• Categories
  • Archives

ކޮވިޑް19 އިން ސަލާމަތްވުމަށް ހުރިހާ އެންމެންވެސް ގޭގައި ތިބުމަށް ދިވެހި ޑޮކްޓަރުން ތަކުރާރުކޮށް އިއުތިމާސްކޮށްފި

ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ ބަލިފެތުރޭ މިންވަރު އިންތިހާއަށް ގިނަވަމުންދާ މިދަޑިވަޅުގައި  ރާއްޖޭގެ ރަށްޔިތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް ރާއްޖެގެ ޑޮކްޓަރުންދަނީ ވިދާޅުވަމުންނެވެ. މުޅިދުނިޔެ ސިއްހީގޮތުން ބަލިމަޑުކަމެއްގައި އޮތް މިދަޑިވަޅުގައި ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވީ ކޮވިޑްގެ ނުރައްކާތެރިކަން ރާއްޖޭގައި ބޮޑުކަމަށެވެ. އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރ ޑޮކްޓަރ އަބްދުﷲ ނިޔާފް ކުރެއްވި ޓުވިޓެއް ރީޓުވިޓް ކުރައްވަމުންނެވެ.

ޑޮކްޓަރ ނިޔާފް ކުރެއްވި ޓުވިޓްގައި ވިދާޅުވެފައިވަނީ ދުނިޔޭގައި ކޮވިޑް ފެތުރުން އެއްވެސް މިންވަރަކަށް މަޑުނުވާކަމަށެވެ. ބަލިދަނީ ހަލުއިކަމާއެކު ފެތުރެމުންކަމަށެވެ. މިކަމުގައި ރަށްޔިތުން ރައްކާތެރިވެ ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ޑޮކްޓަރ ނިޔާފްވަނީ އިއުތިމާސްކޮށްފައެވެ.

ދުނިޔޭގައި ހަލުއިކަމާއެކު ކޮވިޑް19 ފެތުރެމުންދާއިރު ބަލީގެ ޝިކާރައަކަށް މިރެއާއި ހަމައަށް  393603 މީހުންވަނީ ވެފައެވެ. ބަލި ފެތުރުން އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިނުވާއިރު ފާއިތުވެދިޔަ 4 ހަފްތާ ވެގެން ގޮސްފައިވަނީ މިބަލީގައި އެންމެ ގިނަމީހުން މަރުވެ ބަލި ޖެހުނު މީހުން އެންމެ ގިނައިން ފެނުނު ހަފްތާއެއްގެ ގޮތުގައެވެ.

މިބަލިން ސަލާމަތްވުމަށް ދުނިޔޭގެ ގައުމުތަކުން ހުއްޓުމެއްނެތި މަސައްކަތްކުރަމުންދާއިރު މިކަމުގައި އެއްވެސް ގައުމަކަށް އަދި ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. މިކަމުގައި އެންމެ ބޮޑު ގޮންޖެހުންތަކެއް އޮތް ސަރަހައްދަކީ ޔޫރަޕްގެ ގައުމުތަކެވެ. އެގަމުތަކުގައި ދުވާލަކަށް ބަލި ޖެހޭ ނިސްބަތް އެތައް ހާހަކުން ގުނާލެވޭއިރު ބަލިކޮންޓްރޯލް ކުރުމަށް އެގައުމުތަކުންދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ކޮވިޑް19 އަށް ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި ކަމާއިބެހޭ ފަރާތްތަކުން ދެއްވަމުން ގެންދަވަނީ އެއް އިރުޝާދެކެވެ. ސައިބޯނި ލައިގެން ގިނަގިނައިން އަތްދޮވުމާއި ހޭޑްސެނެޓައިޒާ ބޭނުންކުރުމާ ހުންއައުން ނުވަތަ ކެއްސާ ކިބިހި އަޅުންފަދަ ކަމެއް ހުރިނަމަ ގޭގައި މަޑުކުރުމާއި މާސްކު އެޅުމަށްދޭ އިރުޝާދުތަކެވެ. މީގެ އިތުރުން ކެއްސާ ކިބިހި އަޅާނަމަ އުޅަބޮށިން ނުވަތަ ޓިޝޫއަކުންނަމަވެސް އަގަޔާއި ނޭފަތް ނިވާކުރުމާއި ބޭނުންކޮށްފައިހުންނަ ޓިޝޫފަދަ ތަކެތި ވަގުތުން ޑަސްބިނަށް ލުމަށްފަހު ސައިބޯނި ލައިގެން ރަގަޅަށް އަތްދޮވުމާއި ކޮންމެހެން ހޮސްޕިޓަލަށް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކުރަންޖެހޭ ހާލަތެއްގައި ނޫނީ ޒިޔާރަތްނުކުރުން ނުވަތަ ޒިޔާރަތްކުރާ މިންވަރު މަދުކުރުމާ ރޯގާ ޖެހި ކެއްސާ ހުންއައުންފަދަ ކަމެއް ހުރިނަމަ ހޮސްޕިޓަލްގައި ތިބޭމީހުން އެހެން ބަލިމީހުންނަށް ޒިޔާރަތްނުކުރުމަށްވެސް ދަނީ އިއުތިމާސް ކުރަމުންނެވެ.

މަސްދަރު: ޕީއެސްއެމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

” ސޯލޯމިއޯ ” ގެ ރޯދަ ވީއްލުން ވަރަށްތަފާތު ވާނެ

ރޯދަ މަހުގެ ރޯދަ ވީއްލުންތައް ވަރަށް ވާދަވެރިކޮށް އައްޑޫގެ ރެސްޓޯރަންޓްތަކާއި ކެފޭތަކުން ކުރިއަށް ގެންދާ އިރު، ފޭދޫ  “ސޯލޯމިއޯ” ...

ނައިބު ރައީސް ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފިއެވެ. ނައިބު ރައީސް  ފައިސަލް ނަސީމް ހުޅުމީދުއަށް ވަޑައިގަތުމަށްފަހު ވަޑައިގެންނެވީ ހުޅުމީދޫ ...

އެކަނިވެރި މަންމައިންނާއި ބައްޕައިންނަށް 10،000 ރުފިޔާ ދޭން ރައީސް މިއަދު ނިންމަވައިފި

އެކަނިވެރި މަންމައިންނާއި ބައްފައިންނަށް 10،000 ރުފިޔާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފި އެވެ، އެކަނި ...

ހުޅުދޫ ދާއިރާގެ ގޮނޑި އިލްޔާސް ލަބީބަށް

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ހުޅުދޫ ދާއިރާގެ ގޮނޑި އެ ދާއިރާއަށް ...

ކަރަންޓްގެ އަގުތައް ހުންނާނީ ރާއްޖޭގެ ހުރިހާތަނެއްގައި އެއްވަރަކަށް- މެމްބަރު ނިހާދު

ކަރަންޓްގެ އަގު ރާއްޖޭގެ ހުރިހާތަނެއްގައިވެސް ހުންނަނީ މާލެއެކޭ އެއްވަރަށްކަމަށް ރަށްޔިތުންގެ މަޖިލިހުގެ ފޭދޫދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެވެ. ...

އިދިކޮޅު މުޒާހަރާގެ ސަބަބުން މުޅި މަޖީދީމަގު ހުއްޓުމަކަށް

އިދިކޮޅު ފަރާތްތަކުން މާލޭގައި މިއަދާއި މިރޭ ކުރި މުޒާހަރާތަކުގައި މާލޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގު، މަޖީދީމަގު ...