ކަނޑު އުޅަދަކުން އައްޑޫގެ އަވަށަކަށް މީހުން ބޭލުމުގެ ކުރީން އެކަން އެންގުމަށް އިއުތިމާސްކޮށްފި

އެމްޕީއެލް ފެރީ ނިޒާމުގެ ތެރެއިން ނޫންގޮތަކަށް މީހުން ގޮވައިގެން ރާއްޖޭގެ އެއްވެސް ތަނަކުން ފުރައިގެން އައްޑޫގެ އެއްވެސް އަވަށަކަށް ކަނޑު އުޅަދެއް އައިސް ކައިރިކުރާނަމަ އެއުޅަދަކުން  މީހުން ބޭލުމުގެކުރިން އެއަވަށެއްގައި ގާއިމް ކުރެވިފައިވާ ” އެސްއެސްޑީ ” ގެ ހޮޓްލައިނަށް ގުޅާ އެންގެވުމަށް އައްޑޫސިޓީ ކައުންސިލުން ކޮވިޑާއި ގުޅިން އެކުލަވާލާފައިވާ ” ކޮވިޑް19 ހިތަދޫ ސޯޝަލް ސަޕޯޓް ޑެސްކް” ޓީމުން އިއުތިމާސްކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން އެކުލަވާލާފައިވާ ” ކޮވިޑް19 ހިތަދޫ ސޯޝަލް ސަޕޯޓް ޑެސްކް” ޓީމުން މިގޮތައް އިއުތިމާސްކޮށްފައިވަނީ އެޓީމުގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް 16 އެޕްރީލް 2020 ގައި  އާއްމުކޮށްފައިވާ ލިއުމެއްގައެވެ.

މީގެ އިތުރަށް 14 އެޕްރީލް 2020 ވަނަ ދުވަހު އިރުއޮއްސި 18:30 ގައި ގަން އިންޓަނޭޝަނަލް އެއަރޕޯޓަށް  ޖެއްސި މޯލްޑިވިއަންގެ އެއަރބަސް އިން ދަތުރުކުރި ފަރާތްތަކާއި އެފަރާތްތަކާއި ކޮންޓެކްޓްވި ފަރާތްތަކަށްވެސް  އެންމެ ރައްކާތެރިގޮތަކީ  ގޭގައިމަޑުކޮށްދެއްވުންކަމަށް އެ ޓީމުންވަނީ  ބުނެފައެވެ.

ތިރީގައި ދަންނަވާފައި އެވަނީ އައްޑޫސިޓީގެ އަވަށްތަކުގައި  ގާއިމް ކުރެވިފައިވާ ” އެސްއެސްޑީ ” ޓީމްތަކަށް ގުޅޭނެ  ފޯން ނަމްބަރުތަކެވެ.

# މީދޫ އެސްއެސްޑީ ހޮޓްލައިން: 7789041

# ހިތަދޫ އެސްއެސްޑީ ހޮޓްލައިން 7789042

# މަރަދޫ އެސްއެސްޑީ ހޮޓްލައިން 7789043

# މަރަދޫފޭދޫ އެސްއެސްޑީ ހޮޓްލައިން: 7789045

# ފޭދޫ އެސްއެސްޑީ ހޮޓްލައިން: 7789044

# ހުޅުދޫ އެސްއެސްޑީ ހޮޓްލައިން: 7789046

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާއިން ރާއްޖެއަށް ފައިޒަރ ވެކްސިންގެ އެއްލައްކައަށްވުރެ ގިނަ ޑޯޒް ހަދިޔާކޮށްފި

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، އެމެރިކާގެ ސަރުކާރުން ދިވެހިރާއްޖެއަށް އެއްލައްކަ އަށާވީސް ހާސް ހަތް ސަތޭކަ ޑޯޒްގެ ފައިޒާ ކޮވިޑް-19 ...

މޯބައިލް ގޭމް ކުޅޭ މީހުންނަށް އުރީދޫގެ ހާއްސަ ޕެކޭޖުތަކެއް

މޯބައިލް ގޭމް ކުޅޭ މީހުންނަށް ހާއްސަ ޕެކޭޖުތަކެއް އުރީދޫ މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ. މި ޕެކޭޖުތަކާއެކު ކޯލް އޮފް ...

މީދުން އިތުރު 5 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް 19 އަށް މީދުން  އިތުރު 5މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މީދުން މިއަދު ޕޮޒިޓިވްވެފައިވާ 5 ...