• Categories
  • Archives

އައްޑޫގައި ޢާންމު ޚިދުމަތްދޭ ތަންތަނުން ޚިދުމަތްދޭނެ ގަޑިތައް ކަނޑައަޅާ ޚިދުމަތް ދިނުމާބެހޭ ގަވާއިދެއް އާއްމުކޮށްފި

މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން    އައްޑޫސިޓީ ކައުން ސިލުން އައްޑޫސިޓީގައި  ސިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ޚިދުމަތް ދޭ ތަންތަން، (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) މާރޗު 26 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 18:00 ގެ ފަހުން، ޚިދުމަތްދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 06:00 އިން ހަވީރު 18:00 އަށް ކަމުގައި ނިންމައިފިއެވެ.

އަދި ޚިދުމަތް ދިނުމާބެހޭ ގަވާއިދެއްވެސް ސިޓީ ކައުންސިލުންވަނީ އާއްމުކޮށްފައެވެ. ސިޓީކައުންސިލުން ޚިދުމަތް ދިނުމާއިބެހޭ ގޮތުން އާއްމުކޮށްފައިވާ ގަވާއިދު ތިރީގައި ދަންނަވާފައިއެވަނީއެވެ.

  • ގާޑިޔާތަކުގެ ޚިދުމަތް ދެވޭނީ، ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމް ހަމަޖެއްސުމަށްފަހު.
  • ގާޑިޔާތަކުގައި ތައްޔާރު ކޮށްގެން ވިއްކާ ހެދިކާ،މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާ.
  • ގާޑިޔާތަކުގައި ދެވޭނެ ޚިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން ( ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ޚިދުމަތްނުދެވޭނެ)
  • ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާ ތަކެތި، ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެން.
  • ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދޭންބޭނުންވާނަމަ، އަވަށު އޮފީހުން ހުއްދަ ހޯދުމަށްފަހު، ހަވީރު 18:00 ރޭގަނޑު 22:00 އަށް ޑެލިވަރީގެ ޚިދުމަތް ފޯރޮކޮށްދެވިދާނެ.
  • 24 ގަޑިއިރު ޚިދުމަތްދޭ ތަންތަނުން މި އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގެ އިތުރަށް ޚިދުމަތް ދޭންބޭނުންވާ ނަމަ އަވަށު އޮފީހުން ޚާއްސަ ހުއްދަހޯދަންވާނެ.

މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅޭނެކަންކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުނުކުރެވޭނެ ކަމަށް އެމަނިކުފާނު ...

އިންޑިއާ މަނަވަރު “ރަނާ” ރާއްޖެ އަތުވެއްޖެ

އިންޑިއާގެ މަނަވަރު އައިއެންއެސް “ރަނާ” މިއަދު ރާއްޖެ އަތުވެއްޖެ އެވެ. އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) “ރަނާ” ރާއްޖެއަށް ...

އައު އަހަރަށް މަރުހަބާ ކިޔުމަށް މާލޭގައި ހަވާ ނާރުވާނެ – އެކަމަކު 40 އަށްވުރެ ގިނަ ރިސޯޓުގައި ކަނޑައެޅޭ ވަކި ގަޑިތަކެއްގައި ހަވާ އަރުވާނެ – އެމް.އެން.ޑީ.އެފް

އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން މާލޭ ސިޓީގައި ހަވާ އެރުވުމަށް ހަމަޖެހިފައިނުވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، ...

ފެން މީޓަރުން ނަގަމުން އަންނަ 30 ރުފިޔާ ކަނޑާލަނީ: ފެނަކަ

ފެނަކަ ކޯޕަރޭޝަނުން ފެނުގެ ޚިދުމަތް ދެމުންއަންނަ ގޭގެ އަށް ގުޅާފައިވާ ފެން މީޓަރަށް މަހުންމަހަށް ނަގަމުން އަންނަ  30 ...

އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދުކުރަން ސަރުކާރުން ނިންމައިފި

ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމައިފިއެވެ. ނޫސްވެރިންނާއި ...

ދަމަނަވެށީގެ އޮފީސް ފަޅާލައިގެން ވައްކަންކޮށްފި

އައްޑޫސިޓީ މަރަދޫފޭދޫ ދަމަނަވެށީގެ އޮފީސް ފަޅާލާ އެތަނުން ވައްކަން ކޮށްފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހުކުރު ދުވަހުގެރޭ އެތަން ފަޅާލައިގެން ...