އައްޑޫގެ ފިހާރަތައް ރޭގަނޑު ބަންދު ކުރަން ޖެހުމުން އާއްމުންގެ ކަންބޮޑުވުން އިތުރުވެއްޖެ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ހުޅުވުން އައްޑޫ ސިޓީ ކައުންސިލުން މަނާ ކުރުމުން އައްޑޫގެ ވިޔަފާރިވެރިންނާއި އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނިންމާފައި ވަނީ ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި، އާންމު ހިދުމަތް ދޭ ތަންތަން ކަމުގައިވާ ފިހާރަތަކާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

މިނިންމުމާއި ގުޅިގެން  އައްޑުއަތޮޅުގެ  މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް-19 އާއި ގުޅިގެން ވަކިވަކި ކައުންސިލްތަކުން ނިންމުންތައް ނުނިންމަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ލޯކަލް ގަވަރްމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގާފައި ވަނިކޮށް އައްޑޫ ސިޓީ ކައުންސިލުން ވަކި ގޮތަކަށް ނިންމުންތައް ނިންމަމުން ދާތީއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެންމެ ގިނަ ފިޔަވަޅުތައް އަޅާފައި އޮތީ މާލޭގައެވެ. އެހެން ނަމަވެސް މާލޭގައި ކާބޯތަކެތި ވިއްކާ ފިހާރަތައް ހުޅުވުމަށް އެއްވެސް ހުރަހެއް ނެތެވެ.  އަދި ކޮވިޑް-19 އާއި ގުޅިގެން ފުރަބަންދު (ލޮކްޑައުން) ކޮށްފައިވާ ގިނަ ގައުމުތަކުގައި ވެސް ކާބޯތަކެތި ވިއްކާ ފިހާރަތައް ބަންދު ކޮށްފައިނުވާއިރު  އައްޑޫގެ ފިހާރަތައް ރޭގަޑު ބަންދު ކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމި ނިންމުމަކީ އެންމެ ރަގަޅުގޮތް ނޫންކަމަށް މިކަމާ ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސް ވެރީންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބްގައި މަބްރޫކު ވިދާޅުވީ އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ، އަދި ރެސްޓޯރެންޓް ފަދަ ތަންތަން ބަންދުކުރަން އައްޑޫސިޓީގެ ކައުންސިލުން ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އެނގިގެން ނޫން ކަމަށެވެ.

އަދި މީގެ އިތުރަށް އެޗްޕީއޭއިން ކޮށްފައިވާ ޓުވިޓެއްގައި ހާމަކޮށްފައިވަނީ ގްރެއިޓަރ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ ހޮޓާ / ރެސްޓޯރެންޓް ތަކުގެ ޚިދުމަތް ދިނުން ހުއްޓާލަން އެއްވެސް ސިފައެއްގައި އަންގާފައި ނުވާކަމަށާ އަދި އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ދަބަލު ގެންނަން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ ނުވަތަ ހުއްދަ ދީފައިނުވާކަމަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ...

ކޯވިޑް-19 : އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 22 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ބަންގްލަދޭޝްގެ 4 މީހަކާއި ...

ފޮޓޯއިން ޚަބަރު: މީދޫ ބަހާއުއްދީން މަގުގައި ތާރުއެޅުން

މަތީގައިވާ ފޮޓޯތަކާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ ބަހާއުއްދީންމަގުގައި ތާރު އެޅުމަށް އެމްޓީސީސީގެ ފަރާތުން ކުރަމުންދާ މަސައްކަތް. މީދޫ ...