ލިވަޕޫލްގެ ސެނެގޯލްގެ ފޯވާޑް މާނޭ ގަތުމަށް ރެއާލްމެޑްރިޑުން ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ . މީޑިއާ ރިޕޯޓްތައް ބުނާގޮތުން މާނޭ ގަތުމަށް ރެއާލުން ތައްޔާރުވަމުން އަންނަނީ ރެއާލްގެ ކޯޗް ޒިދާންގެ އެދުމުގެ މަތިންނެވެ. އަދި މިސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލުމަށް މާނޭވެސް ބޭނުންވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މާނޭގެ އިތުރުން ލިވަޕޫލްގެ މިސްރުގެ ފޯވާޑް ސަލާހުގަތުމަށްވެސް ރެއާލުންއަންނަނީ ތައްޔާރުވަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިސީޒަނަށްފަހު ސަލާހުވެސް ލިވަޕޫލް ދޫކޮށްލާނެއެވެ.

ފްރާންސްގެ ކުރީގެ މިޑްފިލްޑަރ މުހައްމަދު ސިސޯކޯ ބުނީ ސަލާހަށްވުރެ މާނޭ ގަތުމަށް ރެއާލުން މަސައްކަތްކުރާނެކަމަށާ މާނޭގެ ކުޅުމާމެދު ރެއާލްގެ ކޯޗް ޒިދާން މާބޮޑަށް ހިތްހަމަޖެހޭކަމަށެވެ.

ސަލާހު އަދި މާނޭ ލިވަޕޫލް ދޫކޮށް ދިޔަނަމަވެސް އެދެމީހުން ކުޅޭމަގާމް ފޫބައްދާނެ ކުޅުންތެރީން ލިވަޕޫލްގައި ތިބޭނެކަމަށްވެސް ސިސޯކޯ ބުނިއެވެ.

ސައުތުހެމްޓަނުން 2016 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވުމަށްފަހު މާނޭ އަންނަނީ އެޓީމްގައި ތަފާތު ދައްކަމުންނެވެ. އެގޮތުން މާނޭވަނީ މިހާތަނަށް ލިވަޕޫލްއަށް ކުޅެދިން 118 މެޗްގައި 59 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ.

މަސްދަރު: ޕީއެސްމް ސްޕޯޓްސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިލްހާމް އެމްޑީޕީއަށް ސޮއިކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ...

ސަފާރީއެއްގެ ބުރަފަތީގައި ޖެހި މީހަކު މަރުވެއްޖެ

ރ. އިނގުރައިދޫ ފަޅަށް ވަންނަމުން ދިޔަ ސަފާރީއެއްގެ ބުރަފަތީގައި އޮޅިފައި އޮތް ވަލެއް ނެއްޓުމަށް މޫދަށް ފޭބި މީހަކު ސަފާރީގެ ...

އަޟްހާއީދުގެ ކުޅިވަރު: އެކުވެރިކަމުގެ ބަށިމެޗް ކާމިޔާބުކުރީ ގޮމަޓީމް

އަޟްހާ އީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫގައި އެކުވެރިކަމުގެ ބަށިމެޗެއް ކުޅެފިއެވެ. މިއަދު ހަވީރު ހުޅުދޫ ޒުވާނުންގެ ...