ކޯވިޑް19: އިތުރު 11 މީހުން ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ އަދަދު 188 އަށް

ރާއްޖެއިން އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 188 އަށް އަރާފައެވެ.

އެޗްޕީއޭއިން ވިދާޅުވީ ޕޮޒިޓިވްވި 11 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 9 މީހުންނާއި، އިންޑިއާ މީހެއްގެ އިތުރުން ދިވެއްސެއް ކަމަށެވެ.

ރޭ ފަތިހު މާލެއިން ޕޮޒިޓިވްވި 36 މީހުން ހިމެނޭހެން މިއަދު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 47 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލެއިން ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ 167 މީހުންނަށް އިތުރުވެފައެވެ. މިބަލިން މިހާތަނަށް ރަނހަޅުވެފައިވަނީ ޖުމްލް 17 މީހުންނެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ ދިވެހިންނާއި ބިދޭސީންގެ އަދަދު އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ބަލި ކޮންޓްރޯލްކުރުމަށްޓަކައި މަލޭގައި ތޮއްޖެހިންގެ ބިދޭސިން ދިރިއުޅޭ ތަންތަން ބަލައި އެތަންތަނުގެ ޙާލަތު ދެނެގަތުމަށްފަހު 837 މީހުން ދިރިއުޅެމުންދިޔަ 18 ތަނެއް މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޤާސިމް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރެއްވުމަށް އެ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ ...

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލާ ބިޒްނަސް ހޮޓަލަކަށް ބަދަލުކުރާނަން: ރައީސް

މާލޭ ކައިރީގައި އޮތް ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ތާނގިތައް އެހެން ތަނަކަށް ބަދަލުކޮށް ވިޔަފާރިއާއި ޒަމާނީ ހޮޓަލަކާއެކު ...

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މިރޭ

ހުޅުދޫ ސްޓްރީޓް ސޮކަރ ޗެލެންޖް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލުގައި ވާދަކުރާ ހިތަދޫ ...