ކޮވިޑް 19 – އެއްރަށުން އަނެއްރަށަށް ދަތުރުކުރުން މަނާކޮށް މުޅިރާއްޖެ ލޮކް ޑައުންއަކަށް

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުމަށް  ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިކަން އަންގާފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރައްޙަދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތައް އެޅުމަށް އަންގައި ނެރުނު އެންގުމެއްގައެވެ.

އަދި މި އެންގުމުގެ ދަށުން، 17 އޭޕްރިލް 2020 ވާ ހުކުރު  ދުވަހުގެ ހަވީރު 6:00 އިން ފަށައިގެން ރާއްޖޭގެ ހުރިހާ ރަށެއް ލޮކް ޑައުން ކުރުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ޒަރޫރީ ބޭނުމެއް ނެތި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރުމާއި، އަދި އެ ފިޔަވަޅު އަޅާފައިވާ ހާލަތުގައި، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެ ނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރަން ވަނީ އަންގާފައެވެ.

މީގެއިތުރުން ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަބަޔަކު އެއްވެއުޅުން ހުއްޓައިލުމަށާއި ވަކިން ޚާއްޞަކޮށް، ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި ދަތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރުކުޅުމާއި، އިޖުތިމާޢީ އެނޫންވެސް ހަރަކާތްތައް ބޭއްވުން ވެސް ހުއްޓައިލުމަށް މިއަމުރުގައި އަންގަވާފައިވެއެވެ.

އަދި ކޯވިޑް-19އިން ރައްކައުތެރިވުމަށް، ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހައި ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުރުކަން ބެހެއްޓުމަށާއި ވޭތުވެދިޔަ ތަނުގައި، މާލެއިންނާއި، ރިސޯޓުތަކުންނާއި، ސަފާރީތަކުން ރަށްރަށަށް ދަތުރު ކޮށްފައިވާ މީހުން ކޯވިޑް-19 އަށް ޝައްކުވާ އަލާމަތެއް ފެނިއްޖެނަމަ، ލަސްނުކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް އެންގުމަށްވެސް ވަނީ އަމުރުކުރައްވާފައެވެ.

މާލެއިން ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކު ފެނުމާއި ގުޅިގެން މާލެ ސަރަޙައްދު ވެސް މިހާރު އޮތީ ލޮކްޑައުން ކޮށްފައެވެ. އަދި ފުރަތަމަ ވައިރަސް ފެނުނު ދުވަހު 24 ގަޑިއިރަށް އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު މާލޭގައި އިއްޔެ ވެސް ވަނީ 24 ގަޑިއިރަށް ދިގުދަންމާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫގައި ފްލައިން ސްކޫލް ހިންގާނެ ޖޮއިންޓް ވެންޗާ އެއް އުފައްދަން އެއްބަސްވެއްޖެ

އައްޑޫގައި ފްލައިން ސްކޫލެއް ހިންގަޖް ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއެކު އައިލެންޑު ...

އަނބުރާ ހޯދަން އެންގި 20 މިލިއަން ރުފިޔާއަކީ 2018ގެ ކުރީގެ މުއާމަލާތްތަކުގެ ފައިސާ: ފެނަކަ

ފެނަކަ ކުންފުންޏާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަނބުރާ ހޯދަން ...

ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އަލިފާން ރޯވުން

ހުޅުމީދޫގައި ހުންނަ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ސައިޓްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލެވުނު އިރު ކުނިކޮށީގެ ...