ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށުގެ ބަނދަރާއި ހަމައަށް ގެންދެވޭނެ

މުޅިރާއްޖެ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި  ރޯދައަށް ރަށްރަށުން އުފައްދާ ކާބޯތަކެތި އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އެއް ރަށުން އަނެއް ރަށަށް ގެންދެވޭނެކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް އަޒީޒް ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކުމަށް ހަމަޖައްސާ އުސޫލުގެދަށުން ދަނޑުވެރިން އުފައްދާ ހުރިހާ ތަކެތި އެސްޓީއޯއަށް ވިއްކޭނެ އިންތިޒާމެއް ހަމަޖައްސާފައިވާކަމަށެވެ.

އަދި އަމިއްލައަށް އެކި ރަށްތަކަށް ތަކެތި ފޮނުވަން ބޭނުންވާ ދަނޑުވެރިންނަށްވެސް ތަކެތި ފޮނުވޭނެކަމަށެވެ. މަބްރޫކް ވިދާޅުވީ އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މާނާކުރީ، އެއްރަށުން އަނެއްރަށަށް މީހުން ފައިބައިގެން އުޅުންކަމަށެވެ. ނަމަވެސް ކޯވިޑް 19ގެ ހާލަތުގައި ރިޒޯޓްތަކަށް ތަކެތި ސަޕްލައި ކުރަމުން ދިޔަ އުސޫލުން ތަކެތި އުފުލޭނެކަމަށެވެ.

“ދޯނީގައި ތިބޭ މީހުން މާލެއަށް ނުވަތަ އެހެން ރަށަކަށްވެސް ފައިބައިގެން އުޅުން މަނާވާނެ. ނަމަވެސް އެއް ރަށުގައި އުފައްދާ ތަކެތި އަނެއް ރަށުގެ ބަނދަރާއި ހަމައަށް ގެންދެވޭނެ.” މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

ކުރިއަށް އޮތީ ރަމަޟާން މަހަށް ވުމާއިއެކު ގިނަ ރަށްރަށުންވަނީ ރަމަޟާންމަހަށް ބޭނުންވާ ތަކެތި އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި މާކެޓް ކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީޓޯއިން އުފައްދާ އެގްރި ސެންޓަރ އަންނަ މެއި މަހުގެ 1 ވަނަ ދުވަހު ހުޅުވުމަށް އެކުންފުނިން ނިންމާފައިވާ ކަމަށް އެސްޓީއޯއިންވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ދަނޑުވެރިކަމުގެ އުފެއްދުންތައް މިސެންޓަރު މެދުވެރިކޮށް ގަނެ، ފައިސާ ދަނޑުވެރިންނަށް އޮންލައިންކޮށް ވަގުތުން ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުވަނީ ވިދާޅުވެފައެވެ. މިސެންޓަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތުވެސް އެސްޓީއޯއިންވަނީ ހުޅުވާލާފައެވެ.

މަސްދަރު : ޕީއެސްއެމް ނިއުސް

Ads

ގުޅޭ ލިޔުންތައް

އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފި

މާލޭ އިސްލާމީ މަރުކަޒު ކައިރީގައި އޮތް ކާރެއްގައި ރޯކޮށްލައިފިއެވެ. ކާރުގައި ރޯކޮށްލާފައިވާއިރު މިރޭ މާލޭގެ އެކި ސަރަޚައްދުތަކުގައި އިދިކޮޅު ...

ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ގޯސް!

މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ...

ޕީޕީއެމް/ޕީއެންސީން ތާއީދު ކުރާނީ ރިޔާސީ ނިޒާމަށް

ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ތާއީދުކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. ...