• Categories
  • Archives

ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑްގެ ފުރުސަތު އެބައޮތް: ޑރ. އަފްޒަލް

98 މީހުންނާ އެކު ދަތުރުކުރި ށ ނަރުދޫ “އަމާޒު” ބޯޓުގެ ކައްޕި ( ށ . ނަރުދޫމީހެއް ) ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާއެކު، ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑްގެ ފުރުސަތު އޮތްކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

އެންއޯސީގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯއްޓުގެ ކޭސްއަކީ ވަރަށް ބޮޑު ކްލަސްޓާ އަކަށް ވުން އެކަށީގެންވާކަމަށާއި އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މިހާތަނަށް 5 މީހަކުގެ ފަރާތުން ކޮވިޑް 19 ގެ  އަލާމާތްތައް ފެނިފައިވާކަމަށް ޑރ އަފްޒަލް ވިދާޅުވިއެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ، 98 މީހުންނާ އެކު ދަތުރުކުރި ށ. ނަރުދޫ “އަމާޒު ބޯޓު”ގެ ކެޕްޓަން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށާއި އަމާޒު ބޯޓު ވަނީ ނަރުދޫއަށް ދިޔަ ދަތުރުގައި ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށްފައި ކަމަށެވެ. އެއީ މި މަހުގެ 15 ވަނަ ދުވަހާއި 16 ވަނަ ދުވަހު ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

“މި ބޯޓު ނ. މާފަރާއި ހެނބަދޫ، ކެނދިކުޅުދޫ، ހޮޅުދޫ އަދި ށ. ނަރުދޫ، ފުނަދޫ އަދި ފީވަށުގެ އިތުރުން ހއ. އުތީމާއި ދިއްދު އަށް ވެސް ދިޔަ. މިއީ ވަރަށް ބޮޑު ކްލަސްޓާ އަކަށް ވުން އެކަށީގެންވޭ . މިހާރު ވެސް ބޯޓުން ދަތުރުކުރި ފަސް މީހަކުގެ ގައިން ވަނީ ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވޭ .”   ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ “އަމާޒު” ބޯޓު މާލެ އިން ފުރީ އޭޕްރީލް 15 ވަނަ ދުވަހު ކަމަށެވެ. އެއީ މާލެ އިން ކޮވިޑް-19 ފެނުނު ދުވަހެވެ. ބޯޓު ފުރާފައި ވަނީ އެދުވަހު 15:00 ހާއިރުއެވެ. މާލެ ލޮކްޑައުން ކުރީ އެދުވަހު 15:30 ގައެވެ. ބޯޓު ފުރާފައި ވަނީ މާލެ އިން ކޮވިޑް-19 ފެނުނުތާ ދެތިން ގަޑިއިރު ފަހުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި އަމާޒު ބޯޓްގެ ކެޕްޓަނަކީ ނަރުދޫ މީހެކެވެ. ވަރަށް ބޮޑަށް ހުން އައިސްގެން މީގެ ހަތަރު ދުވަސް ކުރިން ނަރުދޫ ހެތްސެންޓަރަށް އޭނަ ދެއްކިއެވެ. މާލެއިން ދިޔައިން ސުރެ އޭނަ އުޅުނީ ރޯގާ ޖެހިގެން ކަމަށާއި ނަމަވެސް ވަރަށް ބޮޑަށް ސައިނަސް ހުންނަ މީހެއްވީމަ އޭނަ ޑޮކްޓަރަށް ދެއްކުން ލަސްކުރީ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ނަރުދޫ ހެލްތް ސެންޓަރުން އޭނާގެ މައުލޫމާތު އެޗްޕިއޭ އަށް ދިނުމުން އެޗްޕީއޭ އިން ވަނީ އޭނާ ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމާފައެވެ. އޭނާގެ ސާމްޕަލް ނެގީ އިއްޔެއެވެ. އޭނާ ފައްސިވިކަން ކަށަވަރުވީ މިއަދު އެވެ.

މިކަމާގުޅިގެން މިމަހުގެ 15 ވަނަ ދުވަހު، މާލެއިން ފުރި އަމާޒު ބޯޓުގައި ދަތުރުކުރި ހުރިހާ އެންމެން ރިޕޯޓު ކުރުމަށް، އެޗްޕީއޭއިން މިހާރުވަނީ އެދިފައެވެ.

އަމާޒު  ބޯޓުން ދަތުރުކުރި މީހުން ތިބި ރަށްރަށަށް އަރައި ފޭބުން މަނާކޮށް މިހާރު ވަނީ އެރަށްތައް ކަރަންޓީން ކޮށްފައެވެ

މިދުވަސްކޮޅަކީ މާލެ ދަތުރުކުރާ ހުޅުދޫއާއި މީދޫގެ ބޯޓްފަހަރުތައްވެސް ހުޅުދޫއާއި މީދުއަށް މާލެގޮސްފައި އައިސްގެން އުޅޭ ދުވަސްވަރަކަށްވާތީ އެބޯޓްފަހަރުން ދަތުރުގޮސްފައިވާ މީހުންނާއިމެދު ޚާއްސަ ސަމާލުކަމެއް ހުޅުދޫއާއި މީދޫގެ ކަމާއިބެހޭ ފަރާތްތަކުން ބަލަންޖެހޭނެކަމަށްފެނެއެވެ. އެހެންނޫނީ އަޅުގަޑުމެންގެ ތެރޭގައިވެސް މިބަލި ފެތުރުމުގެ ފުރުސަތު ބޮޑުވެގެން ގޮސްފާނެކަމަށް ބެލެވެއެވެ.

މާލޭގެ ހާލަތު ބަދަލުވިގޮތުން ރަށްރަށުގެ މީހުން ފިލާވަޅު ލިބިގަންނަންޖެހެއެވެ. އެހެންކަމާއެކު ފަރުވާ ކުޑަނުކުރައްވާ ރައްކާތެރިކަން އިސްކުރަންޖެހޭ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އިތުރު 6 މީހަކު ކޮވިޑް 19 އިން ރަގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު ...

މިއަދު މީދޫއާއި ހުޅުދޫގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 02  ސެޕްޓެމްބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކާއި ހުޅުދޫގެ މިސްކިތްތަކުގައި    އިމާމުވެ ...

ސާވިސް ޗާޖުދޭން މަޖުބޫރުވާ އިސްލާހެއް ހުށައަޅައިފި

ސާވިސް ޗާޖުދޭން މަޖުބޫރުވާނެ އިސްލާހެއް ވަޒީފާއާ ބެހޭ ގާނޫނަށް އިއްޔެ ހުށައަޅައިފި އެވެ. އިއްޔެ މަޖިލީހުގައި ފުރަތަމަ ކިޔުން ...

ޖުޑިޝަރީ އިސްލާޙް ކުރުމަށް ދަނީ މަޝްވަރާ ކުރަމުން –ޝައުނާ

ރާއްޖޭގެ ޖުޑިޝަރީއާއި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހުރި މައްސަލަތައް ޙައްލުކުރުމަށް ބަންޑާރަ ނާއިބްގެ އޮފީހާ މަޝްވަރާ ކުރަމުން އަންނަ ...

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެ

ޗެލްސީއަށް ކުޅެމުންއައި ބްރެޒިލްގެ ފޯވާޑް ވިލިއަން ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވެއްޖެއެވެ. އުމުރުން 32 އަހަރުގެ ވިލިއަމް  އާސެނަލަށް ...

ށ.އަތޮޅުގެ 5 ރަށަކާ ނ. ހޮޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ށ.އަތޮޅުގެ ފަސް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ. އެޗްޕީއޭ އިން ...