އެޕްރީލް ފަހަކުން ފެށިގެން ކިޔަވައިދޭ ހުރިހާތަނެއް ބަންދު ކުރަން އަންގައިފި !

ތައުލީމުދޭ ހުރިހާ ތަނެއްގެ ކިޔެވުން މިމަހު ފަސް ވަނަ ދުވަހުން ފެށިގެން އިތުރު އެއް ހަފުތާއަށް ބަންދު ކުރަން ނިންމައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި، ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް، އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އަޅާން ޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހި ކުރުމުގެ ގޮތުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ގާނޫނީ ބާރުގެދަށުން ރާއްޖޭގައި ހިންގާ އެންމެހާ ސްކޫލްތަކާއި، ތައުލީމުދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން މާދަމާއިން ފެށިގެން ވަގުތީ ގޮތުން އެއް ހަފުތާއަށް މެދު ކަނޑާލަން އަންގާ ކަމަށެވެ.

މިއީ ކޮވިޑް 19 އާ ގުޅީގެން ކިޔެވުން މެދު ކަނޑާޅުމަށްފަހު އެ މުއްދަތު ދަމަހައްޓަން އެންގި ތިންވަނަ ހަފުތާއެވެ.

އެޗްޕީއޭގެ އެންގުމުގައި ވަނީ މާދާއިން ފެށިގެން، ރާއްޖޭގައި ހިންގާ ޔުނިވާސިޓީ ތަކާއި، ކޮލެޖް ތަކާއި، ތަމްރީންދޭ މަރުކަޒުތަކުގައި، ކިޔަވައިދިނުމާއި، ޓިއުޝަން ސެންޓަރު ތަކާއި ގޭގައި އެހެނިހެން ގޮތްގޮތުން ހިންގާ ޓިއުޝަން ކްލާސްތަކާއި ގުރުއާން ކުލާސްތަކާއި އެހެނިހެން ތައުލީމުދޭ ކްލާސްތަކުގައި ކިޔަވައިދިނުން މާދަމާއިން ފެށިގެން މެދުކަޑާލަން އަންގާ ކަމަށެވެ.

މި އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަަކަށް އަންގާ ކަމަށްވެސް ބުނެފައި ވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ.ވަޙީދު ޕީޕީއެމުން ވަކިވެވަޑައިގެންފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން ...

ފޮޓޯއިން ޚަބަރު:   އަތޮޅުމަދަރުސާގައި  ފެންބޮޑުވުން

މަތީގައި ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ރޭ އިން ފެށިގެން މިއަދު ހެނދުނާއި ހަމައަށް  މެދު ނުކެޑި މީދޫއާއި ...

“ފަރުކޮއި” ޕްރޮޖެކްޓް ޝަމްސުއްދީން ސްކޫލްގައި ފަށައިފި

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ފަރުތަކާއި ފަރުތަކުގެ ވަށައިގެންވާ ދިރުންތަކުގެ ރީތިކަމާއި، އެތަންތަނުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދިނުމަށް ...