއަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުންވަމުންނެވެ. އަދި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވޅުތަކަށް ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް ދަނީ ތަޢުރީފް ކުރައްވަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް ހިންގަން ބޭނުންވާ ފައިސާ ކުރު މުއްދަތެއްގެ ތެރޭގައި ހޯދަން ބޭންކް އޮފް ...

ނިއުމާ ފިލްމު ކުޅުން ހުއްޓާލަނީ

ފިލްމީ ދާއިރާގައި ތޭވީސް އަހަރުވަންދެން މަސައްކަތްކުރުމަށްފަހު ފިލްމީތަރި ނިއުމާ މުޙައްމަދު ފިލްމު ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. އުމުރުން އެންމެ ...

މެމްބަރު ޝާހިދުއަށް ހުޅުދޫން ހޫނު މަރުހަބާއެއް ދަންނަވައިފި

ރަށްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ގިނަދުވަސްތަކަކަށްފަހު ރޭ ހުޅުދުއަށް ވަޑައިގެންފިއެވެ. ރޭ ޝާޑު ހުޅުދުއަށް ...

އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފި

މާލޭ އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފިއެވެ. ކާރުގައި ރޯކޮށްލާފައިވާއިރު މިރޭ މާލޭގެ އެކި ސަރަޚައްދުތަކުގައި އިދިކޮޅު ...

ރައީސް ޞާލިޙު ދޫނިދޫ ޖަލުގެ ޙާލަތު ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދޫނިދޫ ޖަލަށް މިއަދު ޒިޔާރަތް ކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ. ރައީސް އޮފީހުން ...

އިދިކޮޅު މުޒާހަރާގެ ސަބަބުން މުޅި މަޖީދީމަގު ހުއްޓުމަކަށް

އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދާއި މިރޭ ކުރި މުޒާހަރާތަކުގައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު، މަޖީދީމަގު ...