ކޮވިޑް 19 ގެ ސަބަބުން އަލުން  ފެށޭނެކަމުގެ ޔަގީންކަން ކުޑަވެފައިވާ ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށަން ޖެހިއްޖެނަމަ ކޮންމެ ދެދުވަހަކުން މެޗެއް ކުޅެން ކުޅުންތެރީންގެ މެދުގައި ވޯޓްލާން މަޝްވަރާކޮށްފިއެވެ. މިގޮތައް މަޝްވަރާކުރީ ސްޕެނިޝްލީގު ކުޅުންތެރީންގެ ޔޫނިއަނާއެކު އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހުގައެވެ. ނަމަވެސް ކުޅުންތެރީންގެ ވޯޓުން މިގޮތައް އެއްބަސްވިނަމަވެސް އެންމެ މުހިއްމީ ކުޅުންތެރީންގެ ހެޔޮހާލުގައި ތިބުންކަމަށް ކުޅުންތެރީންގެ ޔުނިއަނުންވަނީ ބުނެފައެވެ.

9 މެޗް ބާކީ އޮތް ސްޕެނިޝް ލީގާއިމެދު ވަކި ގޮތެއް ނިންމުމަށް ކުރެވޭ މަޝްވަރާތަކުގައި  ކުޅުންތެރީންގެ ޔުނިއަނުންވަނީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނާއެކުވެސް މަޝްވަރާކުރަން ހުށަހަޅާފައެވެ. ނަމަވެސް އެ ބައްދަލުވުމާއި ބެހޭގޮތުން އެފެޑެރޭޝަނުން އަދި ވަކި ޖަވާބެއް ނުލިބެއެވެ.

ކޮވިޑް19 ގެ ސަބަބުން ޔޫރަޕްގެ ލީގުތައް ހުއްޓާލާފައިވާއިރު ލީގުތައް ފަށަން މަޝްވަރާފައިވަނީ މިމަހުގެ ފަހުކޮޅު ނޫނީ ޖޫންމަހުގެ ކުރީ ކޮޅުގައެވެ. ނަމަވެސް ލީގުތަކުގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅުންތެރީންނަށް ޗުއްޓީ ދިނުމަށްފަހު އޮގަސްޓްމަހު  އާސިޒަން ފަށާނެ ގޮތަކާއި މެދުގައެވެ. އަދި މިސީޒަން ކެންސަލްކުރަން ކްލަބްތަކުން ބޭނުމެއް ނުވެއެވެ. އެއީ ޕްރޮމޯޓްވާނެ ކްލަބްތަކާއި ޔޫރަޕްގެ މުބާރާތްތަކުގައި ވާދަކުރާނެޓީމްތައް އަދި ޔަގީން ވެފައިނުވާތީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާ މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މާދަމާ ( 15 އޮކްޓޯބަރ 2021 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...

މީދޫ – ހިތަދޫ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް މިއަދު ކުޅެނީ

މީދޫ 20 އަހަރުން ދަށުގެ  ޓީމަކާއި  ހިތަދޫ  20 އަހަރުން ދަށުގެ ޓީމަކާއި  ދެމެދު އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ...

ސައުދީއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

ސައުދީ އަރަބިއްޔާއަށް، ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމަށް އެޤައުމުން ކަނޑައަޅައިފިއެވެ. މިކަން ...