• Categories
  • Archives

ފުވައްމުލަކު ފެނަކައިން ރަށުތެރެ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފި

ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު ބްރާންޗާއި ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލަކުގެ އެކި ހިސާބުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކޮށްފިއެވެ.

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ވައިރަހުން ރައްކާތެރި ވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފުވައްމުލަކު ފެނަކައިން އިއްޔެ ވަނީ ފުވައްމުލަކުގެ ބަނދަރު ސަރަހައްދާއި ބައެއް މަގުތަކާއި ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރައްވާފައެވެ.

ކޯވިޑް-19 ވައިރަހުން ރައްކާތެރި ވުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު ހޮސްޕިޓަލް ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯހުން އަންނަނީ ކެނޑިނޭޅި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އެގޮތުން މި ވައިރަހުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ އާންމު ހޭލުންތެރި ކުރުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކާއި ރައްކާތެރި ވުމަށް އެޅިދާނެ ފިޔަވަޅުތައް ރައްޔިތުންނަށް ދުވަހުން ދުވަހަށް ކިޔައިދީ އެކަމުގެ މުހިންމުކަން ރައްޔިތުންނަށް އަންނަނީ ވިސްނައި ދެމުންނެވެ.

މީގެ އިތުރުން ފުވައްމުލަކުގައި ފްލޫ ކްލިނިކެއް ހުޅުވައި ޚިދުމަތް ދޭން ވަށާފައިވާއިރު ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ކޮންމެހެން ދާންޖެހިއްޖެ ހިނދެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަށް އާންމުންނަށް ނަސޭހަތްތެރި ވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ފަރާތްތަކުގެ އާއިލާއަށް އެ ފުރުސަތު ލިބޭގޮތަށް ހަމަޖެއްސުން މުހިންމު : ރޮޒައިނާ

Advertisement ޕެންޝަން ސްކީމުގެ ދަށުން ހައްޖަ ދިޔުމުގެ ފުރުސަތު ލިބޭ ފަރާތުގެ މައިންބަފައިންނާއި އަނބިންނާއި ފިރިން އަދި ދަރިންނަށް ...

ހަފްތާއަކަށް ސަރުކާރު ބަންދުކޮށް، ސިޔާސީ މުވައްޒަފުންގެ މުސާރަ %20 އަށް ކުޑަކުރަން ނިންމައިފި

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިގެ %20 ކުޑަކުރުމަށް ނިންމަވާ މިމަހުގެ 19އިން 26 އަށް ސަރުކާރުގެ ...

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލިހަކަށް މަޖިލިސް ހަދައިދޭން ބޭނުން- ރައީސް ނަޝީދު

އައްޑޫސިޓީ ރޫޅާނުލައި އައްޑޫސިޓީ ބިނާކުރާ މަޖިލީހަކަށް ހަދައިދޭނެން ބޭނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ ރައީސް ...

“އެއްލަކިން މަށަށް ލައިސަންސް” މިނަމުގައި ޚާއްސަ ޕްރޮގްރާމެއް ފަށަނީ

ޑްރައިވިން ލައިސަންސް ނެގޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައި  “އެއްލަކިން މަށަށް ލައިސަންސް” މިނަމުގައި ޓްރާންސްފޯޓް އޮތޯރިޓީ އާއި އިކޮނޮމިކް ...

އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން މުހުއްމާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި

އެކްސިޑެންޓަކާއި ގުޅިގެން މުހައްމަދުދީދީ ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ. ފުލުހުންގެ ވެބްސައިޓްގައި  ހާމަކޮށްފައިވަނީ  ޓްރެފިކް އިންވެސްޓިގޭޝަން ޔުނިޓަށް ...

ސްޓެލްކޯ އެމްޑީއަކަށް ހަސްން މުގުނީ އެމްޕީއެލްގެ އެމްޑީއަކަށް ސ. ހުޅުދޫ ޝާހިދު އަލީ ހަމަޖައްސައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފިއެވެ. ...