މީދޫގައި ހައްދާ މިރުސް ކިލޯއެއް 800 ރުފިޔާއަށްވުރެ ބޮޑު

މިރުސް ލިބުން ދަތިވެ މީދޫގައި ހައްދާ މިރުސް ކިލޯއެއްގެ އަގު މިއަހަރު 800 ރުފިޔާއަށް އުފުލިއްޖެ އެވެ.

ރޯދަ މަހު މިހާތަނަށް އަގުތައް މައްޗަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ވެސް މިރުހެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މިރުސް މިހާވަރަށް އަގުބޮޑުވެގެން މިއުޅެނީ މިރުހަކީ  މީދޫގައި އެހާގިނައިން ހައްދާ އެއްޗަކަށް ނުވެފައި މިރުހުގެ ޑިމާންޑް ބޮޑުވުމުންނެވެ.

ކޮވިޑް-19 އާއެކު މާލެ ލޮކްޑައުން ކޮށްފައިވާތީ އާއި ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ކުރުން މަނާ ކޮށްފައި އޮތުމުގެ ސަބަބުން މިރުސް ހޯދުގައި ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާންވަނީ ޖެހިފައެވެ  އެހެންވެ މި އަހަރު އެންމެ ބޮޑަށް އަގު އުފުލޭ އެއް ބާވަތަކަށް މިރުސްވަނީ ވެފައެވެ..

މިގޮތުން މާލެން ކަނޑޫދޫ މިރުސް ކިލޯއެއް 2500ރ. އަށް ވިއްކާއިރު، އެހެން ވައްތަރު ތަކުގެ މިރުހުގެ އަގު ވެސް ހުރީ ވަރަށް މަތީގަ އެވެ. އާދައިގެ މިރުސް ކިލޯއެއްވެސް  މިހާރު މާލެން ލިބެނީ 500ރ. އަށެވެ.

ރޯދަ މަހު އާއްމުކޮށް އަގުތައް އުފުލިގެން ދަނީ ފިޔާ، އަލުވި އަދި ބިހުގަ އެވެ. ނަމަވެސް މި އަހަރު މި ބާވަތްތަކުގެ އަގު ސަރުކާރުން ވަނީ ކޮންޓްރޯލް ކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފައިޒާ ވެކްސިން ދޭނެ މީހުން ކަނޑައަޅައިފި

އެމެރިކާ ސަރުކާރުން ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ރާއްޖެއަށް ހަދިޔާކުރި ފައިޒާ ވެކްސިން ދޭނެ މީހުން އެޗްޕީއޭއިން ކަނޑައަޅައިފިއެވެ. ހެލްތު ...

ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމާ ބައްދަލުކުރައްވައިފި

އަަލަށްއެކުލަވާލި ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ...

ކޮވިޑުގެ އާ ވޭރިއަންޓާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފި

ކޮވިޑުގެ އާ ވޭރިއަންޓް، “އޮމިކްރޯން” އާ ގުޅިގެން އެފްރިކާގެ ހަތް ގައުމަކުން ރާއްޖެ އެތެރެވުން މަނާކޮށްފިއެވެ. ހެލްތު ޕްރޮޓެކްޝަން ...