ކޮރޯނާވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވި  މީހަކު ބަލިން ރަނގަޅުވެއްޖެކަމަށް ސަރުކާރުން ދެންމެ ހާމަކޮށްފި އެވެ.

މިއަދު އިތުރުމީހަކު ބަލިން ރަނގަޅުވުމާއެކު، ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދުވަނީ ތިނަކަށް އަރާފައެވެ. ކޯވިޑް-19އިން މީހަކު ރަނގަޅުވިކަން ޑޮކްޓަރުން ޔަގީންކުރަނީ ދެފަހަރަށް ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވްވުމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ޑރ. މުރާދު ވިދާޅުވީ މިއަދު ކޯވިޑް-19އިން ރާއްޖެއިން ރަނގަޅުވި މީހަކީ ކުރެއްދޫ ރިސޯޓުން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ބަލިމީހެއް ކަމަށެވެ.

މިއަދު ކޯވިޑް-19އިން ރަނގަޅުވި މީހާ އެންމެފުރަތަމަ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގަ އެވެ. އަދި އޭނާގެ ހާލު ގޯސްނުވިނަމަވެސް މިމަހުގެ 18 ވަނަ ދުވަހާއި ހަމަޔަށް ފަރުވާ ދިނުމަށްފަހު ޓެސްޓް ހަދާފައިވާކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފައެވެ. އަދި 18 ވަނަ ދުވަހު ހެދި ޓެސްޓް ނެގެޓިވްވުމުން، އަނެއްކާވެސް އިއްޔެ އިތުރު ޓެސްޓެއް ހަދާފައިވާކަމަށް ޑރ. މުރާދުވަނީ ވިދާޅުވެފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އުރީދޫ އެއާ ފައިބަރު ޕްލޭންތަކަށް ބޮޑު ބަދަލެއް

އިތުރު ސްޕީޑާއި ޑޭޓާ އާއި އެކު އުރީދޫ 5ޖީ ހޯމް ބްރޯޑްބޭންޑް އެއާފައިބާ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި ...

މަޝްރޫޢުތަކުގެ ތަފްސީލް ހޯދުމަށް ސިޓީ ކައުންސިލަށް ވަޑައިގަތުމަށް ސަޢީދަށް ދައުވަތުއަރުވައިފި

އައްޑޫސިޓީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތަފްސީލް ހޯއްދެވުމަށް އައްޑޫ ސިޓީކައުންސިލަށް ވަޑއިގަތުމަށް މޭޔަރު ޢަލީ ނިޒާރު، މާވަށު ދާއިރާގެ މެންބަރު ...

ކޯވިޑް19: “މިހާރު މިއޮތީ ފުރަބަންދު ނިމުމަކަށް ގެނެވޭނެފަދަ ހާލަތެއް ނޫން”

ރާއްޖޭގައި ކޯވިޑް-19ގެ ބަލިމަޑުކަން މިހާރު މިއޮތީ ފުރަބަންދު ނިމުމަކަށް ގެނެވޭނެފަދަ ހާލަތެއް ނޫންކަމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ...