ކޮވިޑް-19 އާ ގުޅިގެން ށ. މިލަންދޫ ކަރަންޓީނު ކޮށްފިއެވެ.

މިލަންދޫ ކަރަންޓީންކޮށްފައިވާކަން ހާމަކޮށް އެރަށު ކައުންސިލަށް އެޗްޕީއޭ އިން ފޮނުވި އެންގުމެއްގައި ހާމަކޮށްފައި ވަނީ، ކޮވިޑު-19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، އަޅާ ފިޔަވަޅެއްގެ ގޮތުން އެ ރަށް ކަރަންޓީން ކުރުމަށް ނިންމާފައިވާ ކަމަށެވެ

މިގޮތުން އެ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރ ކުރުމަށް ކައުންސިލަށް އެޗްޕީއޭއިން އެންގި އެންގި އެންގުމުގައި ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން “ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މަތީގައިވާ ސަބަބަށްޓަކައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލާ އެހެން އެންގުމެއް އަންގަންދެން މިލަންދޫ އަކީ މޮނިޓަރ ކުރެވެމުންދާ ރަށެއްކަމަށް ކަނޑައަޅާފައިވާ ކަމަށް މިލަންދޫ ކައުންސިލަށް އެޗްޕީއޭއިން އެންގި އެންގުމުގައި ވެއެވެ.

“އަދި މޮނިޓަރކުރުމާ ގުޅިގެން މި އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެއްވާ އަދި މިކަމުގައި ތިޔަ ރަށުގެ ކައުންސިލްގެ އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ
ފަރާތެއް ކަނޑައަޅުއްވައި އަންގަވައި ދެއްވުމަށް ދެންނެވީމެވެ”. އެޗްޕީއޭގެ އެންގުމުގައިވެއެވެ.

މަސްދަރު: ވަގުތު

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޤާނޫނު އަސާސީ އިސްލާހުކުރަން ސްޕްރީމް ކޯޓުން ލަފާދީފި

ޤާނޫނު އަސާސީ އިސްލާހުކުރަން ސްޕްރީމް ކޯޓުން ލަފާދީފި އެވެ. ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން ދައުރު ...

އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީގެ ދަރިވަރުން މީދުއަށް ޒިޔާރަތްކޮށްފި

އޮސްޓްރޭލިޔާގެ ” ލެޓްރޯބް ޔުނިވަރސިޓީ ” ގެ  ދަރިވަރުން ތަކެއް މީދުއަށް ޒިޔާރަތް ކޮށްފިއެވެ. ” ލެޓްރޯބް ޔުނިވަރސިޓީ ...

ނަލަފެހި މޮނިއުމެންޓްގައި ހަރުކޮށްފައިވާ މިޔަރު ވަގަށް ނަގައިފި

މީދޫ ނަލަފެހި ޖަމްއިއްޔާއިން އިސްނަގައިގެން ތައްޔާރު ކޮށްފައިވާ ވޭރާޑު ފިނިމައިޒާނުގެ މޮނިއުމެންޓްގެ ލޯގޯއެއްގެ ގޮތުގައި ހަރުކޮށްފައިވާ މިޔަރު ވަގަށް ...